ވ. އަތޮޅު ކަނޑުގެ ސަރަހައްދުން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނެގުމަށްފަހު ވަޅުލައިފިއެވެ. ދިވެހި ފުުހުންގެ ހިދުމަތުން ވިދާޅުވީ ވ. އަތޮޅުން ފެނުނު ހަށިގަނޑު ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު، އެ ހަށިގަނޑު ވަޅުލާފައިވާ ކަމަށެވެ. އަދި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. މި ހަށިގަނޑަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ވ. އަތޮޅު ކަނޑުގެ ސަރަހައްދަކުން ފެނުނު ހަށިގަނޑެކެވެ. ފުލުހުން ވިދާޅުވެފައުވަނީ މި ހަށިގަނޑު ފެނިފައިވަނީ ވ. އަތޮޅު ވެމްޕަރު ފަޅު […]
މުޙައްމަދު އަފްރާޙް
ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަނގަޔަށް މީރު ދިވެހި ވަންތަ ރަހަތަކާއިއެކު ތަފާތު ވައްތަރުގެ ލުއިކާނާ އުފައްދަމުންދެއެވެ. އެތަކެތި އެންމެ އާންމުކޮށް ގަންނަން ލިބޭނީ ކަންމަތީ ފިހާރަ ތަކުގެ ހަރުފަތުންނެވެ. ރަހަ ކިތަންމެ މީރު ނަމަވެސް ރާއްޖޭގެ ބަދިގެތަކުގައި އުފައްދާ މި ތަކެތި ގިނަފަހަރު ބަންދު ކޮށްފައި ހުންނަނީ ޖޫސްޕެޓީ ކޮތަޅަކަށް އަޅައި ކޮޅު އައްސާލައިގެންނެވެ. ނުވަތަ ދެފުއްފެންނަ އަލި ކޮތަޅެއްގައި ބަންދު ކޮށްލައިގެންނެވެ. ހަގީގަތުގައި އެ ތަކެތި އުފައްދާ ފަރާތްތަކުގެ ވިސްނުމަކީ ކަންމަތީ ފިހާރައަށް...
އިބްރާހިމް ޚަލީލް
މާލޭ އަމީނީ މަގު ހެދުމުގެ މަސައްކަތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މާލޭގައި މީގެ ކުރިން ވެސް ބަޔަކު މާ ބިޔަ މަގުތަކެއް ހަދައި ތާރުއަޅައިފައިވާ ކަމަށެވެ. ނަމަވެސް ”މިހާލެއްގައި އުޅޭ ބަޔަކު ނުދެކޭ” ކަމަށް ވިދާޅުވެފަވެއެވެ. “އަޅެ މި މާލޭގައި މީގެ ކުރިން ވެސް ބަޔަކު މާ ބިޔަ މަގުތަކެއް ހަދައި ތާރުއަޅައި ނިންމާފައިވޭވިއްޔާ؛ އެކަމަކު މިހާލެއްގައި އުޅޭ ބަޔަކު ނުދެކ...
މުޙައްމަދު އަފްރާޙް
ކިޔަވާކުދިންނަށް ބުއްދީގެ ހަމައިން ދަލީލު ނެރެން އެނގެން ޖެހޭ ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ. ޣާޒީ ސްކޫލުގައި އޮތް 97 ވަނަ ފުރާވަރު ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ތިމާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އަބުރުވެރި އުޅުމެއް އުޅޭނެ ޒުވާނެއްކަމުގައިވުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށާއި ތިމާއަށް ލިބިފައިވާ ބުއްދީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހ...
