ސްރީލަންކާގެ އެކްސްޕްރެސް ޕާރލް ކާގޯ ބޯޓުގެ ހާދިސާ އަލުން ތަޙުޤީޤުކުރަން ނިންމައިފި
ސްރީލަންކާގެ އައު ސަރުކާރުން، 2021 ވަނަ އަހަރު ހިނގި އެކްސްޕްރެސް ޕާރލް ކާގޯ ބޯޓުގެ ހާދިސާ އަލުން ތަޙުޤީޤުކުރަން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މި ހާދިސާ ބެލެހެއްޓުމުގައި ކޮރަޕްޝަނާއި އިހުމާލުވުމުގެ ތުހުމަތުތަކެއް ކުރިމަތިވެފައިވާތީއެވެ. ސްރީލަންކާގެ އައު ރައީސް އަނުރާ ކުމާރާ ދިސަނާޔަކޭގެ ސަރުކާރުގެ އިސް ވަޒީރެއް އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވިގޮތުގައި، މި ތަޙުޤީޤު ފަށާނީ ނޮވެމްބަރު 14 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާލިމެންޓަރީ އިންތިޚާބު ނިމުމުންނެވެ. މި އިންތިޚާބުގައި ދިސަނާޔަކޭގ...