މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
290 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އެންމެ ގިނަ ޓީމް ބައިވެރިވެފައި ވަނީ ބޮޑުތިލަދުންމަތިން
Thiladhunmathi News

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އެންމެ ގިނަ ޓީމް ބައިވެރިވެފައި ވަނީ ބޮޑުތިލަދުންމަތިން

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖް 2024” ގައި ބޮޑު ތިލަދުންމަތިން 29 ޓީމް ބައިވެރި ވެއްޖެއެވެ. މި މުބާރާތުގައި ހއ، ހދ އަދި ށ، މި ތިން އަތޮޅުން ޖުމްލަ 29 ރަށަކުން ވަނީ ބައިވެރިވެފައެވެ. ހއ އަތޮޅުން 12 ރަށަކުން މި މުބާރާތުގައި ވާދަކުރެއެވެ. އެ ރަށްތަކަކީ ހޯރަފުށި، ބާރަށް، ކެލާ، އިހަވަންދޫ، އުތީމް، ވަށަފަރު، މާރަންދޫ، މުރައިދޫ، ފިއްލަދޫ، ދިއްދޫ، ތަކަންދޫގެ އިތުރުން ތުރާކުނެވެ. […]

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އޮސީމެން ހޯދައިފި
Sports

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އޮސީމެން ހޯދައިފި

އެފްރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން ކޮންމެ އަހަރަކު އެއްފަހަރު ހޮވާ އެފްރިކާ ބައްރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އިޓަލީގެ ނަޕޯލީއަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސީމެން ހޯދައިފިއެވެ. ފާއިތުވި އަހަރުގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފުރަތަމަ ފަހަރަށް އޮސީމެން ހޯދިއިރު، އޭނާގެ ފަހަތުން މި މަގާމަށް ވާދަކޮށްފައި ވަނީ ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ މުހައްމަދު ސަލާހް އާއި ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީއެވެ....

ރޮނާލްޑޯ މި އަހަރު 50 ލަނޑު ޖަހައިފި
Sports

ރޮނާލްޑޯ މި އަހަރު 50 ލަނޑު ޖަހައިފި

ކްރިސްޓިއާނޯ ރޮނާލްޑޯ މި އަހަރު 50 ވަނަ ލަނޑުޖެހި މެޗުން އަލް ނަސްރު މޮޅުވެއްޖެއެވެ. ރޭ ކިންގް ކަޕް ކްއާޓާ ފައިނަލުގައި އަލް ނަސްރާއި އަލް ޝަބާބް ބައްދަލުކުރި މެޗު 5-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ނަސްރުން ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖެހީ ނަސްރުންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި ޖަހައިދިނީ ފޮފާނާއެވެ. އޭގެ ހަތް މިނެޓް ފަހުން ޝަބާބުގެ ކަވާލިއޯ ލަނޑުޖަހައި […]

މޮޅެއް ނުލިބި މެޗުތަކެއް ދިއުމަށް ފަހު ސިޓީއާއި ޓޮޓެންހަމަށް މޮޅެއް
Sports

މޮޅެއް ނުލިބި މެޗުތަކެއް ދިއުމަށް ފަހު ސިޓީއާއި ޓޮޓެންހަމަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމަށް މޮޅެއް ނުލިބި މެޗުތަކެއް ދިއުމަށް ފަހު ރޭ މޮޅެއް ލިބިއްޖެއެވެ. މި ދެ ޓީމަކީ ވެސް ލީގު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުން އައި ދެ ޓީމެވެ. ނަމަވެސް ޓޮޓެންހަމް ރޭ މެޗަށް ނުކުތްއިރު އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް އެ ޓީމަށް އޮތީ މޮޅެއް ނުލިބިއެވެ. ސިޓީ ވެސް ރޭ މެޗަށް ނުކުތްއިރު އޮތީ ހަމަ މިފަދަ ހާލަތެއްގައެވެ. އެންމެ ފަހުން ކުޅުނު ހަތަރު […]