މުޙައްމަދު އަފްރާޙް
ކުރީގެ ޢަދަދާއިގުޅޭ، އުޝާގެ ތުންފަތުގައި އިނގިލި ޖައްސާލުމަށްފަހު ޒައިން އެދުނީ ވާހަކަ ނުދެއްކުމަށެވެ. އުޝާގެ އުނަގަނޑުގައި އަތް އަޅުވާލާ އޭނާއާއި ދިމާއަށް ދަމާލުމަށްފަހު ޒައިން، ކޮޓަރީގެ ބޮކި ނިއްވާލިއެވެ. އޭރުވެސް ޒައިންގެ އެދުމަށް އުޝާ އިންކާރު ކުރަމުންދިޔައެވެ. ނަމަވެސް ވަކި ހިސާބަކުން އުޝާއަށް ޖެހުނީ ޒައިންގެ ކުރިމަތީގައި ލަދުވެތިކަމުގެ ފިޔަ ތިރިކޮށްލާށެވެ. ސިހިފައި އުޝާއަށް ހޭލެވުމާއެކު ހިތް ނުތަނަވަސްވެގެން ދިޔައެވެ. އޭނާއަށް އޮވެވުނީ ޒައިންގެ ތަނަވަސް މޭމަތީ ބޯއަޅާލައިގެންނެވެ. އޭރުވެސް...
ސަލާމާ ޢަބްދުލް ޢަލީމް
ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި މޮނާކޯ ބައްދަލުކުރި މެޗު މޮނާކޯއިން ކާމިޔާބު ކޮށްފިއެވެ. ރޭ މޮނާކޯގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ޕީއެސްޖީގެ ތަރިން ކަމަށްވާ މެސީއާއި އެމްބާޕޭ ކުޅެފައި ނުވެއެވެ. މީގެއިތުރުން އެ ޓީމްގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ވެރާޓީ ވެސް މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ. ރޭގެ މެޗުގައި ފެނިގެންދިޔަ ހުރިހާ […]
އިބްރާހިމް ޚަލީލް
ރާއްޖޭގައި އެކި ދާއިރާތަކުން ފެންނަ ކުރިއެރުމުގެ އަސްލަކީ ސަރުކާރުގެ ކާމިޔާބު ޚާރިޖީ ސިޔާސަތުކަމަށް ނައިބު ރައީސް ފައިޞަލް ނަޞީމް، ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލްގެ އެންޑީ އަބްދުالله އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރުގައި ހުނަރާއި ޚިދުމަތްތައް މިހާރަށްވުރެ އިތުރަށް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ ޕްރޮގްރާމް އިފްޠިތާޙުކޮށްދެއްވުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ރޭ ދެއްކެވިވާހަކަފުޅުގައެވެ. ހުޅުމާލެ ހޮސްޕި...
ޔުމްނާ ޢަލީ
ފީފާ ކުލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފަސްވަނަ ފަހަރަށް ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ ކުޅުން މި މުބާރާތުގެ ފައިނަލު މެޗުގައި ބައްދަލު ކޮށްފައި ވަނީ ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އޭސިއާގެ ޗެމްޕިއަން ސައުދީގެ އަލް ހިލާލްއެވެ. މި މެޗު 5-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރެއާލުންނެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ރެއާލުންނެވެ. މި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ބެންޒެމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ވެސްޓްހޭމް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖައިންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ޗެލްސީންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި ޗެލްސީގެ ފޯވާޑް ފެލިކްސް ލަނޑެއް ޖެހިނަމަވެސް ވީއޭއާރުން ބެލުމުން އޭނާއަށް ބޯޅަ ލިބުނު ވަގުތު އޮފަސައިޑްގައި ހުރުމުން ލަނޑު ވަނީ ބަލައި ނުގަނެފައެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޗެލްސީންނެވެ. […]
އިބްރާހިމް ޚަލީލް
އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް “ސްވީޓް ސަޕްރައިޒް”ގެ ނަމުގައި ހާއްސަ ޕްރޮމޯޝަންއެއް ފަށައިފިއެވެ. މި ޕްރޮމޯޝަން މެދުވެރިކޮށް ކައިރީގައާއި ދުރުގައިތިބި އާއިލާއާއި ރައްޓެހިން އަދި އެންމެ ލޯބިވާ މީހުންނަށް ހާއްސަ ހަދިޔާއެއް ފޮނުވާލެވޭނެއެވެ. މޫލީ މެދުވެރުކޮށް މި ހަދިޔާތައް ފަސޭހަކަމާއެކު ރާއްޖޭގެ ކޮންމެހިސާބަކަށްވެސް ފޮނުވާލެވޭނެއެވެ. މި ޕްރޮމޯޝަންގައި ލެ ޕާފިއުމްގެ އެންމެ މަގުބޫލު ސެންޓުގެ ބްރޭންޑް ތަކާއި، ކެކްޓަސްގެ މާ ބުކޭ އާއި ނޯޑީސް ކޮފީގެ ކޮފީ ގްރައުންޑް ބްލޭންޑްސް...
