ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 76 އިންސައްތަ މަސައްކަތް މިހާރު ވަނޫ ނިމިފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަނީ މިހާރު ހުރި ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަހައްދެެއްގައި ގްރޮއިން ޖެހުމާއި، 81 މީޓަރުގެ ސަރަހައްދެއްގައި ޗެނަލް ބޭރުތޮށި ލުމާއި، 49 މީޓަރުގެ ބޭރުތޮށި ލުމާއި، 768 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 898 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން، ރޭމްޕެއް ހެދުމާއި، ސްކޯ އޭޕްރަނެއް ހެދުމާއި، 9,270 އަކަ މީޓަރުގެ ސަަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، މޫރިން ބޯއީސް ހަރުކުރުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 88.36 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.