ބާސާ އަތުން ހޯދި ތާރީހީ މޮޅާއިއެކު ޖިރޯނާ އެއްވަނައަށް
Sports

ބާސާ އަތުން ހޯދި ތާރީހީ މޮޅާއިއެކު ޖިރޯނާ އެއްވަނައަށް

ސްޕެނިޝް ލީގުގައި ބާސެލޯނާ އަތުން ހޯދި ތާރީހީ މޮޅާއިއެކު ޖިރޯނާ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ރޭ ބާސާގެ ދަނޑުގައި ކުޅުނު މެޗު ޖިރޯނާއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއިންނެވެ. މިއީ ތާރީހުގައި ވެސް ޖިރޯނާއަށް ބާސާގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. މި މެޗުން ބަލިވުމާއިއެކު ބާސާ ވަނީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ވެއްޓިފައެވެ. ބާސާއަށް 16 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު 15 މެޗުން ހޯދި 34 ޕޮއިންޓާއިއެކު އެތުލެޓިކޯ މެޑްރިޑް […]

އެވަޓަން އަތުން ވެސް ޗެލްސީ ބަލިވެއްޖެ
Sports

އެވަޓަން އަތުން ވެސް ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާއި ޗެލްސީ ބައްދަލުކުރި މެޗުން ވެސް ޗެލްސީ ބަލިވެއްޖއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ލީގުގައި ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ވެސް ޗެލްސީ ވަނީ ބަލިވެފައެވެ. މި ސީޒަންގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ޗެލްސީ މިވަގުތު އޮތީ ވެސް ޕޮއިންޓް ތާވަލުގެ 12 ވަނާގައެވެ. އެ ޓީމަށް 16 މެޗުން ލިބިފައި ވަނީ […]

ޕޮލިސް ޕޯސްޓު ހުޅުވައި ނެއްލައިދޫގައި ފުލުހުންގެ ހިދުމަތް ދޭންފަށައިފި
Thiladhunmathi News

ޕޮލިސް ޕޯސްޓު ހުޅުވައި ނެއްލައިދޫގައި ފުލުހުންގެ ހިދުމަތް ދޭންފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައި ފުލުހުންގެ ހިދުމަތް ދޭން ފަށައިފިއެވެ. އެ ރަށުގައި ޕޮލިސް ޕޯސްޓް ހުޅުވައި ރަސްމީކޮށް ހިދުމަތް ދޭން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ އެކްޓިންގ ކޮމިޝަނަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ނެއްލައިދޫ ކައުންސިލުގެ ރައީސް މުޙައްމަދު އަލީފްއެވެ. މި ރަސްމިއްޔާތުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން އަދި ހދ. އަތޮޅު ފުލުހުންނާއި ނެއްލައިދޫ ކައުންސިލާއ...

ބެޓިސްއާއި އެއްވަރުވެ މުހިންމު ދެ ޕޮއިންޓް ރެއާލަށް ގެއްލިއްޖެ
Sports

ބެޓިސްއާއި އެއްވަރުވެ މުހިންމު ދެ ޕޮއިންޓް ރެއާލަށް ގެއްލިއްޖެ

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު އެއްވަރުވެ މުހިންމު ދެ ޕޮއިންޓް ރެއާލަށް ގެއްލިއްޖެއެވެ. ބެޓިސްގެ ދަނޑުގައި ކުޅުނު މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުން އެއްވަރުވުމުން ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރާއި ރެއާލަށް ވަނީ ކުރިމަތިވެފައެވެ. މިރޭ ބާސެލޯނާއާއި ޖިރޯނާ ބައްދަލުކުރާ މެޗުން ޖިރޯނާ މޮޅުވެއްޖެނަމަ ތާވަލުގެ އެއްވަނަ ލިބޭނީ ޖިރޯނާއަށެވެ. މިވަގުތު ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލާއިރު، […]

ފްރޭންކްފާޓުން ބަޔާން ލަދުގަންނަވާލައިފި
Sports

ފްރޭންކްފާޓުން ބަޔާން ލަދުގަންނަވާލައިފި

ޖަރުމަނު ލީގުގައި ރޭ ފްރޭންކްފާޓާއި ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކަށް ލަދުވެތި ބައްޔަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. ރޭ ފްރޭންކްފާޓްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 5-1 ގެ ނަތީޖާއިން ބަޔާން ބަލިކޮށްފައެވެ. ފްރޭންކްފާޓުން ވަނީ 2019/20 ވަނަ ސީޒަންގައި ވެސް އަމިއްލަ ދަނޑުގައި މި ނަތީޖާއިން ބަޔާން ބަލިކޮށްފައެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅެއް ނުލިބި އޮތް ފްރޭންކްފާޓަށް މި ނަތީޖާއަކީ ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެއެވެ. މިއީ […]

