މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,473 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1111 ވަނަ ޞަފްޙާ

ގޯލްޑަން ފުޓްސަލް ޗެލެންޖް: ޕެނަލްޓީގައި ކުރި ހޯދައި ށ. އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫ އަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް: ޕެނަލްޓީގައި ކުރި ހޯދައި ށ. އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫ އަށް

މިހާރު ކުރިއަށްދާ “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023″ގެ އަތޮޅުގެ ޗެމްޕިއަންކަން ށ. ފޯކައިދޫގެ ފޯކައިދޫ އެފްސީ ހޯދައިފިއެވެ. ހުޅުމާލެ ރެހެންދި ދަނޑުގައި ކުޅުނު ރޭ ކުޅުނު ށ. އަތޮޅުގެ ފައިނަލް މެޗުގައި ފޯކައިދޫ އާއި ބައްދަލު ކުރީ ކަނޑިތީމެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖެހީ ކަނޑިތީމުންނެވެ. އެ ލަނޑު ޖަހައިދިނީ އެ ޓީމުގެ އިބްރާހީމް ނަދާދު (ކުޑައްޓޭ) އެވެ. އެ ގޯލަށްފަހު ފޯކައިދޫގެ ހުސައިން ފަޒީލް ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަަމަހަމަކޮށްފައެވެ. މެޗުގެ […]

ޔުމްނާ ޢަލީ
ރިޔާސީ އިންތިޚާބުގައި އެއްޑީޕީ އާއި އިއްތިހާދުވުމުގެ ކުރިން މަޝްވަރާ ކުރުމަށް އަދާލަތުން ނިންމައިފި

ރިޔާސީ އިންތިޚާބުގައި އެއްޑީޕީ އާއި އިއްތިހާދުވުމުގެ ކުރިން މަޝްވަރާ ކުރުމަށް އަދާލަތުން ނިންމައިފި

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓު، މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމުގެ ކުރިން އެމްޑީޕީއާ މަޝްވަރާ ކުރުމަށް އަދާލަތު ޕާޓީން ރޭ ނިންމައިފިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިހާރުގެ ވެސް ސަރުކާރު ހިންގާ އިއްތިހާދާއެކު ކުރިއަށް ދިޔުމަށް ދައުވަތުދެއްވައި، ރައީސް ޞާލިޙް ވަނީ މިސަރުކާރުގެ އިއްތިހާދުގެ ބައިވެރިންނަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އަދާލަތުގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލަ...

ޔުމްނާ ޢަލީ
ގޯލްޑަން ފުޓްސަލް ޗެލެންޖް: ހދ. އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫއަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް: ހދ. އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫއަށް

މިހާރު ކުރިއަށްދާ “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023” ގެ ހދ އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫ ހޯދައިފިއެވެ. މިރޭ ހދ އަތޮޅު ފައިނަލް މެޗު ރެހެންދި ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ނައިވާދޫއާއި ނޭކުރެންދޫއެވެ. މި މެޗު ނައިވާދޫއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ވެސް އަވަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ނައިވާދޫ ޓީމަށް، މެޗުގެ 10 […]

އިބްރާހިމް ޚަލީލް
ގޯލްޑަން ފުޓްސަލް ޗެލެންޖް: ހއ. އަތޮޅުގެ ޗެމްޕިއަންކަން އުތީމަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް: ހއ. އަތޮޅުގެ ޗެމްޕިއަންކަން އުތީމަށް

މިހާރު ކުރިއަށްދާ “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023” ގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އުތީމް ހޯދައިފިއެވެ. މިރޭ ހއ އަތޮޅު ފައިނަލް މެޗު ރެހެންދި ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ އުތީމާއި ފިއްލަދޫއެވެ. މި މެޗު އުތީމުން ވަނީ 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް އެ އަތޮޅުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދާފައެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ފިއްލަދޫންނެވެ. […]

އިބްރާހިމް ޚަލީލް
ރޯދަޔަށް ހާއްސަ ފިހާރައެއް އެސްޓީއޯއިން ދެވަނަ ފިޔަވަހީގައި ހުޅުވަނީ

