މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަތުރު ދިޔުމަށް ތަރައްގީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި ރަށް ރަސްމީކޮށް ހުޅުވައިދެއްވީ އެރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ނައިބު ރައީސް ފައިސަލް ނަސީމެވެ. މިއީ ރައީސް ސާލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ވައުދަކަށްވާއިރު، މާލެ ސަރަޙައްދުން ވަކި ތަނެއް ހިއްކާ ދަތުރުދިޔުމަށް ހާއްސަ ރަށެއް ތަރައްގީކުރުމަށް ސަރުކާރުގެ ކަމާގުޅުންހުރި މުވައްސަސާތައް ގުޅިގެ...
މުޙައްމަދު އަފްރާޙް
އިޓާލިއަން ލީގުގައި ފަހަކަށް އައުސް ފޯމު ދައްވެފައިވާ މިލާން ރޭ ޓޮރީނޯއާއި ބައްދަލުކުރި މެޗު ހަނި ގޮތަކަށް ކާމިޔާބުކޮށްފިއެވެ. ރޭ މިލާނުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ކުރިން ލީގުގައި މިލާން ކުޅުނު ފަސް މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް މޮޅެއް ހޯދިފައި ނުވެއެވެ. ތިން މެޗުން ބަލިވިއިރު ދެ މެޗު ނިމިފައި ވަނީ އެއްވަރު ވެގެންނެވެ ރޭގެ މެޗު […]
އިބްރާހިމް ޚަލީލް
މާލޭ ސިޓީގެ އަމީނީ މަގުގައި އާންމުންނަށް ހުޅުވާލާފައިވާ ސަރަހައްދުގައި ތާރު އެޅުމަށް އެ މަސައްކަތުގެ ކޮންޓެކްޓަރު، ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން އެގޮތައް ކުރިއަށްދާކަން ހާމަކުރައްވާފައެވެ. އަކްރަމް ވިދާޅުވީ، އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރި...
ޔުމްނާ ޢަލީ
ކަނޑަށް ކުރާ ޤަދަރާއި ލޯބި އާލާކުރުމަށް ބ. އަތޮޅު ދޮންފަނުގައި ހަރަކާތްތަކެއްް ފަށައިގެން ކުރިއަށް އެބަދެއެވެ. މިއީ ދޮންފަނު ކައުންސިލާއި، ސޮނެވާ ނަމޫނާ އާއި އަދި މޯލްޑިވްސް ސްވިމިން އެންޑް ލައިފް ސްކިލް ސްކޫލް ގުޅިގެން “ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް” ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ. އިއްޔެ ފެށި މިހަރަކާތްތަކުގެ ތެރެއިން އިއްޔެ އާއި މިއަދު ވަނީ ދޮންފަނުގެ ބަނދަރު އިރުމަތީ ކޮޅުގައި މޫދުކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ޝަރަފްވެރިކޮށް ދެއްވާފައި ވަނީ ރައީސުލްޖު...
ޔުމްނާ ޢަލީ
ހުޅުމާލެ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ހިޔާ ކޮމިއުނިޓީ އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހިޔާ ސަރަހައްދުގެ ގޮނޑުދޮށާއި ފަޅުތެރެ ސާފުކުރުމުގެ ހަރަކާތެއް މިއަދު ހެނދުނު ބާއްވައިފިއެވެ. މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފު ބައިވެރިވެވަޑައިގެންނެވިއެވެ. އެޗްޑީސީން ބުނީ މި އަހަރު ތެރޭގައި ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވައްސައް...
އަޙްމަދު ވަހީދު
އައްޑޫ ސިޓީގައި ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހިންގާ މަޝްރޫޢުތައް އެދެވޭ ބާރުމިނެއްގައި ކުރިއަށް ގެންދިޔުމަށް ކުރައްވަންޖެހޭކަންކަން ކުރުމަށް ދުވަސްކޮޅަކަށް އައްޑު އަށް ބަދަލުވެ ވަޑައިގަންނަވަން ނިންމަވާފައިވާކަމަށް އެ ވުޒާރައިގެ ވަޒީރު މުހައްމަދު އަސްލަމް ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ. ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވަނީ އްޑޫގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާ ގޮތާ މެދު އެ ސިޓ...
ޔުމްނާ ޢަލީ
އާބާދީއާއެކު އިތުރުވަމުންދާ ވެހިކަލްތައް ޕާކު ކުރުމުގެ މައްސަލަ އެންމެ ބޮޑު ވެފައިވަނީ މާލެ ސަރަހައްދުގައެވެ. ހުޅުމާލޭގައި މި މައއސަލައަށް ހައްލު ހޯދުމަށް ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދާދި ފަހުން އެޗްޑީސީން މިވަނީ ކާރު، އަދި ބަރު އުޅަނދު ފަހަރަށް ހާއްސަކޮށްގެން ޕާކު ކުރާނެ ޖާގަތަކެއް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުން ދޫކޮށްފައެވެ. އަދި މިވަގުތު އެ ކުންފުނިން ދަނީ ސްމާޓް ޕާކިން ހުޅުމާލޭގައި ތައާރަފު ކުރުމަށް ތައްޔާރު ވަމުންނެވެ....
