މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރުމަށް 4 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފޮނުއްވައިފިއެވެ. އެ ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް މެމްބަރަކު އައްޔަން މިކުރަނީ ބްރޯޑްކޮމްގެ މެންބަރު އަމްޖަދު ވަހީދުގެ މެންބަރު ކަމުގެ މުއްދަތު އަންނަ މަހު 15 ގައި ހަމަވާތީއެވެ. ބްރޯޑްކޮމް އަށް އައްޔަންކުރެއްވުމަށް ފޮނުއްވެވި ނަންތައް 1- ޝިހާމް މުޙައްމަދު ވަޙީދު، ރސ.5143 2- ޝާން ޞާލިޙް މުޙައްމަދު، ފިނިވާދީ، ދ.ކުޑަހުވަދޫ 3...
މުޙައްމަދު އަފްރާޙް
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ކޮންފަރެންސް ބާކީ އޮތީ އެއް ދުވަހެވެ. އެ ކޮންފަރެންސްގައި އެ ޕާޓީގެ އަސާސީ ގަވާއިދުގައި އިންތިޚާބު ކުރަން މަތިކޮށްފައިވާ މަޤާމުތަކުންކުރެ އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި ވަނީ އެ ޕާޓީގެ ނައިބު ލީޑަރު ކަމުގެ މަގާމަށެވެ. ޖޭޕީގެ ނައިބު ލީޑަރުގެ މަޤާމަށް 12 ބޭފުޅަކު ކުރިމަތިލައްވައި ކެމްޕޭން ހިންގަވަމުން ގެންދަވާއިރު، އޭގެތެރެއިން ފާހަގަކޮށްލެވޭ އެއްބޭފުޅަކީ، ޒުވާން، ޖޯޝްހުރި ސިޔާސީ ބޭފުޅެއްކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޝާޙްއެވެ. ޖުމްހޫ...
އަލީ އާދިލް
މިދިޔަ މަހު ފެމިލީ ކޯޓުގައި 195 ކައިވެނި ކުރިއިރު 127 މީހަކު ވަރިކޮށްފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ފެމިލީ ކޯޓުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 195 ކައިވެނިކޮށް އަދި 127 މީހަކު ވަރިކޮށްފައިވާތީ ކައިވެނީގެ އަދަދުގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ އަދަދަކަށް ވަރި ކޮށްފައިވެ އެވެ. އެ ކޯޓަށް މިދިޔަ މަހު އެންމެ ގިނައިން ހުށަހެޅީ ވެސް ވަރީގެ މައްސަލަތަކެވެ. […]
ހުސައިން ހަބީބް
މާލޭގެ ގެސްޓުހައުސްއެއްގައި ހަށިވިއްކަމުންދިޔަ 4 މީހަކު ދިވެހި ފުލުހުންގެ ހިދުމަތުން ހައްޔަރުކޮށްފި އެވެ. އެ އިދާރާއިން ވިދާޅުވީ އެމީހުން ހައްޔަރުކުރީ މާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އެމީހުން ހައްޔަރުކުރީ ރޯޅި ގެސްޓުހައުސް ބަލައި ފާސްކުރުމަށްފަހު ކަމަށެވެ. ފުލުހުން ވިދާޅުވީ އޭގެތެރޭގައި ހިމެނެނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި ހަމަ އެ އުމުރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނެއް ކަމަށެވެ. މީގެތެރެއިން ދިވެހި ފިރިހެން [...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން “ސުޕަވައިޒާސް ފޯރަމް 2023″ ބާއްވައިފިއެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފޯރަމަކީ އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަންއާއި އެޗްއާރު ޑިވިޝަން ގުޅިގެން ކުރިއަށް ގެންދިޔަ ފޯރަމެކެވެ. މި ފޯރަމްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ޕްރޮޖެކްޓް ސައިޓް ސުޕަވައިޒަރުންނާއި، ޕްރޮޖެކްޓް ޓީމާއި، ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަނުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން، 88 ސައިޓް ސުޕަވައިޒަރުން...
