އިސްރާއީލުން އީރާނަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
އިސރާއީލުން، އީރާނަށް އަމާޒުކޮށް ދިން އަސްކަރީ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އިސްރާއީލުން އީރާނަށް ހަމަލާދޭން ފަށާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އިސްރާއީލުން އީރާނަށް ވައިގެ މަގުން އުދުވާނީ ހަމަލާތަކެއް ދިނުމަށްފަހު ހަމަލާތައް ހުއްޓާލިކަން މިހާރު ވަނީ އިއުލާނުކޮށްފައެވެ. އިސްރާއީލުގެ މިހަމަލާތަކާއި ގުޅިގެން ދިވެހި ޚާރިޖިއްޔާއިން އާންމުކުރި ބަޔާނެއްގައި މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، ހަމަނުޖެހުންތައް އިތުރަށް ބޮޑުނުވެ، މެދުއިރުމަ...