އަޙްމަދު ވަހީދު
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމަށް ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު މިއަދު ހަމަޖައްސައިފިއެވެ. ޖޭޕީން ކުރި ޓްވީޓެއްގައި ވަނީ ނިހާން އެ މަގާމަށް ހަމަޖެއްސިކަން ހާމަކޮށް އޭނާއަށް މަރުޙަބާ ކިޔާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާން އެ މަގާމަށް ހަމަޖައްސައި އޭނާއަށް މަޤާމުގެ ލިޔުން ހަވާލުކޮށް ދެއްވީ ޖޭޕީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމެވެ. ނިހާނުގެ އިތުރުން ޖޭޕީ ލީޑަރުގެ ދެ އެޑްވައިޒަކު ތިއްބަވައެވެ. އެ ދެ […]
ޔުމްނާ ޢަލީ
ދިވެހި ރާއްޖެއިން ތުރުކީއަށާއި ސީރިއާއަށް އެއް މިލިއަން މަސްދަޅު ހަދިޔާކުރުމަށް ނިންމައިފި އެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ތުރުކީއަށާއި ސީރިއާ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމެކެވެ. އެގޮތުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފައިވަނީ ކޮންމެ ޤައުމަކަށްވެސް ފަސް ލައްކަ މަސްދަޅު ހަދިޔާކުރެއްވުމަށެވެ. މި...
އިބްރާހިމް އަސްވާޤް
އަމިއްލަ ނަފްސުގެ ގާބިލްކަން އިތުރުކޮށް، ކާމިޔާބު މީހަކަށް ވުމަށްޓަކައި ގެންގުޅެން ޖެހޭ ވިސްނުން ތަރައްގީކުރާނެ ގޮތްތަކާ ބެހޭގޮތުން، ރާއްޖޭގެ ކުޅަދާނަ މޯޓިވޭޝަނަލް ސްޕީކާ ހުސެއިން އަފީފްގެ އިވެންޓުގައި އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ހާމަކޮށްފި އެވެ. ރެޒޫމޯ މޯލްޑިވްސް އިން އިންތިޒާމުކުރާ މި އިވެންޓް އޮންނާނީ ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި މާދަމާ ހެނދުނު 9 އިން ހަވީރު 5 އަށެވެ. “ޑިވެލޮޕިން ޔުއާ ގްރޯތު ޖާނީ އެންޑް މައިންޑްސެޓް” ގެ ނަމުގައި...
އިބްރާހިމް އަސްވާޤް
ހަގީގީ މުއްސަނދި ކަމަކީ ނަފުސުގެ މުއްސަނދިކަން ކަމަށާއި އެބަހީ މުއްސަނދިކަމުގެ ހަގީގަތަކީ އަޅާއަށް ލިބިފައިވާ މިންވަރެއްގެ މައްޗަށް ފުދުންތެރިވުންކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާން ކޮށްދީފިއެވެ. ހުތުބާގައި ބުނީ ހަގީގީ މުއްސަނދި ކަމަކީ ﷲ ތައާލާ ބައްސަވައި، އޭނާއަށް ދެއްވި އެއްޗަކަށް ރުހި ގަބޫލުވުން ކަމަށާއި އޭރުން އޭނާއަށް ބާއްޖަވެރިކަން ލިބޭނެ ކަމަށެވެ. އަދި ހިތްހަމަޖެހިގެން އުޅެވޭނެ ކަމަށެވެ. މާތްﷲ ދެއްވި ރުޒުގެއް އަތުލެވޭނެ މީހަކު ނުވާނެ ކަމަށާއި މާތްﷲ ދެއްވުމަށް އިރާދަކުރައްވާފައި ނުވާ އ...
މުޙައްމަދު އަފްރާޙް
ސެކިއުލަރިޒަމް ނުވަތަ ޢަލްމާނީ ފިކުރު އަޅުގަނޑުމެންގެ ތެރޭގައި ފަތުރާން މަސައްކަތްކުރާ ބައެއް މީހުން ބުނާ އެއް ވާހަކައަކީ، ސެކިއުލަރިޒަމަކީ އިސްލާމްދީނާ ފުށުއަރާ ފިކުރެއް ނޫން ކަމުގައެވެ. އެޔާ ޚިލާފަށް، އެއީ އިސްލާމްދީނާ ގުޅޭ ފިކުރެއް ކަމުގައެވެ. އަދި އިސްލާމީ ޤައުމެއްގައި ސެކިއުލަރިޒަމް ޤާއިމުކުރުމަކީ އެންމެ އެދެވިގެންވާ ރަނގަޅު ކަމެއް ކަމުގައެވެ. މިފަދަ ވާހަކަތަކެއް މި ދެންނެވި ބީދައިން ދައްކާނީ، އިސްލާމްދީނުގެ އަސްލު ޙަޤީޤަތް ނޭނގޭ މީހަކު ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އަދި އެފަދަ މީހަ...