އަޙްމަދު ވަހީދު
ބެސްޓް ބަޑީ އިން ރޯދަ މަހަށް ހާއްސަ “ބެސްޓީ ރޯދަ ސޭލް” ފަށައިފިއެވެ. އެ ފިހާރައިން ބުނެފައިވާ ގޮތުގައި ބެސްޓް ބަޑީން ކުރާ ކޮންމެ 100ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ކޫޕަން ހުށަހަޅާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގު ހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފައެވެ. މި ޕްރޮމޯޝަންގެ ދަށުން އެއްްވަނައަށްދާ ފަރާތަކަށް ރަށު ޕިކަޕެއް ލިބޭނެއެވެ. އަދި ދެވަނައަށްދާ ފަރާތަކަށް ސްމާޓް ޓީވީއެއް ހުށަހަޅާފައިވާއިރު ތިންވަނައަށްދާ ފަރާތަކަށް […]
އަޙްމަދު ވަހީދު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރޭ ލިވަޕޫލާއި ޗެމްޕިއަން ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ތަފާތުބޮޑުކޮށް ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލާއި ފިޔަވަޅަކާއި ގާތަށް ރެއާލް ޖެހިލައިފިއެވެ. ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުން މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 5-2 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ކާމިޔާބުކުރީ ލިވަޕޫލުންނެވެ. ނަމަވެސް ރެއާލުން ވަނީ ފަހަތުން އަރައި ލިވަޕޫލްކޮޅަށް ފަސް ލަނޑު ޖަހާފައެވެ. ލިވަޕޫލުން މެޗުގެ […]
އިބްރާހިމް ޚަލީލް
އދ. މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ 73 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެގޮތުން، އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، ހާބަ ޕޭވްމެންޓް ހެދުމުގެ މަސައްކަތުގެ 44 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 52,271 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 35,849 ކިއުބިކް މީޓަރުގެ ނެރު […]
އަޙްމަދު ވަހީދު
މިއުޒިކަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަރަށް ފަސޭހައިން މިއުޒިކަލް އައިޑޮލްގެ ޓިކެޓް އުރީދޫ މޯލްަޑިވްސްގެ އީކޮމާސް ޕްލެޓްފޯމް، މޫލީ އިން ލިބޭގޮތް ހަދައިފިއެވެ. މިއުޒިކަލް އައިޑަލް އަކީ 3 މާޗް 2023 ގައި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ދިވެހި އަދި އިންޑިއާގެ ހުނަރުވެރިން ލަވަކިޔުންތެރިންނާއެކު ބާއްވާ މިއުޒިކް ޝޯއެކެވެ. އިންޑިއަން އައިޑޮލް ސީޒަން ތިނަކުން އެއްވަނަ ހޯދައިފައިވާ ޕަވަންދީޕް އާއި ރަނަރަޕް އަރޫނީތާ ގެ ހުނަރު މި ޝޯއިންފެނިގެންދާނެއެވެ. މީގެ އިތުރުން މޯލްޑިވިއަން އައިޑޮލް ސީޒަން އެކެ...
އަޙްމަދު ވަހީދު
ރާއްޖޭގައި މިހައިތަނަށް އެންމެގިނަ ފުލް މެރަތަން ދުވި ދުވުންތެރިޔާ ނަސްރުﷲ އަހްމަދުގެ 88 ވަނަ މެރަތަން ދުވުމަށް މާދަމާ ފުރާނެއެވެ. އިންޑިއާގެ ނިއުދިއްލީގައި އޮންނަ ‘އެޕޯލޯ ޓަޔަރ ނިއުދިއްލީ މެރަތަން 2023’ ގައި ބައިވެރިވުމަށް ނަސްރު ފުރުމަށް ނިންމާފައިވަނީ މާދަމާ މެންދުރުއެވެ. ‘ތިލަދުން’ އަށް ނަސްރު ބުނީ މިފަހަރުގެ އުއްމީދަކީވެސް 4 ގަޑިއިރަށްވުރެ އަވަހަށް މެރަތަން ނިންމުން ކަމަށެވެ. “މިފަހަރުވެސް މިބަލަނީ 4 ބްރޭކް ކުރެވޭތޯ.” ނަސްރު ބުންޏެވެ. މި މަހުގެ 26 ވާ އާދިއްތަ ދުވަހު […]
މުޙައްމަދު އަފްރާޙް
ކިޔުއާރު ކޯޑު ބޭނުންކޮށްގެން ކުރެވޭ މުއާމަލާތު ތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލިމިޓުކޮށްފިއެވެ. ބީއެމްއެލް އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިއަދުން ފެށިގެން އެ ބޭންކުގެ މޯބައިލް ވޮލެޓް މެދުވެރިކޮށް ކިޔުއާރު ކޯޑު ބޭނުންކޮށްގެން ކުރެވޭ ކޮންމެ މުއާމަލާތެއްގެ އެންމެ މަތީ އަގަކީ 750 ރުފިޔާ ކަމަށެވެ. ކުރިން މިފަދަ މުއާމަލާތު ތަކުގައި ބޭންކުން ވަކި ލިމިޓެއް ކަނޑައަޅައިފައި ނުވެއެވެ. ބޭންކުން ބުނެފައިވާ ގޮތުގައި ކޮންމެ މުއާމަލާތަކަށް 750 ރުފިޔާގެ ލިމިޓެއް ކަނޑައަޅާފައިވާއިރު […]
އަޙްމަދު ވަހީދު
ހުޅުމާލެ އަކީ މިވަގުތު ރާއްޖޭގައި އެއްފަހަރާ އެއްމެ ގިނަ ބަޔަކު އާބާދު ވަމުން އަންނަ ރަށެވެ. ދެވަނަ ފިޔަވަހީގައި ގިނަ ގެދޮރުވެރިކަމުގެ މަޝްރޫއުތަކެއް ނިމި އަލަށް އާބާދު ވަމުން އަންނަ އިރު، ހުޅުމާލޭގައި ލިބެން ހުންނަ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ގިނަ ޙިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެ ކުންފުނިން، ވިޔަފާރީ ވެރިންނަށް ހުރި ފުރުސަތުތައް އިތުރުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރުތަކަށް...