ރޯދަޔަށް ހާއްސަ ފިހާރައެއް އެސްޓީއޯއިން ދެވަނަ ފިޔަވަހީގައި ހުޅުވަނީ

ރޯދަމަހަށް ހާއްސަކޮށްގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފިހާރައެއް ހުޅުމާލޭ ފޭސް ދޭއްގައި ހުޅުވުމަށް ނިންމައިފިއެވެ. އެސްޓީއޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ފިހާރަ މަރާމާތުގެ މަސައްކަތަށް ބަންދުކޮށްފައިވުމުން އެސްޓީއޯއިން ޒަރޫރީ ބޭނުމަށް އެތެރެކުރާ ކާބޯތަކެތި ލިބޭނެ ފިހާރައެއް ނެތްކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި ހުޅުމާލެ ފަދަ ބޮޑު އަބާދީއެއްގައި އެސްޓީއޯގެ ފިހާރައެއް ނެތުމުން ތަކެތީގެ އަގު ބޮޑުވެގެން ގޮސްދާނެކަމުގެ ޝަކުވާވެސް ލިބެމުނ...

އަޙްމަދު ވަހީދު
ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް

ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް

އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ބިންހިއްކުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 24,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކާނެއެވެ. މީގެ އިތުރުން، 430 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 185 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންޓް ޖެހ...

އަޙްމަދު ވަހީދު
ތިލަފުށިން ބިން ދޭނީ އެފްޑީއައިގެ ދަށުން ހުއްދަ ދީފައިވާ ފަރާތްތަކަށް

ތިލަފުށިން ބިން ދޭނީ އެފްޑީއައިގެ ދަށުން ހުއްދަ ދީފައިވާ ފަރާތްތަކަށް

ތިލަފުށިން ސިނާއީ ބޭނުމަށް ދޫކުރާ ބިންތަކުގެ ތެރެއިން ބޭރުގެ ކުންފުނިތަކަށް ބިން ދޫ ކުރާނީ ސަރުކާރުގެ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ގެ ދަށުން ހުއްދަ ދީފައިވާ، އަދި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށް ކަމަށް ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. ރޭ އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ތިލަފުށިން ހިއްކާ ބިމުގެ ތެރެއިން 4.3 ހެކްޓަރުގެ ބިން ބީލަމުގެ އުސޫލުން ދޫކުރަން ނިންމާފައިވާއިރު އެ ބީލަމުގައި ބޭރުގެ ވިޔަފާރިތަކަށް ބައިވެރިވެވޭނީ އެފްޑީ...

އަޙްމަދު ވަހީދު
މޭރީ މަރުވި ދުވަހު ލަމްހާ ހުރީ އެކްސައިޓްވެފައި: ރަހުމަތްތެރިއެއް

މޭރީ މަރުވި ދުވަހު ލަމްހާ ހުރީ އެކްސައިޓްވެފައި: ރަހުމަތްތެރިއެއް

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުވި ދުވަހު އެ  މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ހުރީ އެކްސައިޓްވެ, ހިތްހަމަޖެހިފައި ކަހަލަ ގޮތަކަށް ކަމަށް ލަމްހާގެ ރަހުމަތްތެރިއަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ. އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދަނިކޮށް 2021 ވަނަ އަހަރު މޭރީ މަރާލި ކަމަށް ބުނެ މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ތިން މީހުންނަކީ ވެސް އައިޖީއެމްއެޗްގެ […]

ހުސައިން ހަބީބް
ކައުންސިލްތަކުގެ ލަފަޔާ ޚިލާފަށް އެސްޖީން ޢައްޔަނުކުރުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ: އެލްޖީއޭ

ކައުންސިލްތަކުގެ ލަފަޔާ ޚިލާފަށް އެސްޖީން ޢައްޔަނުކުރުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ: އެލްޖީއޭ

ބައެއް ކައުންސިލްތަކުގެ ލަފަޔާއި ޚިލާފަށް އެ ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ)އިން ޢައްޔަނު ކުރުމުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ. އެލްޖީއޭއިން މިހެން ވިދާޅުވެފައި ވަނީ ހއ. އިހަވަންދޫ ކައުންސިލަށް އެސްޖީ އެއް ޢައްޔަނުކުރުމުގައި އިހަވަންދޫ ކައުންސިލްގެ ލަފަޔާ ޚިލާފަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އެ ކައުންސިލަށް އެސްޖީއެއް ޢައްޔަނު ކުރެއްވި މައްސަލައައާއި ގުޅިގެން ސިވިލް ސާވިސް ކޮމިޝަނަށް ފޮނުއް...

