ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްފި އެވެ. ފެނަކައިގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. މާބައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމެވެ. މި މަސައްކަތް ނިންމުމަށް ފެނަކައަށް ދީފައިވަނީ ހަމަސް ދުވަހުގެ މުއްދަތެކެވެ. މަސްވެރިންނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސޭހަކަމާއެކު އައިސް ލިބޭނ...
އަލީ އާދިލް
ހއ. މުރައިދޫ ކައުންސިލުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވަފިއެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ”ތިލަދުން” އަށް ވިދާޅުވީ، އިއްޔެ މުރައިދޫ ކައުންސިލުން ރައީސް ޞާލިޙާއި ބައްދަލުކުރައްވައި، މުރައިދޫގެ ތަރައްގީއާއި ގުޅުންހުރި ކަންކަމާގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. މުލިއާގޭގައި ބޭއްވި މި ނުރަސްމީ ބައްދަލުކޮށްލެއްވުމުގައި މުރައިދޫގެ ތަރައްގީއަށް އިތުރަށް ބޭނުންވެފައިވާ ކަންކަމާއި، މިހާރު ހިނގަމުންދާ މަޝްރޫޢުތައް ހަލުވި ކުރުމާމެދު މަޝްވަރާ ކުރެވުނު ކަމަށް...
ޔުމްނާ ޢަލީ
ނ. އަތޮޅުގެ 4 ސުކޫލެއްގެ 132 ދަރިވަރުންނާއި އެކު، ފުރާވަރު ކޭމްޕު ލަންދޫގައި ކުރިއަށް ގެންގޮސްފި އެވެ. މި މަހު 16 އިން 18 އަށް ކުރިއަށް ގެންދިޔަ 98 ވަނަ ފުރާވަރު ކޭމްޕުގައި ބައިވެރިވެފައިވަނީ އެއަތޮޅު ލަންދޫ، މާފަރު، ޅޮހި އަދި ކުޑަފަރީ ސްކޫލުގެ ދަރިވަރުންނެވެ. ފުރާވަރު ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަބްދުއްރަހްމާންއެވެ. އެ ރަސްމިއްޔާތުގައި ނޯތު ސެންޓްރަލް ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެން އޮފް […]
އިބްރާހިމް އަސްވާޤް
8 ޤައުމެއްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް އަރުވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރާއްޖެއަށް އަލަށް ސަފީރުން ކަނޑައެޅުއްވިި ގައުމުތަކަކީ، މޮންގޯލިއާ، ފްރާންސް، ރަޝިއާ، ސަރބިއާ، ސްލޮވީނިއާ، ނެމީބިއާ، ކެނެޑާ އަދި ދި ހެލެނިކް ރިޕަބްލިކް ސަރުކާރުންނެވެ. އެގޮތުން އެ 8 ޤައުމުގެ ސަފީރުންނަކީ، މޮންގޯލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ގަންބޯލްޑް...
އިބްރާހިމް އަސްވާޤް
ބަދަލު ހިފުމުގެ ގޮތުން އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލިކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިދިކޮޅު އެކްޓިވިސްޓް، އައްބާސް އާދިލް ރިޒާގެ މައްޗަށް ދައުވާކުރުމަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު ގެ 222 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން […]
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމާއެކު ކުރިއަށް ގެންދެވުނީ ވަރަށް އުއްމީދީ ބައްދަލުވުމެއްކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް (ނިޔާ) ވިދާޅުވެއްޖެއެވެ. ނިޔާގެ އިތުރުން އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ގާސިމް، ސަންއައިލެންޑް ރިސޯޓްގައި ހުންނަވަނިކޮށް އެ ރަށަށް ވަޑައިގެން ގާސިމާ ބައްދަލު ކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެބޭފުޅުން ގާސިމާއި ބައްދަލުކުރަން އެ ރަށަށް ވަޑައިގަތީ އިއްޔެއެވެ. އެ...
ޔުމްނާ ޢަލީ
ބޮޑުތިލަދުންމަތީގެ އެތައް ދަރިންތަކެއް ބިނާކޮށް، ބިނާކުރަމުންދާ ކުޅުދުއްފުށީ ސިޓީ، ޖަލާލުއްދީން ސްކޫލްގެ ރިހިޔޫބީލްގެ މުނާސަބާގައި ފޮތެއް ނެރެފިއެވެ. ޖަލާލުއްދީން ސްކޫލަކީ 1998 ވަނަ އަހަރު ހުޅުވައި، ކިޔަވައިދޭން ފެށި ސްކޫލެކެވެ. މި ސްކޫލްގެ ރިހިޔޫބީލާއި ގުޅިގެން އެ ސްކޫލުން ނެރުނު ފޮތުގައި އެ ސްކޫލްގެ ތާރީޚީ މުހިންމު ގިނަ މައުލޫމާތުތަކެއް ހިމަނާފަވެއެވެ. މީގެ ތެރޭގައި އެ ސްކޫލްގެ ޕްރިންސިޕަލްކަން ކުރެއްވި ބޭފުޅުންނާއި، ޚިދުމަތް ކުރެއްވި މުވައްޒަފުންނާއި، ބެސްޓް އޯލްރައުންޑްކަން ހޯދި ދަރިވަރުންނާ...
