ރާއްޖޭގައި އިންސްޓަ360 ގެ އޮތޮރައިޒްޑް ސެލާ އަދި ޑިސްޓްރިބިއުޓަރު ރަންފައުން، ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީއާ ގުޅިއްޖެއެވެ.
މޫލީ ގައި އިންސްޓަ 360 ޑިވައިސްތަށް ލޯންޗު ކުރުމުގެ ގޮތުން މޫލީއިން ގަންނަ އިންސްޓަ360 ކެމެރާއާއި އެކްސެސަރީޒްތަކުން ކަސްޓަމަރުންނަށް 13 އިންސައްތާއާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.
އިންސްޓަ 360 ޑިވައިސް އަކީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނެސްދީ، 360 ޑިގްރީގެ ހިތްގައިމު ކޮންޓެންޓް ފަސޭހަކަމާއެކު ކެޕްޗާ ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޑިވައިސްއެކެވެ. ޒަމާނީ ސިފަތަކާއި އާދަޔާ ހިލާފު ކޮލިޓީއާ އެކު މި ޑިވައިސް އަކީ މީހުންގެ ތަޖުރިބާތައް ތަފާތުގޮތަކަށް ޑޮކިއުމެންޓް ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޑިވައިސްއެކެވެ.
އިންސްޓަ 360 ޑިވައިސްގެ މައިގަނޑު ސިފަތައް:
• 360-ޑިގްރީ ކެޕްޗަރ: އިންސްޓަ 360 ޑިވައިސްއަކީ ފޮޓޯ ނަގާ މާހައުލު 360 ޑިގްރީ ކޮށް ކެޕްޗާކުރުމުގެ ތަޖުރިބާ ލިބިގެންދާ ޑިވައިސްއެއް.
• ހައި-ރިޒޮލިއުޝަން އިމޭޖިން: މި ޑިވައިސްގެ އެޑްވާންސް އިމޭޖިން ޓެކްނޮލޮޖީއާއެކު، މި ޑިވައިސްއިން ވަރަށް ސާފު އަދި ތަފްސީލީ ފޮޓޯތަކާއި ވީޑިއޯތައް ކަށަވަރުކޮށްދޭ.
• ކޮމްޕެކްޓް އެންޑް ޕޯޓަބަލް: ގިނައިން ދަތުރު ފަތުރުކުރާ ފަރާތްތަކަށާއި އެޑްވެންޗަރުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ އިންސްޓަ 360 ޑިވައިސް އަކީ ކުޑަ، ލުއި އަދި ޖީބަށް ފަސޭހައިން ފިޓްވާ ޑިވައިސްއަކަށް ވުމުން މިއީ ދަތުރުފަތުރު ކުރާއިރު ވެސް ގެންދަން ފުރިހަމަ ކެމެރާއެއް.
• ޔޫޒާ ފްރެންޑްލީ އިންޓަފޭސް: ބޭނުންކުރަން ފަސޭހަވާނޭހެން ތަފާތު ގިނަ ފީޗާސްތައް އެކުލެވިގެންވާއިރު، މި ޑިވައިސް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ނެވިގޭޓްކޮށް، ތަފާތު ފީޗާތަކާއި ސެޓިންތަކުގައި ފޮޓޯ އަދި ވީޑިއޯ ކުރުމުގެ ފުރުސަތު ލިބޭ.
• ވާސަޓައިލް ޝޫޓިން މޯޑްސް: ޓައިމް ލެޕްސް އިން ފެށިގެން ސްލޯ މޯޝަންއާ ހަމައަށް އިންސްޓަ 360 ޑިވައިސްގައި ކޮންމެ ކްރިއޭޓިވް ބޭނުންތަކަކަށް ފެތޭ ގޮތަށް ތަފާތު ޝޫޓިން މޯޑްތައް ފޯރުކޮށްދީ، މި ޑިވައިސް ބޭނުންކުރާ މީހުންނަށް އެ މީހުންގެ އާޓިސްޓިކް ވިސްނުން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދޭ.
• ސީމްލެސް ކަނެކްޓިވިޓީ: ބޭނުންކުރާ ފަރާތްތަކަށް ފަސޭހައިން ސްމާޓްފޯނާއި ނުވަތަ އެހެނިހެން ޑިވައިސްތަކާ މި ޑިވައިސް ގުޅާލެވި، ވަގުތުން ޕްރިވިއުކޮށް، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކޮންޓެންޓް ފަސޭހައިން ޝެއާވެސް ކުރެވޭނެ.
މޫލީގެ އެކްސްކްލޫސިވް ލޯންޗް އޮފާ އާއެކު އިންސްޓަ 360 ޑިވައިސްތަށް މިހާރު މޫލީއިން ގަންނަށް ލިބެން ހުރީ މާލޭގެ މާކެޓްގައި އެންމެ ހެޔޮ އަގުގައެވެ. އަދި މޫލީ މެދުވެރިކޮށް އިންސްޓަ 360 ޑިވައިސް ގަންނަ ފަރާތްތަކަށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.
މި ހާއްސަ ޑިސްކައުންޓް އޮފާގައި އިންސްޓަ 360 ޑިވައިސް އަދި އެކްސަސަރީޒް 16 އޯގަސްޓް 2023 ގެ ކުރިން https://mool.ee/ranfaun މެދުވެރިކޮށް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!