މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
290 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ނިއުކާސަލް ބަލިކޮށް އެވަޓަން ރެލިގޭޝަން ޒޯނުން ބޭރަށް
Sports

ނިއުކާސަލް ބަލިކޮށް އެވަޓަން ރެލިގޭޝަން ޒޯނުން ބޭރަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާއި ނިއުކާސަލް ބައްދަލުކުރި މެޗުން މޮޅުވެ ރެލިގޭޝަން ޒޯނުން ބޭރަށް އެވަޓަން ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެވަޓަން އިން ނިއުކާސަލްގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ. ޕްރިމިއާ ލީގުގެ މާލީ އުސޫލުތަކާއި ހިލާފުވުމުން އަދަބެއް ގޮތުގައި 10 ޕޮއިންޓް އެވަޓަން އަތުން އުނިކުރުމުން ރޭ މެޗަށް ނުކުތްއިރު، އެ ޓީމް އޮތީ ޕޮއިންޓް ތާވަލުގެ 19 ވަނާގައެވެ. ނަމަވެސް ރޭ ހޯދި މޮޅާއިއެކު އެ […]

ޗެލްސީ ބަލިކޮށް ޔުނައިޓެޑަށް ހަމަޖެހުން، ވިލާ އަތުން ބަލިވެ ސިޓީ ސޮއްސާލައިފި
Sports

ޗެލްސީ ބަލިކޮށް ޔުނައިޓެޑަށް ހަމަޖެހުން، ވިލާ އަތުން ބަލިވެ ސިޓީ ސޮއްސާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކުރިއިރު، އެސްޓަން ވިލާ އަތުން ބަލިވެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ވެއްޓިއްޖެއެވެ. ރޭ ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ. ނަތީޖާތައް ދަށްވުމުގެ ސަބަބުން ޔުނައިޓެޑްގެ ކޯޗް ޓެން ހާގަށް ޕްރެޝާ ބޮޑުވެފައިވާ ދަނޑުވަޅުގައި ޗެލްސީ އަތުން މި ލިބުނު މޮޅަކީ އޭނާއަށް ލިބިގެންދާނެ ބޮޑު ހިތްހަމަ ޖެހުމެކެވެ. މި […]

އަހުލީއާއި ޔޫތު ފްރެންޑްސް މެޗުން، އެޗްޒެޑްޖޭގެ "30 ޗެމްޕިއަންޝިޕް" ފެށުން މިމަހު 15 ގައި
Thiladhunmathi News

އަހުލީއާއި ޔޫތު ފްރެންޑްސް މެޗުން، އެޗްޒެޑްޖޭގެ "30 ޗެމްޕިއަންޝިޕް" ފެށުން މިމަހު 15 ގައި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ. މުބާރާތުގެ ގުތުއަތުލުން ރޭ ހަނިމާދޫ ބްރޭކް ޓައިމް ރެސްޓޯރެންޓްގައި ބާއްވާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހު 15 ވަނަ ދުވަހު ވާދަކުރާނީ އަހުލީއާއި ޔޫތު ފްރެންޑްސްއެވެ. މި މުބާރާތް ކުރިއަށް ގެންދަން ރާވާލާފައި ވަނީ ބައިވެރިވި ނުވަ ޓީމް ދެ ގްރޫޕަކަށް ބަހާލުމަށްފަހު، ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމަށް […...

ފަހުވަގުތު ލޫޓަން އަތުން އާސެނަލް މޮޅުކޮށްދިނީ ރައިސް
Sports

ފަހުވަގުތު ލޫޓަން އަތުން އާސެނަލް މޮޅުކޮށްދިނީ ރައިސް

އިނިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ލޫޓަން ޓައުން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭ ޑެކްލަން ރައިސް ޖެހި ލަނޑުން އާސެނަލް މޮޅުވެއްޖެއެވެ. ޖުމްލަ ހަތްލަނޑު ފެނިގެންދިޔަ މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 4-3 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު އެ ޓީމަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމް އެއްވަނާގައި އޮތީ ކުޅުނު 15 މެޗުން ހޯދި 36 ޕޮއިންޓާއި […]