އަޙްމަދު ވަހީދު
އެމް.ޕީ.ޓީ ޓޫލްސްގެ ރަށު އެޖެންޓަކަށް ވާން ބޭނުންތަ؟ ޗައިނާގެ މަޝްހޫރު އެމްޕީޓީ (މޯސްޓް ޕްރޮފެޝަނަލް ޓޫލްސް) ގެ ރަށު އެޖެންޓުންނަށް ވުމުގެ ފުރުސަތު ބެސްޓު ބަޑީ އިން ހުޅުވާލައިފި އެވެ. ބެސްޓް ބަޑީ އިން ބުނީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މަގުބޫލްކަން ހޯދާފައިވާ އެމް.ޕީ.ޓީ ބްރޭންޑްގެ ޕަވަރޓޫލްސް ރީޑިސްޓްރިބިޔުޓަރަކަށް ވުމަށް، ރަށު އެޖެންޓުން ހޯދަން ބޭނުންވާ ކަމަށެވެ. ޗައިނާގެ ޒިންޖިޔާން ޕްރޮވިންސްގެ ކުންފުންޏެއްކަމަށްވާ ޔަންގްކަންގ ޕަވަރޓެކް އިމްޕޯރޓް އެންޑް އެކްސްޕޯރޓްގެ ކޯޕަރޭޝަން ލިމިޓަޑުން އުފ...
މުޙައްމަދު އަފްރާޙް
ދިގުމުއްދަތެއްގެ ޒަވާޖީ ހަޔާތަކަށްފަހު ކައިވެނީގެ ގޮށްމޮހޭތަން ފެނެއެވެ. ދަރިން ބޮޑެތިވެ، އެ ދަރިންނާއެކު އެންމެ އުފަލުގައި އުޅެން އޮންނަ ދުވަސްވަރު މަންމައާއި ބައްޕަ ދެތަންވެއެވެ. މިވަނީ ކީއްހެއްޔެވެ؟ މިކަމުގެ ސަބަބުތަކަކީ ކޮބައި ހެއްޔެވެ؟ ވަރަށް ގިނަ ސަބަބުތައް ހުންނާނެއެވެ. މިއީ އެންމެ އާންމު ހަ ސަބަބެވެ. އަދި އޭގެ ބައެއް ހައްލެވެ. 1. ޚިޔާނާތްތެރިވުން ބޭވަފާތެރިކަމަކީ ކައިވެންޏެއް ދެމި އޮންނަ ނަމަ އެއާ އެއް ފުރާވަރެއްގައި އޮންނަ އެއްޗެކެވެ. ޒުވާންކަމުގައި ވެސް އަދި އުމުރުން ދުވަސްވުމުގައި ވެސ...
ޢަބްދުﷲ ސަޢީދު
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން ސާމްޕަލް އެޕާރޓްމަންޓް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މުވައްޒަފުންނަށް ދައްކާލައިފިއެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން ސާމްޕަލް އެޕާޓްމަންޓް މިއަދު ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މުވައްޒަފުންނަށް ދައްކާލާފައިވާއިރު، ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަން...
