ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށްގާނޫނުގައި ކުރިން އޮތް މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިތާ 10 އަހަރު ފަހުން އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް މިއަދު ހުކުމްކޮށްފި އެވެ. ޕާޓީތަކުގެ ގާނޫނު 2013 ވަނަ އަހަރު ވުޖޫދަށް އައިއިރު، 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށް މާއްދާއެއް އޮތެވެ. މިހާރުގެ ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ އިމާދު ސޯލިހްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ […]
ހުސައިން ހަބީބް
ހދ. ކުޅުދުއްފުށި ސިޓީގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދުއްވަމުން އަންނަ ވެހިކަލުތަކަށް ޕެޓްރޯލު ދޫކުރުން ލިމިޓް ކުރިނަމަވެސް މަސައްކަތަށް ދަތިވެފައިނުވާކަމަށް އެއިދާރާއިން ހާމަ ކޮށްފި އެވެ. އެއިދާރާއިން ބުނީ، ކުޅުދުއްފުށީގައި ދުއްވާ ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ލިބުމުގައި ދައްޗެއް ނެތްކަމަށެވެ. ފައިސާ ނުދައްކައިގެން ކުޅުދުއްފުށީގައި ދުއްވާ ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ވިއްކުން ހުއްޓާލައިފިކަމަށާއި އެކަމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި ރަށުތެރެ ޕެޓުރޯލުނުކުރެވި ފުލުހުންނަށް...
އަލީ އާދިލް
މުރައިދޫން ގޯތި ދޫކުރަން ނިންމައި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މުރައިދޫ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އެ ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭ ބިމުގެ ޞަރަޙައްދުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި ޢަމަލު ކުރާނެ ގޮތް ބަޔާންކުރާ އުޞޫލެއް އެކުލަވާލާ އެ އުޞޫލު އާންމުކޮށްފައި ވުމާއެކު އެ އުޞޫލުގައިވާ ގޮތުގެމަތިން އެ ރަށުން ބަންޑާރަ ގޯތި ދޫކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިފަހަރު އެރަށުން ދޫކުރުމަށް ނިންމާފައި ވަނީ 2500 އަކަ ފޫޓޫގެ 41 ގޯއްޗެވެ. އެރަ...
ޔުމްނާ ޢަލީ
ޒަމާނާއި ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުންތަކާއިއެކު އަމިއްލަ ދިރިއުޅުމުގެ ވަރަށް ގިނަ، އެހެން މީހުންނަށް އެނގެން ނުޖެހޭ ކަންކަން ބޭޒާރުވެ އެވެ. ބައެއް ފަހަރު މިފަދަ ކަންކަން މެދުވެރިވަނީ އަމިއްލަ އިހުމާލުންނެވެ. ނުވަތަ ބަޔަކު ރާވައިގެން ލަނޑު ދިނުމުން ބޭޒާރުވެ، މީހުން ކުރިމަތީގައި ލަދުގަންނަން ޖެހޭ ވަރު ވެއެވެ. އޭގެ ތެރޭގައި މިހާރު ކޮޓަރިތަކުގައި ސިއްރު ކެމެރާ ހަރުކޮށްފައި ހުންނަ މައްސަލައަކީ ކޮންމެ މުޖުތަމައުއެއްގައިވެސް ބޮޑު މައްސަލަ އެކެވެ. އެފަދަ ހާލަތެއް އަތުވެދޭނެކަމަށް ބަލައި ކުރެވި...
މުޙައްމަދު ވަސީމް
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި މިހާތަނަށް މަސައްކަތް ނިމިފައިވާ ތިން ސެގްމަންޓުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތާރު އަޅައިފިއެވެ. އެ ކުންފުނިން މި މަސައްކަތް ނިންމާފައިވަނީ އެންމެ ރެއަކުންނެވެ. އެގޮތުން މި މަސައްކަތް ފެށީ ރޭގައެވެ. އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ތިން ސެގްމަންޓުގެ ގޮތުގައި ތރު އަޅާފައިވަނީ ބޮޑުތަކުރުފާނު މަގުން ފެށިގެން ސްޓެލްކޯއާ...