ޔުމްނާ ޢަލީ
ގޯލްޑަން ފުޓްސަލް ޗެލެންޖް: ހއ ފައިނަލުގައި ފިއްލަދޫއާއި އުތީމް، ހދ ފައިނަލުގައި ނައިވާދޫއާއި ނޭކުރެންދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް: ހއ ފައިނަލުގައި ފިއްލަދޫއާއި އުތީމް، ހދ ފައިނަލުގައި ނައިވާދޫއާއި ނޭކުރެންދޫ

މިހާރު ކުރިއަށްދާ “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023” ގައި ހއ އަތޮޅު ފައިނަލުން ފިއްލަދޫއާއި އުތީމް ޖާގަ ހޯދިއިރު، ހދ އތޮޅު ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫއާއި ނޭކުރެންދޫ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ފައިނަލުން ފިއްލަދޫ ޖާގަ ހޯދާފައި ވަނީ ސެމީ ފައިނަލުގައި 2-1 ގެ ނަތީޖާއިން މުރައިދޫ ބަލިކޮށްގެންނެވެ. ފިއްލަދޫއަށް ލަނޑުތައް ޖަހައިދިނީ އެ ޓީމްގެ އަހުމަދު ހުސާމްއާއި އިބްރާހިމް ފަޒީލުއެވެ. މުރައިދޫން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދީފައި ވަނީ އިޔާން […]

އިބްރާހިމް ޚަލީލް
ޕްލާސްޓިކް ކުނި އަޅައިގެން ކަނޑުތައް ތަޣައްޔަރު ކުރަނީ ކޮން ގައުމުތަކަކުން؟

ޕްލާސްޓިކް ކުނި އަޅައިގެން ކަނޑުތައް ތަޣައްޔަރު ކުރަނީ ކޮން ގައުމުތަކަކުން؟

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު އެތައް މިލިއަން މެޓްރިކް ޓަނެއްގެ ޕްލާސްޓިކް އުފައްދަ އެވެ. މި ޕްލާސްޓިކް ކުނީގެ ދެބައިކުޅަ އެއްބައި ރީސައިކަލްކޮށް، އަންދާލައި، ނުވަތަ ކުނިކޮށިތަކަށް އުކާލާއިރު، ބާކީ ހުންނަ އެއްޗެހީގެ ބޮޑު ބައެއް އެންމެ ފަހުން އެޅިގެންދަނީ އަޅުގަނޑުމެންގެ ކަނޑުތަކަށެވެ. ކަނޑުގެ ޕްލާސްޓިކް ކުނިތަކުގެ ގިނަ ކޮތަޅުތައް އެއްވެ، ކެލިފޯނިއާ އާއި ހަވާއީއާ ދެމެދުގައިވާ ޕެސިފިކް ކަނޑުގައި ފްރާންސްގެ ތިންގުނަ ބޮޑު ޕްލާސްޓިކް ކުނި ވޯޓެކްސްއެއް އުފެދިފައިވެ އެވެ. ލޯރެންސް ޖޭ.ޖ...

އިބްރާހިމް އަސްވާޤް
ދިއްދޫ ކައުންސިލުގެ ދިހަވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިއްދޫ ކައުންސިލުގެ ދިހަވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ދިއްދޫ ކައުންސިލް ޤުރުއާން މުބާރާތް 1444” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމާއި، ޤުރުއާން ހިތުދަސް ކުރުމަށާއި ތަޖުވީދު ހަމަތަކަށް ކިޔެވުމަށް ހިތްވަރު ދިނުމެވެ. މީގެއިތުރުން ޤުރުއާން ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމާއި ދީނީ...

