އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާއި ނިއުކާސަލް ބައްދަލުކުރި މެޗުން މޮޅުވެ ރެލިގޭޝަން ޒޯނުން ބޭރަށް އެވަޓަން ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެވަޓަން އިން ނިއުކާސަލްގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ.
ޕްރިމިއާ ލީގުގެ މާލީ އުސޫލުތަކާއި ހިލާފުވުމުން އަދަބެއް ގޮތުގައި 10 ޕޮއިންޓް އެވަޓަން އަތުން އުނިކުރުމުން ރޭ މެޗަށް ނުކުތްއިރު، އެ ޓީމް އޮތީ ޕޮއިންޓް ތާވަލުގެ 19 ވަނާގައެވެ.
ނަމަވެސް ރޭ ހޯދި މޮޅާއިއެކު އެ ޓީމް ވަނީ ތާވަލުގެ 17 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 15 މެޗުން ލިބިފައި ވަނީ ދިހަ ޕޮއިންޓެވެ. މިވަގުތު ނިއުކާސަލް އޮތީ ތާވަލުގެ 7 ވަނާގައެވެ. އެ ޓީމަށް 15 މެޗުން ލިބިފައި ވަނީ 26 ޕޮއިންޓެވެ. އެ ޓީމާއި އެއްވަނާގައި އޮތް އާސެނަލާއި ދެމެދު މިވަގުތު 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އަދި ހަތަރުވަނާގައ އޮތް ސިޓީއާއި ދެމެދު ހަތަރު ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ރޭ މެޗުގައި އެވަޓަން އިން ތިން ލަނޑު ޖަހާފައި ވަނީ މެޗުގެ ފަހު އެގާރަ މިނެޓްގެ ތެރޭގައެވެ. ފުރަތަމަ ލަނޑު 79 ވަނަ މިނެޓުގައި މެކްނެއިލް ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު 86 ވަނަ މިނެޓުގައި ޖަހައިދިނީ ޑޮކޫރޭއެވެ. އެވަޓަން އިން މި ދެ ލަނޑު ވެސް ޖަހާފައި ވަނީ ނިއުކާސަލްގެ ޑިފެންޑަރ ޓްރިޕިއާއަށް ހެދުނު ގޯހުގެ ފައިދާ ނަގައިގެންނެވެ. ނިއުކާސަލްގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭ ކާމިޔާބު ކޮށްދިނީ ބެޓޯއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!