ޔުމްނާ ޢަލީ
ޖަރުމަނު ލީގުގައި ރޭ ޗެމްޕިއަން ބަޔާން މިއުނިކާއި ބުރޫޝިއާ މުންޗެންގްލަޑްބެކް ބައްދަލުކުރި މެޗުން، ބަޔާން ބަލިވެ އެ ޓީމަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރާއި ކުރިމަތިވެއްޖެއެވެ. ރޭ ބުރޫޝިއާ މުންޗެންގްލަޑްބެކްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ބަޔާންގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. މި ނަތީޖާއާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރާއި އެ ޓީމަށް ވަނީ ކުރިމަތިވެފައެވެ. ބަޔާނަށް 21 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް […]
އިބްރާހިމް ޚަލީލް
ކުރީގެ ޢަދަދާއިގުޅޭ، ރިޕޯޓް ނަގައިގެން އޭނާ އަވަސް އަވަހަށް ބަލަންފެށީ އެއްވެސް މައްސަލައެއް އުޅޭތޯއެވެ. ރިޕޯޓްގެ ތިރީގައި ލިޔެފައިވާ ” ޕްރެގްނެންސީ ޕޮޒިޓިވް” ފެނި އަމީރާގެ ދެބުމަ އެއްވިކަހަލައެވެ. ހައިރާންވެ، ޤަބޫލުކުރަން ދަތިވެ ހުއްޓި ހުރެވުނީއެވެ. ނަމަވެސް އޭނާގެ ހިތަކަށް މިކަމަކަށް އެއްބަހެއް ނުވެވުނެވެ. އެހެންކަމުން ގައިގައި ހުރި ބާރެއް ލައިފައި ހިނގައިގަތީ އުޝާގާތަށް ދިޔުމަށެވެ. އުޝާގެ ހިތްނެގިނެގިފައި ޖެހެމުންދެއެވެ. އަމީރާ އަންނާނީ ރިޕޯޓް ހިފައިގެންކަން އެނގޭތީ އިތުރަށް އޭނާ ހާސްވަމުންދި...
ސަލާމާ ޢަބްދުލް ޢަލީމް
ހަނިމާދޫ ލީގު 2023 ފުޓްބޯޅަ މުބާރާތުގައި އަހުލީ ފުރަތަމަ މޮޅު ހޯދިއިރު، ޔުނީފޯމާއި ރިއަލް ސްޓާސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ގޭމް ވީކް ހަތަރެއްގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ހަވީރު އަހުލީން ވަނީ 7-3 ގެ ނަތީޖާއިން ފަލްކަން ބަލިކޮށްފައެވެ. މިއީ ލީގުގައި އަހުލީ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން، އެ ޓީމަށް ކާމިޔާބު ކުރެވުނު ފުރަތަމަ މެޗެވެ. މި މެޗުގައި އަހުލީގެ ނާއިލް ޔޫސުފް ތިން ލަނޑުޖަހައި ހެޓްރިކް ހެދިއިރު، ދެން […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ރެއާލުން ބާސާއާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. ރޭ އޮސަސޫނާގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗަށް ރެއާލުން އެކުލަވާލި ޓީމުގައި އެ ޓީމްގެ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ހިމަނާފައި ނުވެއެވެ. މި ހަފްތާ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުގައި ރެއާލް ނުކުންނާނީ ލިވަޕޫލާއި ދެކޮޅަށެވެ. ވުމާއެކު […]
އިބްރާހިމް ޚަލީލް
އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ނިއުކާސަލް ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބުކުރި އިރު، ފުލުގައި އޮތް ސައުތެމްޓަން އަތުން ޗެލްސީ ބަލިވެއްޖެއެވެ. ރޭ ނިއުކާސަލްގެ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ވިހި މިނެޓްގެ ތެރޭ ލިވަޕޫލުން ވަނީ ދެ ލަނޑު ޖަހާފައެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހާނެ ހުސް ފުރުޞަތެއް ލިބިފައި ވަނީ ނިއުކާސަލްއަށެވެ. ނިއުކާސަލްގެ އަލްމިރޯންއަށް ލިވަޕޫލް އޭރިއާތެރެއިން ލިބުނު […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާއި އެސްޓަންވިލާ ބައްދަލުކުރި މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑުތަކުން އާސެނަލް މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް އެ ޓީމް ޖެހިލައިފިއެވެ. މިރޭ އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ވިލާއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ހަވަނަ މިނެޓުގައި ކޭޝް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އޮލީ ވަޓްކިންސްއެވެ. ނަމަވެސް […]
އިބްރާހިމް ޚަލީލް
ހިޓާޗީގެ އާ އުފެއްދުންތަކެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން އާއި ހިޓާޗީ ހޯމް އެޕްލައަންސްގެ ސޭލްސް ޑިރެކްޓަރު ޖައިންއެވެ. ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީގެ އުފެއްދުންތަކުގެ ތެރެއިން މި ފަހަރު އެސްޓީއޯއިން ތައާރަފްކުރި އުފެއްދުންތަކުގެ ތެރޭގައިވެސް، އާ ފީޗާތަކާއެކު އުފައްދާފައިވާ ފްރިޖާއި، ދޮންނަމެޝިނާއި، މައިކްރޯވޭވް އަވަ...
