އުރީދޫ މޯލްޑިވްސް އިން މިއަހަރު ރާއްޖޭގެ ސިޓީތަކުގައި ބޭއްްވުމަށް ހަމަޖެހިފައިވާ މަސް ރޭހުގެ އައްޑޫ ސިޓީ ހޯސްޓް ޕާޓްނަރަކަށް އައްޑޫ ސިޓީ ކައުންސިލް ހަމަޖައްސައިފިއެވެ.
އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023 ގައި ބައިވެރިވާން ހަތަރު ސިޓީން 83 ޓީމަކުން ރަޖިސްޓްރީ ކުރިއެވެ. މިއާއެކު މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށް ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަހަރު މުބާރާތް ބާއްވަން ނިންމާފައިވަނީ އޮގަސްޓް މަހުގައެވެ. މިއަހަރުގެ މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަަތައް ކަމަށް އުރީދޫން ބުންޏެވެ.
ފެށުނީއްސުރެވެސް އުރީދޫ މަސްރޭހަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީހުތައް
• މާލެ ސިޓީ: 4 އޮގަސްޓް 2023
• ކުޅުދުއްފުށި ސިޓީ: 11 އޮގަސްޓް 2023
• އައްޑޫ ސިޓީ: 18 އޮގަސްޓް 2023
• ފުވައްމުލައް ސިޓީ: 25 އޮގަސްޓް 2023
މި މުބާރާތުގައި މާލެއިން 34 ޓީމު ބައިވެރިވާ އިރު ކުޅުދުއްފުށި ސިޓީން 23 ޓީމާއި އައްޑޫ ސިޓީގެ 13 ޓީމަކާއި ފުވައްމުލައް ސިޓީގެ 13 ޓީމު ވާދަ ކުރާނެއެވެ.
އުރީދޫ މަސްރޭސް ރެކޯޑް މުގުރާލާ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުން ޓީމު މިއަހަރުވެސް ވާދަކުރާނެއެވެ. މި ޓީމު ނިކުމެ ރިކޯޑް އަދަދެއްގެ މަސްބާނައި، ހޯދި މި ކާމިޔާބީން ދައްކުވައިދެނީ ހަމަހަމަކަމުގެ ރޫހުކަން އުރީދޫއިން ފާހަގަކުރިއެވެ.
މި މުބާރަތަައް ޖުމްލަ 75،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:
• އެއްވަނަ ޓީމް: 25،000 ރުފިޔާ
• ދެ ވަނަ ޓީމް: 10،000 ރުފިޔާ
• 3 ވަނަ ޓީމް: 5000 ރުފިޔާ
• އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
• އެންމެ މޮޅު ފިޝަވުމަން: 1000 ރުފިޔާ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!