ހޯރަފުށީގައި ބާއްވާ ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖުގައި ބައިވެރިވާން ހުޅުވާލައިފި
Raajje

ހޯރަފުށީގައި ބާއްވާ ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖުގައި ބައިވެރިވާން ހުޅުވާލައިފި

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ ” ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2023″ ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ 21 އަހަރުން ދަށުގެ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ މުބާރާތެކެވެ. މި މުބާރާތުން ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަ ޓީމަށެވެ. އެއީ ހޯރަފުށިން ހަތަރު ޓީމަށާއި އެ އަތޮޅު ތެރެއިން ދެ ޓީމަށެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހޯރަފުށީގައި ފުޓްސަލް ކުޅޭ 21 […]

ކުމުންދޫ ޔޫތު ސްޕޯޓްސް އިން އެ ރަށު ބަނދަރު ސަރަހައްދުގައި ޖޯލިއެލުވައި ނިންމާލައިފި
Thiladhunmathi News

ކުމުންދޫ ޔޫތު ސްޕޯޓްސް އިން އެ ރަށު ބަނދަރު ސަރަހައްދުގައި ޖޯލިއެލުވައި ނިންމާލައިފި

ހދ.ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އެ ރަށު ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް ބަނދަރު ސަރަހައްދުގައި ޖޯލި އެލުވައި ނިންމާލައިފިއެވެ. މި ހަރަކާތާއި ގުޅޭގޮތުން ކޭވައިއެސްގެ ފަރާތުން މައުލޫމާތު ދެމުން އެ ކުލަބުގެ ރައީސް ޖައިލަމް ސާހް ބުނީ އެ ރަށު ބަނދަރު ސަރަހައްދަކީ ހަވީރު ވަގުތުގައި ރަށު ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ނުކުންނަ ސަރަހައްދެއް ކަމަށެވެ. މިގޮތުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުގެ ޑިމާންޑް މިހާރު އެ ޖޯލިތަކަށް […]

ހަނިމާދޫ ކައުންސިލް ޤުރުއާން ކްލާހުގައި އަންނަ ހަފްތާގައި ކިޔަވައިދޭން ފަށަނީ
Thiladhunmathi News

ހަނިމާދޫ ކައުންސިލް ޤުރުއާން ކްލާހުގައި އަންނަ ހަފްތާގައި ކިޔަވައިދޭން ފަށަނީ

ހދ. ހަނިމާދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ފެށުމަށް ހަމަޖެހިފައިވާ ޤުރުއާން ކްލާހުގައި އަންނަ ހަފްތާގައި ކިޔަވައިދޭން ފަށަން ނިންމައިފިއެވެ. ހަނިމާދޫ ކައުންސިލްގެ ޤުރުއާން ކުލާސް ހިންގުމަށް އެ ކައުންސިލާއި ހދ.ނޮޅިވަރަމް، ގުލްހަޒާރުގެ އައިމިނަތު ހުސެއިންއާއި އެކު މިއަދު ވަނީ އެގްރިމެންޓްގައި ސޮއި ކޮށްފައެވެ. ހަނިމާދޫ ކައުންސިލުން މިދިޔަ އޮކްޓޯބަރ މަހު މި ކްލާހަށް ބައިވެރިން ހޯދަން އިއުލާން ކުރިއިރު، އެ ފުރުޞަތުގެ ދަށުން 91 ދަރިވަރުން ވަނީ ކްލާހުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާފައެ...

މަސްވެރިންގެ ދުވަހު ބާއްވާ، ބާރަށު ކައުންސިލް މަސް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި
Raajje

މަސްވެރިންގެ ދުވަހު ބާއްވާ، ބާރަށު ކައުންސިލް މަސް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން އެ ރަށުގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސްރޭސް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ އިޖުތިމާއީ އެއްބައިވަންތަކަން އިތުރު ކުރުމާއި، މަސްވެރިކަމުގެ ރޫހު އާލާކޮށް ދިރުވައި އަދި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމެވެ. މި މަސްރޭހުގައި 18 އަހަރުން މަތީގެ ދެ ޖިންސްގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ވާއިރ...

