ހަ ލައްކަ ޑޮލަރުގެ ގަހަނާ ދިރުވާލައިގެން ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި
އެމެރިކާގައި ހައްލައްކަ ޑޮލަރުގެ ގަހަނާ ދިރުވާލައިގެން ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. އެމެރިކާގެ އޯލަންޑޯގައި ހުންނަ ޓިފަނީ އެންޑް ކޯ. ފިހާރައިން ގާތްގަނޑަކަށް 770،000 ޑޮލަރުގެ އަގުހުރި ކަންފަތު ގަހަނާ ވަގަށް ނަގައި، އެ ގަހަނާ ދިރުވާލައިގެން ފިލަން އުޅުނު މީހަކު މިހާރުހުރީ އެމެރިކާގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ޖޭތަން ގިލްޑަރ (32 އަހަރު) ނަމަކަށް ކިޔާ މީހަކު އެން.ބީ.އޭގެ އެސިސްޓެންޓެއްގެ ގޮތުގައި ދައްކައި، މޯލް އެޓް މިލޭނިއާގައި ހުންނަ ޓިފަނީ އެންޑް ކޯ. ފިހާރައަށް ވަދެ، […]