އިބްރާހިމް ޚަލީލް
އިގްބާލް: ޖޭޕީ ބަދަހިގުޅުމަކުން ގުޅުވާލަ ދިނުމުގެ އަޒުމްގައި

އިގްބާލް: ޖޭޕީ ބަދަހިގުޅުމަކުން ގުޅުވާލަ ދިނުމުގެ އަޒުމްގައި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ކޮންފަރެންސް މިމަހުގެ 24-25 ގައި ބާއްވަން ނިންމާފައިވާއިރު، އެ ކޮންފަރެންސްގައި އެ ޕާޓީގެ އަސާސީ ގަވާއިދުގައި އިންތިޚާބު ކުރަން މަތިކޮށްފައިވާ މަޤާމުތަކުންކުރެ އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި ވަނީ އެ ޕާޓީގެ ނައިބު ލީޑަރު ކަމުގެ މަގާމަށެވެ. ޖޭޕީގެ ނައިބު ލީޑަރަކަށް 12 ބޭފުޅެއް ވާދަކުރައްވާއިރު، އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއްބޭފުޅަކީ ހއ. ވަށަފަރަށް އުފަން، ބޮޑުތިލަދުންމަތީގެ ޚިދުމަތްތެރިޔާ އަލްމަރްޙޫމް ވަށަފަރު އާދަމް ކަލޭފާނު ( ވަށަފަރު އާދަމްބެ)ގެ އިގްބާލް...

އަލީ އާދިލް
ވައިބަރ ގްރޫޕަކަށް ފޮނުވި މެސެޖުތަކަކާއި ގުޅިގެން ގާޟީ އަކަށް ނަސޭހަތްދިނުމަށް ނިންމައިފި

ވައިބަރ ގްރޫޕަކަށް ފޮނުވި މެސެޖުތަކަކާއި ގުޅިގެން ގާޟީ އަކަށް ނަސޭހަތްދިނުމަށް ނިންމައިފި

ޑްރަގް ކޯޓުގެ ގާޟީ އަލްއުސްތާޛު މުޙައްމަދު ނަޢީމަށް ނަޞޭޙަތްދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ) އިން ނިންމައިފިއެވެ. ޖޭއެސްސީން އެގޮތަށް ވިދާޅުވީ، އެ ކޮމިޝަނުން އާންމު ކުރެއްވި ނޫސް ބަޔާނެއްގައެވެ. ޖޭއެސްސީން އެ ނޫސްބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، ގިނަ އަދަދެއްގެ ފަނޑިޔާރުން ހިމެނޭ، ފަނޑިޔާރުންގެ މެދުގައި ހިންގާ ވައިބަރ ގްރޫޕެއްގައި، ފޮނުއްވި މެސެޖްތަކަކީ ފަނޑިޔާރު ލިޔެ އެ ގްރޫޕަށް ފޮނުއްވި މެސެޖްތަކެއްކަމަށް ޤާޟީ މުޙައްމަދު ނަޢީމް ވަނީ އެއްބަސްވެފައެވެ. ޤާޟީ މުޙައްމަދު ނަޢީމް ފޮނުއ...

ޔުމްނާ ޢަލީ
ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް، ދޯނި އަޑިއަށް ގޮސް ފަޅުވެރިން ކަނޑުވެއްޖެ

ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް، ދޯނި އަޑިއަށް ގޮސް ފަޅުވެރިން ކަނޑުވެއްޖެ

މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ، ދޯނި އަޑިއަށް ގޮސް އެ ދޯނީގެ ފަޅުވެރިން ކަނޑުވުމުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އަލިފާން ރޯވެ އަޑިއަށް ގޮސްފައި ވަނީ “ނޫރު-2” ނަމަކަށްކިޔާ ދޯންޏެކެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ކޮށްފައި ވަނީ މިއަދު ހެނދުނު 07:15 ހާއިރުއެވެ. މި ހާދިސާ ހިނގި އިރު މި ދޯނި އޮތީ ލ. މާވަށުގެ ދެކުނުން 7 ނޯޓިކަލް މޭލު ބޭރުގައެވެ. […]

