ފުރަބަންދަށް ލުޔެއް ލިބުމުން އެމްޓީސީސީއިން 18 މަޝްރޫއެއްގެ މަސައްކަތްފަށަނީ
ކޯވިޑް-19ގެ ސަބަބުން މިހާރު ރާއްޖޭގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ ހާލަތު ލުއިކުރުމުން 18 މަޝްރޫއެއްގެ މަސައްކަތް ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެެވެ. ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ކޯވީޑްގެ ހާލަތު މެދުވެރި ވެފައި ވިޔަސް މިދިޔަ ދުވަސްތަކުގައިވެސް ރާއްޖޭގެ 35 ރަށެށްގައި އެ ކުންފުނީގެ ފަރާތުން 42 މަޝްރޫއެއްގެ މަސައްކަތް އެއްވެސް މަޑުޖެހުމެއް ނެތި...