ދިއްދޫ ބަނދަރު މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި
ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 76 އިންސައްތަ މަސައްކަތް މިހާރު ވަނޫ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަނީ މިހާރު ހުރި ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 78,000 ކިއުބިކް […]