މަސްކް އާއި އޯޕަން އޭއައިގެ މައްސަލައިގެ ޝަރީޢަތް ފެށޭނީ އަންނަ އަހަރު
ބިލިއަނަރު އެލޮން މަސްކް އާއި އޯޕަން އޭއައި ދެމެދު ހިނގަމުންދާ މައްސަލައިގެ ޝަރީޢަތް 2026 ވަނަ އަހަރުގެ ފަހު ކުއާޓަރގައި ފެށޭނެ ކަމަށް މައްސަލަ ބައްލަވާ ފެޑެރަލް ފަނޑިޔާރު ހުކުރު ދުވަހު ނިންމަވައިފިއެވެ. މިދިޔަ މަހު، އޯޕަން އޭއައި އިން ފައިދާ ހޯދުމަށް ނިންމި ނިންމުމާ ގުޅިގެން މަސްކް ހުށަހެޅި މައްސަލައިގެ ޝަރީޢަތް އަވަސް ކުރުމަށް ދެފަރާތުން އެއްބަސްވެފައިވެއެވެ. މިއީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަސްކް އާއި އޯޕަން އޭއައިގެ ސީއީއޯ ސެމް އޯލްޓްމަން […]