އަޙްމަދު ވަހީދު
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް 2022 ވަނަ އަހަރު ނަންހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ބާއްވަވާ ޖަލްސާ، މާދަމާ ރޭ ބާއްވަން ނިންމައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި، ދަރުބާރުގޭގައެވެ. މިޖަލްސާގައި 86 ބޭފުޅަކަށް އިނާމު ދެއްވަން ނިންމަވާފައިވާއިރު، އިނާމުގެ ގޮތުގައި އެބޭފުޅުންނަށް ދެއްވާ ޝަރަފުގެ ބެޖާއި ޝަރަފުގެ އައްޑަނަ ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވ...
ޔުމްނާ ޢަލީ
ތުކުރީ އާއި ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް އައި ބިން ހެލުމުގައި ގެއްލުންވި ފަރާތްތަކަށް އެހީވުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމްފައިސާ މެދުވެރިކޮށް ހުޅުވާލައިފިއެވެ. އުރީދޫއިން ބުނީ ރާއްޖޭން ތުރުކީއާ ސީރިއާއަށް އެހީވަމުން އަންނަ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނަށް މިހާރު އެމްފައިސާ މެދުވެރިކޮށް ފައިސާ ހަދިޔާ ކުރެވޭނެ ކަމަށެވެ. އެމްފައިސާ އަކީ ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް ފަސޭހަ ކަމާއެކު ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ޕްލެޓްފޯމެކެވެ. އެހެންކަމުން ކޮންމ...
އަޙްމަދު ވަހީދު
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ. މި އޮފީސް އިމާރާތަކީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދީފައިވާ އޮފީސް އިމާރާތެކެވެ. ހުޅުމާލޭގައި މިކަމަށް މިއަދު އޮތް ރަސްމިއްޔާތުގައި އެ އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި އޮފީސް އިމާރާތް ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކު...
ޔުމްނާ ޢަލީ
ތިލަމާލެ ބްރިޖުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހު ގުޅީފަޅާ ހިސާބަށް ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ. ތިލަމާލެ ބްރިޖާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ ފަރާތުން އެ ޕްރޮޖެކްޓާ ހަވާލުވެހުންނެވި މެނޭޖަރު މުޙައްމަދު ޖިނާން ވިދާޅުވީ ބްރިޖުގެ މަސައްކަތް މިހާރުގެ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން، މަލޭގެ އެއްގަމުގައި އަށް ތަނބު ޖަހަން ޕްލޭން ކޮށްފައިވާއިރު އެ ހުރިހާ ތަނބެއްގެ ވެސް ޕައިލިން މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ކުރަމުންދަނީ […]
އަޙްމަދު ވަހީދު
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ށ. ޅައިމަގުގައި ހަދާ ފެރީ ސްޓޮޕުގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހެދި ފެރީ ސްޓޮޕެކެވެ. މި ފެރީ ސްޓޮޕަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ ހަދައިފައެވެ. އާރުޓީއެލް […]
އަޙްމަދު ވަހީދު
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްގީ ކުރެވިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޝިފާޢު ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ...
ޔުމްނާ ޢަލީ
ރާއްޖޭގައި 5 އަހަރާއި 11 އަހަރާ ދެމެދު ކުދިންނަށް ކޯވިޑް-19 އިން ރައްކާތެރިވުމަށް ދޭ ފައިޒާ ވެކްސިން ދޭން ފަށައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވިދާޅުވި ގޮތުގައި ފައިޒާ ވެކްސިން ވަނީ ރާއްޖެއަށް ލިބިފައެވެ. އެހެންކަމުން އިއްޔެއިން ފެށިގެން 5 އަހަރާއި 11 އަހަރާއި ދެމެދު ކުދިންނަށް މި ވެކްސިން ދޭން ފަށާފައިވާ ކަމަށް އެ އޭޖެންސީން ވިދާޅުވެއެވެ. އެޗްޕީއޭއިން ވިދާޅުވިގޮތުގައި މި ވެކްސިން މި އުމުރުފުރާ ކުދިންނަށް ދޭން ފެށީ މޯލްޑިވްސް […]
ޔުމްނާ ޢަލީ
ހއ. ދިއްދޫގައި ޕޭސްޓްރީ ކޯހެއް ފަށައިފިއެވެ. އިއްޔެ އެރަށުގައި ފެށި މި ކޯހަކީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. ދިއްދޫގެ އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ހިންގާ މި ކޯހަކީ 7 ދުވަހުގެ މުއްދަތަށް ހިންގާ ކޯހެކެވެ. ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ހާމަކުރައްވާފައިވާ ގޮތުގައި މި ކޯހުގައި އެރަށުގެ 30 އަންހެން ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މި ކޯސް ހިންގުމަށް ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން ނަ...