އަޙްމަދު ވަހީދު
ފޯ ނޭޝަންސް ކަޕްގައި ދިވެހި ރާއްޖޭގެ ފަރާތުން ވާދަކުރާ ޓީމުގެ ޖާޒީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު ވެދުމަށް އަރުވައިފިއެވެ. ފޯ ނޭޝަންސް ކަޕަކީ، މި އަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތެވެ. މި މުބާރާތަކީ ރާއްޖޭގެ އިތުރުން ސިންގަޕޫރާއި، މެލޭޝިޔާ އަދި އަފްޢާނިސްތާނުގެ ޤައުމީ ވޮލީ ޓީމްތަކުގެ މެދުގައި ބާއްވާ ވޮލީ މުބާރާތެކެވެ. މި މުބާރާތުގެ ފިރިހެން ބައިގައި ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޢާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުން ވާދަކުރަން ހަމަޖެހިފައިވ...
ޔުމްނާ ޢަލީ
ބޮޑެތި އިނާމުތަކަކާއެކު މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ. މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ މިފްކޯގެ މަސް ފިހާރައިގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އިޒްހާންއެވެ. މިފްކޯއިން ބުނީ އިއްޔެއިން ފެށިގެން މިއަހަރުގެ އޭޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި މިފްކޯގެ މަސްފިހާރަތަކުން 200 ރުފިޔާ އިން މަތިން ކުރާ ކޮންމެ [...
އަޙްމަދު ވަހީދު
ހދ. ހިރިމަރަދޫ ކައުންސިލް މެމްބަރު އާއިޝަތު ޖުވައިރިޔާ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކޮށްފިއެވެ. ޖުވައިރިޔާ އެމްޑީޕީއަށް ސޮއިކޮށް، ފޯމު ހަވާލުކޮށްފައި ވަނީ މިއަދު އެވެ. ޖުވައިރިއާ އެމްޑީޕީއާއި ގުޅުނު ފޯމާއި ހަވާލުވެފައި ވަނީ އެ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާޢީލް (ފަޔާ) އެވެ. ޖުވައިރިއާ އެމްޑީޕީއާއި ގުޅުމަށް ބޭއްވި ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލްޣަފޫރު މޫސާ (ގަޕޯ) އާއި، އެމްޑީޕީ ހަނިމާދޫ ދާއިރާގެ ރައީސް ޝާހިދު ވެސް ވަނީ ބަ...
ޔުމްނާ ޢަލީ
ތުރުކީއާއި ސީރިއާ އަށް އައި ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއަން އަޓްސޫގެ މަރުވެފައިވާ ހަށިގަނޑު ހޯދައިފިއެވެ. އުމުރުން 31 އަހަރުގެ ގާނާގެ ފުޓްބޯޅަ ކުޅުންތެރިޔާ އަޓްސޫ ގެއްލިގެން ރިޕޯޓް ކޮށްފައި ވަނީ މި މަހުގެ ހަވަނަ ދުވަހު ތުރުކީއާއި ސީރިއާގެ ބޯޑަރ ސަރަހައްދައް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވަނިކޮށެވެ. ތުރުކީގެ ހަތެޔާސްޕޯއަށް ކުޅެމުން އަންނަ އަޓްސޫ އަނިޔާތަކަކާއިއެކު ސަލާމަތްކޮށް ފަރުވާދެމުން އަންނަ ކ...
އިބްރާހިމް ޚަލީލް