ޔުމްނާ ޢަލީ
60 މީޓަރު ދުވުމުގެ ރާއްޖޭގެ ރެކޯޑު، އަހުނާ ނިޒާރު އާއި މަރިޔަމް ރޫޔާ އަލީ ހަދައިފިއެވެ. މި ދުވުންތެރިން މި ރެކޯޑު ހަދާފައިވަނީ މި ފެބްރުއަރީ 10 ން 12 އަށް ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި، ކުރިއަށްދާ 10 ވަނަ އޭޝިއަން އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައެވެ. 60 މީޓަރ ދުވުމުގައި ފުރަތަމަ ޤައުމީ ރެކޯޑް ހެދީ ހީޓް ދޭއްގައި ދުވެގެން އަހުނާ ނިޒާރު އެވެ. އޭނާ ރޭސް ނިންމީ 7.89 ސިކުންތުންނެވެ. މި ރެކޯޑު ކުރިން އޮންނަނީ ޖައުނާ އަބްދުالله […]
މުޙައްމަދު އަފްރާޙް
ދިވެހި ޚިދުމަތްތެރި އަދީބު، އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތް ރޭ ފަށައިފިއެވެ. މި މުބާރާތަކީ ދިވެހިބަހުގެ އެކަޑަމީގެ 2023ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ހިމަނައިގެން އެ އެކަޑަމީން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅަދާނަ ވާހަކަދެއްކުންތެރިޔާ މަރްޔަމް މިދްފާ ނަޢީމް އެވެ. ދިވެހިބަހުގެ އެކަޑަމީން ވިދާޅުވިގޮތުގައި، މި މުބާރާތުގައި މުޅި ރާއްޖެއިން 32 އިސްކޫލަކުންނާއި އަމިއްލަ ފަރާތްތަކު...
ޙުސައިން ޝަހުދީ
ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވާލަ ދިނުމަށް ޕްލެޓްފޯމެއް ގާއިމު ކުރުމުގެ މަސައްކަތް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފަށައިފިއެވެ. އެ މިނިސްޓްރީން ބުނީ މިއީ ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވާލަދީ، ވިޔަފާރީގެ މުޢާމަލާތު ކުރެވޭނެ ޕްލެޓްފޯމެއް ކަމަށެވެ. އަދި މިއީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިނިސްޓްރީން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް ދަށުން ގާއިމުކުރާ ޕްލެޓްފޯމެއް ކަމަ...
މުޙައްމަދު އަފްރާޙް
އެހީ ޖަމިއްޔާގެ “އެދިހަ” ވެބްސައިޓް އާންމުންނަށް ހުޅުވާލައިފިއެވެ. އެހީ ޖަމިއްޔާ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއީ ޖަވާބު ޑޮޓްއެމްވީ އާއި ގުޅިގެން ވަރަށް ގިނަދުވަހުން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. “އެދިހަ” އާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާ ޓްވީޓުގައިވާ ވީޑިއޯގައި ބުނެފައިވަނީ ކޮންމެމީހަކީވެސް އެހެން މީހެއްގެ އެހީތެރިކަމަށް ބޭނުންޖެހިދާނެ މީހެއް ކަމަށާއި ބޮޑު ބައްޔެއް ޖެހި ބޭސްފަރުވާ ވެސް ކުރަންޖެހިދާނެ ކަމަށެވެ. މީގެ އިތުރުން ބިލުތައް ބޮޑުވެ، ދަރަނިވެރި ވެދާނެ ކަމަށާއި ނޫނޫ ތައުލީމު ފ...
މުޙައްމަދު އަފްރާޙް
ކުޑަގިރިއަށް ދާ ފަރާތްތަކުން އެކަކު އަނެކަކަށް އިހްތިރާމްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ތަރައްގީ ކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ މި ރަށަކީ އެންމެންނަށް ހިތްފަސޭހަކަމާ އެކީގައި، ހަމަޖެހިގެން ޗުއްޓީ ހޭދަކޮށްލެވޭ ރަށެއްގެ ގޮތުގައި ބެލެހެއްޓުމަށް ވެސް އެދިވަޑައިގެންފައެވެ. “މި ރަށުގެ ސެކ...
މުޙައްމަދު އަފްރާޙް