ޔުމްނާ ޢަލީ
މިފަހަރު ގާސިމާއި ބައްދަލު ކުރީ ''ފިކުރެއްގެ ދިރުން'' ޓީމުގެ ވަފުދެއް

މިފަހަރު ގާސިމާއި ބައްދަލު ކުރީ ''ފިކުރެއްގެ ދިރުން'' ޓީމުގެ ވަފުދެއް

ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ ސިޔާސީ ހަރަކާތުގެ ފަރާތުން، އެ މަނިކުފާނުގެ މަންދޫބުންގެ ގޮތުގައި ވަފުދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމާއި ބައްދަލު ކުރައްވައިފިއެވެ. މިދިޔަ ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި ރައީސް ނަޝީދު ކެމްޕެއިން ޝިއާރެއްގެ ގޮތުގައި ބޭނުންފުޅު ކުރެއްވީ ”ފިކުރެއްގެ ދިރުން” ޝިއާރެވެ. އެ ޕްރައިމަރީއަށް ފަހު ވެސް އެމަނިކުފާނު ގެންދަވަނީ އެމަނިކުފާނަށް ތާއީދު ކ...

ޔުމްނާ ޢަލީ
ސިޙްރުޖެހުމަށްފަހު އެކަމަށްކުރާ ފަރުވާ!

ސިޙްރުޖެހުމަށްފަހު އެކަމަށްކުރާ ފަރުވާ!

ހަމަކަށަވަރުން ސިޙްރުޖެހިފައިވާމީހާ ސިޙްރުން ސަލާމަތްވުމަށްޓަކައި ކުރާނޭ ހުއްދަ ފަރުވާއެއް ﷲ ޝަރުޢުކުރައްވާފައިވެއެވެ. އަދި އޭގެތެރޭގައި: 1- ސިޙްރެއް އޮތްތަނަކުން އެއެއްޗެއް ނެރުންވެއެވެ. އެގޮތުން އެއީ ކައިފައިވާއެއްޗެއްނަމަ ނުވަތަ ބޮއިފައިވާ އެއްޗެއްނަމަ އެއެއްޗެއް ހުރިތަނަކުން ހުސްކުރުން ނުވަތަ އެއީ ލިޔެފައިވާއެއްޗެއް ނުވަތަ ޖަހާފައިވާ ގޮށެއްނަމަ އެއްޗެއް ހުރިތަނެއް ދެނެގަތުންވެއެވެ. އިބުނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. (( އެކަމާގުޅިގެން (އެބަހީ ސިޙްރުގެ ފަރުވާއާބެހޭގޮތުން) ނަބިއްޔާ‘ ގެ އަރިހ...

ތިލަދުން
ގެފުޅުގެ ބައްޓަމަށް ސައުދީގައި ބިނާކުރާ "ދަ މުބާކް" ސްކައިސްކްރޭޕަރސް ދައްކާލައިފި

ގެފުޅުގެ ބައްޓަމަށް ސައުދީގައި ބިނާކުރާ "ދަ މުބާކް" ސްކައިސްކްރޭޕަރސް ދައްކާލައިފި

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި، ގެފުޅުގެ ބައްޓަމަށް ބިނާކުރާ “ދަ މުބާކް” ސްކައިސްކްރޭޕަރސް ދައްކާލައިފި އެވެ. ސައުދީ ސަރުކާރުން ހިންގުމަށް ނިންމާފައިވާ މިމަޝްރޫޢު އިފްތިތާހްކޮށްދެއްވީ، ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެވެ. މި ބިޔަ ސްކައިސްކްރޭޕަރސްގެ ފުޅާމިން އަދި ދިގުމިނުގައި 400 މީޓަރު އަދި އުސް މިނުގައިވެސް 400 މީޓަރު ހުންނާނެ އެވެ. މިއިމާރާތަކީ އަލަށް އުފެއްދި ނިއު މުރައްބާ ޑިވެލޮޕްމަންޓް ކޮމްޕެނީ އިން މުރައްބާ ޑިސްޓްރިކްޓްގައި ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. ސައުދީގެ ވެރިރަށް ރ...

އަލީ އާދިލް