ވާދަވެރި ފޯރިގަދަ މިލައުތުރު ފުޓްސަލް މުބާރާތް ކަނޑިތީމުން ކާމިޔާބުކޮށްފި
Thiladhunmathi News

ވާދަވެރި ފޯރިގަދަ މިލައުތުރު ފުޓްސަލް މުބާރާތް ކަނޑިތީމުން ކާމިޔާބުކޮށްފި

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބޭއްވި “މިލައުތުރު ފުޓްސަލް ޓޯނަމަންޓް 2023” ގެ ޗެމްޕިއަންކަން ކަނޑިތީމުން ކާމިޔާބު ކޮށްފިއެވެ. ގޮއިދޫގައި އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ކަނޑިތީމާއި ގޮއިދޫއެވެ. އަތޮޅުގެ ހުރިހާ ރަށަކުންހެން ފައިނަލް މެޗުބަލަން ގޮއިދޫއަށް އެތައްބަޔަކު ޖަމާވިއިރު، ވާދަވެރި ފޯރިގަދަ ފައިނަލް މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ކަނޑިތީން އުފުއްލައިލިއެވެ. ފައިނަލް މެޗުގައި ފުރަތަމަ ލަނޑ...

ބޮޑުތިލަދުންމައްޗަށް ޓޫރިޒަމްގެ ނަފާ މިހާރުން މިހާރަށް ހޯދުމަށް، މޭޔަރު އާތިފްގެ ތަފާތު ހިޔާލެއް
Thiladhunmathi News

ބޮޑުތިލަދުންމައްޗަށް ޓޫރިޒަމްގެ ނަފާ މިހާރުން މިހާރަށް ހޯދުމަށް، މޭޔަރު އާތިފްގެ ތަފާތު ހިޔާލެއް

ފަތުރުވެރިކަމުގެ ސިނާއަތުން ބޮޑުތިލަދުންމައްޗަށް އެކަށީގެންވާ ނަފާ ހޯދުމަށް މިހާރުން މިހާރަށް ގެނެވިދާނެ މުހިންމު ބަދަލެއް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ހިއްސާ ކުރައްވައިފިއެވެ. އާތިފް ވިދާޅުވީ ރާއްޖެއަށް އަންނަ ސުޕަރޔޮޓްތަކަށް ދޫކުރާ ހުއްދައިގެ ތެރެއިން ވަކި އަދަދެއްގެ ކޯޓާ ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް ހާއްސަކޮށްގެން ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސިދާނެ ކަމަށާއި، މިއީ ވަގުތުން ވަގުތައް ވެސް ގެނެވިދާނެ ބަދަލެއް ކަމަށެވެ. މިވަގުތުވެސް ރާއްޖޭގައި 100 އަށްވުރެ ގިނަ ބޭރުގެ ސުޕަރ...

ގްރަނާޑާ ބަލިކޮށް ރެއާލް އަލުން އެއްވަނައަށް
Sports

ގްރަނާޑާ ބަލިކޮށް ރެއާލް އަލުން އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ގްރަނާޑާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލައިފިއެވެ ރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ 2-0 ގެ ނަތީޖާއިން ގްރަނާޑާ ބަލިކޮށްފައެވެ. މި ސީޒަންގައި އަމިއްލަ ދަނޑުގައި ރެއާލުން އަދި މިހާތަނަށް ބަލިވެފައި ނުވެއެވެ. ރޭ މެޗަށް ރެއާލް ނުކުތުމުގެ ކުރިން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ގްރަނާޑާއެވެ. އެ ޓީމުން ވަނީ 2-1 ގެ ނަތީޖާއިން ވެލެންސިއާ ބަލިކޮށްފައެވެ. ނަމަވެސް ރޭ މެޗުން މޮޅުވުމުން […]