ޝެއިޚް ޝަފީއު އަބްދުﷲ
ސައުދީ ޕްރޯ ލީގުގައި ރޭ އަލް ނަސްރާއި އަލް ވަހްދު ބައްދަލުކުރި މެޗުގައި ރޮނާލްޑޯ ޖެހި ހަތަރު ލަނޑާއިއެކު އޭނާ ކެރިއާގައި ޖެހި ކުލަބް ގޯލުގެ އަދަދު 500 އިން މައްޗަށް އަރައިފިއެވެ. ރޭ އަލް ނަސްރާއި އަލް ވަހްދު ބައްދަލުކުރި މެޗު، އަލް ނަސްރުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި އަލް ނަސްރުގެ ހަތަރު ލަނޑު ވެސް ޖަހާފައި ވަނީ ރޮނާލްޑޯއެވެ. މިދިޔަ އާދީއްތަ ދުވަހު އުމުރުން 38، އަހަރު […]
އިބްރާހިމް ޚަލީލް
މަސްތުވާތަކެތި ކަމަށް ސައްކުކުރެވޭ އެއްޗެއް ހުރި 16 ސެލޯފިންކޮޅާއިއެކު ހދ. ނޮޅިވަރަމުން މީހަކު ހައްޔަރު ކޮށްފިއެވެ. ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ނޮޅިވަރަމް ބަނދަރުމަތިން ހުއްޓުވައި ބަލައި ފާސްކޮށްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ މ...
އިބްރާހިމް ޚަލީލް
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިން އަންނަ ރަމަޟާން މަހުއެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ “ކެލާ ކައުންސިލް ޤުރުއާން މުބާރާތް 1444” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ކެލާ ސްކޫލް މަދަރުސާ ތަކަށާއި ރަޖިސްޓްރީ ކޮށްގެން އެ ރަށުގައި ހިންގާ ޤުރްއާން ކުލާސްތަކަށެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކީރިތި ޤުރުއާން ކިޔަވަންޖެހޭ އެންމެ ރަނގަޅު ހަމަތަކުގެ މަތީން އެ ރަށުގައި ޤުރުއާން އުނ...
އިބްރާހިމް ޚަލީލް
ހއ. ވަށަފަރުގައި ތަރައްޤީ ކުރަމުން އަންނަ ސިޓީ ހޮޓަލުގެ އެއްބަސްވުން ބާތިލް ކުރީ، ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުވާތީކަމަށް ވަށަފަރު ކައުންސިލުގެ ރައީސް އަޙްމަދު މުޢީން ވިދާޅުވެއްޖެ އެވެ. މުއީން މިފަދައިން ވިދާޅުވީ، “ވަށަފަރު ސިޓީ ހޮޓަލުގެ އެއްބަސްވުން ބާތިލު ކުރުމުން އޭސީސީއަށް” މި ސުރުހީގައި ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ އާޓިކަލްއަށް ރައްދުދީ ވަށަފަރު ކައުންސިލުން ނެރުނު ނޫސް ބަޔާނާއި ގުޅޭގޮތުން “ތިލަދުން” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މުޢީން ވިދާޅުވީ، ސިޓ...
މުޙައްމަދު އަފްރާޙް
މާލޭގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި އޭނާގެ ދިފާއީ ހެކިން ބަލައިނުގަނެވޭނެ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފަ އެވެ. ދޮގު ބަޔާން ދިނުމުގެ ދައުވާ މުއިއްޒުގެ މައްޗަށް ދައުލަތުން ކުރަނީ ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް ދޮގު ބަޔާނެއް އޭނާ ދެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި މުއިއްޒުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ބަލައިނުގަތުމަށް ދައުލަތުން އޮތީ ޝަރީއަތުގެ […]
ހުސައިން ހަބީބް
ސިނަމާލޭ ބްރިޖު ހައިވޭ މަތީގައި ނުރައްކާތެރި އެކްސިޑެންޓެެއް ހިނގައިފިއެވެ. ދިވެހި ފުލުހުން ހިދުމަތުން ވިދާޅުވީ، ހައިވޭގައި ސައިކަލަކާއި ކާރެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންކަމަށްވެސް ފުލުހުން ވިދާޅުވި އެވެ. މިނޫހަށް ލިބިފައިވާ ބައެއް ފޮޓޯތަކުން އެންގޭ ގޮތުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވި ފިރިހެނަކަށެވެ. ސައިކަލާއި ކާރަށް ވަނީ ވަ...
މުޙައްމަދު އަފްރާޙް