ކަނޑުއަޑީގެ ކޭބަލްތައް ބުރިކުރެވޭ އާލާތެއް ޗައިނާއިން އުފައްދައިފި
ކަނޑުއަޑީގެ ކޭބަލްތައް ބުރިކުރެވޭ ވަރުގެ ގާބިލްކަން ހުރި އާ އާލާތެއް ޗައިނާއިން އުފައްދައިފިއެވެ. ޗައިނާއިން އުފައްދާފައިވާ ޓޫލްގެ ސަބަބުން ކަނޑުއަޑީގެ ކޭބަލްތަކަށް ނުރައްކާވެއްޖެކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ. މި އާލާތަކީ ކަނޑުއަޑީގައި 4،000 މީޓަރުގެ ފުންމިނުގައި ހުންނަ ކޭބަލްތައް ކަނޑާލުމުގެ ޤާބިލުކަން ލިބިފައިވާ އާލާތެކެވެ. ޗައިނާގެ ސަރުކާރުން ބުނެފައިވަނީ މިއީ ސިވިލް ބޭނުންތަކަށް އުފައްދާފައިވާ އާލާތެއް ކަމަށެވެ. ނަމަވެސް، މި އާލާތުގެ ސަބަބުން ސަލާމަތީ ކަންބޮޑުވ...