އެންވީކޭ ބަލިކޮށް ޖަންގަލް އިން އިހަވަންދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
Thiladhunmathi News

އެންވީކޭ ބަލިކޮށް ޖަންގަލް އިން އިހަވަންދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި އިހަވަންދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2023، ގެ ޗެމްޕިއަންކަން ޖަންގަލް އިން ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ އެންވީކޭއާއި ޖަންގަލް އެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި […]

ލިވަޕޫލާއި ބްރައިޓަން ދެވަނަ ބުރަށް
Sports

ލިވަޕޫލާއި ބްރައިޓަން ދެވަނަ ބުރަށް

ޔޫރޮޕާ ލީގުގެ ދެވަނަ ބުރުން ލިވަޕޫލާއި ބްރައިޓަން ޖާގަ ހޯދައިފިއެވެ. ގްރޫޕް އީގައި ރޭ ލިވަޕޫލާއި ލާސްކް ބައްދަލުކުރި މެޗު 4-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ލިވަޕޫލެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ކޮންމެ ހާފެއްގައި އެ ޓީމުން ދެ ލަނޑު ޖެހިއިރު، ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ޖަހައިދިނީ ލުއިސް ޑިއާޒްއެވެ. އޭގެ ތިންމިނެޓް ފަހުން ލިވަޕޫލަށް ދެވަނަ ލަނޑު ޖަހައިދިނީ ގަކްޕޯއެވެ. […]

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ "30 ޗެމްޕިއަންޝިޕް" ގައި ބައިވެރިވީ ނުވަ ޓީމް
Thiladhunmathi News

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ "30 ޗެމްޕިއަންޝިޕް" ގައި ބައިވެރިވީ ނުވަ ޓީމް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގަ ނުވަ ޓީމަކުން ބައިވެރި ވެއްޖެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހަނިމާދޫ ދާއިރާގައި ހިމެނޭ ތިން ރަށަށަކަށް އެ ޖަމިއްޔާއިން ދައުވަތު ފޮނުވިއެވެ. މިގޮތުން ދެ ރަށަކުން މުބާރާތުގައި ޓީމް ބައިވެރި ކޮށްފައި ވެއެވެ. އެއީ ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސްއާއި ފިނޭ ޑެޒައާ ކްރޫ ސްޕޯޓްސް ކްލަބެވެ. މި މުބާރާތުގައި ހަނިމާދޫއިން ވަނީ ހަތް ޓީމް ބައިވެރިވެފައެވެ. […]

އެންމެ މުސްކުޅި އެގާރަ ލައިގެން ފެށި މެޗުން ބަލިވެ ސެވިއްޔާ ކަޓައިފި
Sports

އެންމެ މުސްކުޅި އެގާރަ ލައިގެން ފެށި މެޗުން ބަލިވެ ސެވިއްޔާ ކަޓައިފި

އެވްރެޖް އެންމެ ދުވަސްވީ ކުޅުންތެރިން ފުރަތަމަ އެގާރާގައި ހިމަނައިގެން ރޭ ޕީސެސްވީ އެންދޮވެންއާއި ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ނުކުތް މެޗުން ސެވިއްޔާ ބަލިވެ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ނުލިބި އެ ޓީމް ކަޓައިފިއެވެ. ރޭ މެޗަށް ސެވިއްޔާ ނެރުނު ފުރަތަމަ އެގާރައިގެ އެވްރެޖް އުމުރަކީ 32 އަހަރާއި 19 ދުވަހެވެ. މީގެ ކުރިން އެންމެ ދޮށީ އެގާރައެއް ލައިގެން ޗެމްޕިއަންސް ލީގު މެޗެއް ފެށި ޓީމެއް ގޮތުގައި އޮތީ އިންޓަ މިލާނެވެ. އެ ޓީމުން ވަނީ […]