ޔުމްނާ ޢަލީ
ހދ. ނޮޅިވަރަންފަރުން 14 ހެކްޓަރުގެ ބިމެއް ބަޔަކު ”ކާލައިގެން” އެބައުޅޭ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. މޮސްޓާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. މައުސޫމާ ސުވާލެއް ކުރެއްވުމުގެ ތެރޭގައެވެ. މޮސްޓާ ވިދާޅުވީ، އަބަދުވެސް ދައްކަނީ ސަރުކާރުން ބަދަލު ލިބެންޖެހޭ ވާހަކަ ކަމަށާއި، ރަށެއްގައި އިންވެސްޓް ކުރަން ނަގާފައިވާ ބިމެއ...
ޔުމްނާ ޢަލީ
ފަތުރުވެރިން މޫދަށް އެރުމަށް، ހއ. ދިއްދޫގައި ވަގުތީ ސަރަހައްދެއް ހަމަޖައްސައިފި އެވެ. ދިއްދޫ ކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ފަތުރުވެރިން މޫދަށް އެރުމަށް ހަމަޖެއްސި ވަގުތީ ސަރަހައްދަކީ އެރަށު އުތުރު ފަރާތުން ހައުސިން ޔުނިޓްތަކާ ދިމާލުން ބައުންޑްރީ ވަކިކޮށްފައިވާ ސަރަހައްދު ކަމަށެވެ. އެސަރަހައްދަކީ ގެސްޓު ހައުސްގެ ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކުން ދިއްދޫއަށް ގެންނަ ފަތުރުވެރިން ބޭނުންކުރުމަށް ވަގުތީ ގޮތުން ހަމަޖެއްސި ސަރަހައްދެއްކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ...
އަލީ އާދިލް
ހަނިމާދޫ ލީގު 2023 ފުޓްބޯޅަ މުބާރާތުގައި ޔޫތު ފުރެންޑްސް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ގޭމް ވީކް ތިނެއްގައި މިއަދު ހަވީރު ޔޫތު ފްރެންޑްސްއާއި ފަލްކަން ބައްދަލުކުރި މެޗު، ޔޫތު ފްރެންޑްސް އިން ވަނީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. ލީގުގެ ތިންވަނަ ހަފްތާގެ ކުޅުން މިއަދު ނިމުނުއިރު، ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ޔޫތު ފްރެންޑްސް ވަނީ ހަ ޕޮއިންޓް ހޯދާފައެވެ. ރޫހް ދެ މެޗު […]
އިބްރާހިމް ޚަލީލް
މާލޭ ސިޓީގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ނޭދެވޭ ޢަމަލުތައް ހިންގުން ކުރިއަށްވުރެ މަދުވެފައިވަނީ މާލެ ސިޓީ ކައުންސިލްގެ މަސައްކަތުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ނައިބު ރައީސްގެ ގޮތުގައި ވެސް ހުންނެވި، މާލޭ މޭޔަރު މުޢިއްޒު މިހެން ވިދާޅުވީ، މާލޭގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ މައްސަލަތަކުގެ ރިޕޯޓު މިހާރު ނުލިބޭނެ ކަމަށާއި އެފަދަ މައްސަލަ...
ޔުމްނާ ޢަލީ
ށ. ނަލަންދޫ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރާ ހިސާބުން ފެށިގެން އެ ރަށް ފަތުރުވެރިކަމަށް ހުޅުވާލަން ސިކުންތެއް ވެސް ލަސް ނުކުރަށްވާނެ ކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ރިޟާ ކުރެއްވި ސުވާލު: ”ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަމަށް ބޮޑު އިންގިލާބީ ބަދަލަކަށް މިސްރާބު ހިފާފައިވާއިރ...
ޔުމްނާ ޢަލީ