އަޙްމަދު ވަހީދު
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ދިރާސީ އައު އަހަރު (2023-2024)ގެ އެކަޑަމިކް ކަލަންޑަރު މިއަދު އާންމުކޮށްފިއެވެ. މި ކަލަންޑަރުގައިވާގޮތުން 2023-2024 ވަނަ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ފަށާނީ 6 އޯގަސްޓް 2023 ގައެވެ. މިކަލަންޑަރުގައިވާގޮތުން ފުރަތަމަ ޓާމްގެ މިޑްޓާމް ބުރޭކް ލިބޭނީ އޮކްޓޯބަރު 15 އިން 19 އަށެވެ. އަދި ފުރަތަމަ ޓާމްގެ ޗުއްޓީއަކީ 24 ޑިސެމްބަރު 2023 އިން 6 ޖެނުއަރީ 2024 އަށެވެ. ގްރޭޑް 12ގެ ދަރިވަރުންނަށް ފުރަތަމަ ޓާމްގެ އިމްތިހާނު މިއަހަރުގެ 7 […]
ޔުމްނާ ޢަލީ
ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ. އެ ހުކުމް އިސްތިއުނާފު ކުރަން މިއަދު ހައި ކޯޓަށް ހުށަހަޅުއްވާފައިވާ ކަން […]
ޔުމްނާ ޢަލީ
ދިވެހިބަސް ދިރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފާހިފުން ފުޅާކުރަންޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މިއަދަކީ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހެވެ. މިއަދުގެ މުނާސަބާގައި ތަހުނިޔާ ފޮނުއްވަމުން ނާޒިމް ވިދާޅުވަނީ ދިވެހިންގެ އަމިއްލަ ފަހުރުވެރި ދިވެހިބަސް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ދިވެހިބަސް ދިރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފާހިފުން ފުޅާކުރަން ޖެހޭ ކަމަށެވެ. މިއަހަރުގެ މާދަރީ ބަހުގެ ދުވ...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްނަގައިގެން ހއ އަތޮޅުގެ އިމާމުންނާއި ޚަތީބުން ތާޒާ ކުރުމަށް ބޭއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުން 19 ވަނަ ދުވަހަށް ދިއްދޫގައި ހުންނަ ހއ އަތޮޅު ތައުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލުގައެވެ. މި ޕްރޮގްރާމުގައި އެ އަތޮޅު ހުރިހާ ރަށަކުން އިމާމުންނާއި ޚަތީބުން ހިމެނޭހެން ޖުމްލަ […]
އިބްރާހިމް ޚަލީލް
ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރާ މައްސަލާގެ ޝަރީއަތް އަވަސް އަވަހަށް ބާއްވަން ނިންމުމުން ދިފާއީ ވަކީލުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. ފުއްގިރި މައްސަލާގައި ޔާމީނަށް ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޔާމީނާއި ސަން […]
ހުސައިން ހަބީބް
އދ. ހަންޏާމީދޫގައި ރަސްމީކޮށް ފެނުގެ ހިދުމަތްދޭން ފަށައިފިއެވެ. ހަންޏާމީދޫގެ ފެނުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރީ އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަތީފް އަދި ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމް އެވެ. ސްޓެލްކޯއިން ބުނި ގޮތުގައި މި ހިދުމަތް އިފްތިތާހު ކުރެވުމާއިއެކު، ފެނުގެ ހިދުމަތަށް އެދިފައިވާ ހަންޏާމީދުގެ ހުރިހާ ގޭބީސީއަކާއި ވިޔަފާރިއަށް މިހާރު ފެނުގެ ހިދުމަތް ލިބެމުންދާނެއެއެވެ. މިވަގުތު ހަންޏާމީދޫގައި 170 ކަނެކްޝަނަކަ...
ޔުމްނާ ޢަލީ