ބޯންމައުތުން ޔުނައިޓެޑް ރަނގަޅަށް ވެސް ބަލިކޮށްފި
Sports

ބޯންމައުތުން ޔުނައިޓެޑް ރަނގަޅަށް ވެސް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ބޯންމައުތު ބައްދަލުކުރި މެޗު، ބޯންމައުތުން ތަފާތު ބޮޑުކޮށް ކާމިޔާބުކޮށް ޔުނައިޓެޑް ލަދު ގަންނަވާލައިފިއެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބޯންމައުތުން ކާމިޔާބުކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މިއީ ބޯންމައުތުގެ ތާރީހުގައި ވެސް ޔުނައިޓެޑް ދަނޑުގައި އެ ޓީމް އަތުން މޮޅުވި ފުރަތަމަ ފަހަރެވެ. ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ބޯންމައުތު އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ބަލިވެފައި ނުވެއެވެ. […]

ސަލާހް 200 ލަނޑު ހަމަކުރި މެޗުން މޮޅުވެ ލިވަޕޫލް އެއްވަނައަށް
Sports

ސަލާހް 200 ލަނޑު ހަމަކުރި މެޗުން މޮޅުވެ ލިވަޕޫލް އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ. މިއަދު ހަވީރު އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 2-1 ގެ ނަތީޖާއިން ޕެލަސް ބަލިކޮށްފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ޕެލަސްއެވެ. މި ލަނޑު 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މަޓޭޓާއެވެ. މި ޕެނަލްޓީ ޕެލަސްއަށް ދީފައި ވަނީ ލިވަޕޫލްގެ އޭރިއާތެރެއިން އާނޯލްޑް މަޓޭޓާއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. ލީޑުގައި […]

ކެރިއާގައި ކުޅުނު 1200 ވަނަ މެޗުގައި ވެސް ރޮނާލްޑޯ ލަނޑުޖެހި
Sports

ކެރިއާގައި ކުޅުނު 1200 ވަނަ މެޗުގައި ވެސް ރޮނާލްޑޯ ލަނޑުޖެހި

ރޮނާލްޑޯގެ ކެރިއާގައި ކުޅުނު 1200 ވަނަ މެޗުގައި ވެސް އޭނާ ލަނޑުޖަހައިފިއެވެ. ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި އައް ރިޔާދު ބައްދަލުކޮށް 4-1 ގެ ނަތީޖާއިން ނަސްރު މޮޅުވި މެޗަކީ ރޮނާލްޑޯގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއާގައި އޭނާ ކުޅުނު 1200 ވަނަ މެޗެވެ. އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް މިވަގުތު އޮތީ އިންގްލެންޑްގެ ކުރީގެ ގޯލް ކީޕަރ ޕީޓާ ޝިލްޓަން އަތުގައެވެ. އޭނާ ވަނީ 1387 މެޗު ކުޅެފައެވެ. ރޭ މެޗުގައި ރޮނާލްޑޯ […]

ނަޕޯލީ ބަލިކޮށް ޔުވެންޓަސް އެއްވަނައަށް
Sports

ނަޕޯލީ ބަލިކޮށް ޔުވެންޓަސް އެއްވަނައަށް

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އާއި ނަޕޯލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސް އިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި ޔުވެންޓަސް އޮތީ ކުޅުނު 15 މެޗުން ލިބުނު 36 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް އިންޓަ މިލާނަށް 14 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، މިރޭ އިންޓަ މިލާނާއި އުދިނޭޒީ ބައްދަލުކުރާ މެޗު ކާމިޔާބު […]

ވެސްޓްހޭމް އަތުން ވެސް ޓޮޓެންހަމް ބަލިވެއްޖެ
Sports

ވެސްޓްހޭމް އަތުން ވެސް ޓޮޓެންހަމް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްއާއި ވެސްޓްހޭމް ބައްދަލުކުރި މެޗު ފަހަތުން އަރައި ވެސްޓްހޭމުން ކާމިޔާބު ކޮށްފިއެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ޓޮޓެންހަމުން ލީޑުނެގި ނަމަވެސް ވެސްޓްހޭމުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައި (2-1) މެޗުން މޮޅުވެފައެވެ. މި ސީޒަންގެ ފުރަތަމަ ކޮޅު ޓޮޓެންހަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. މެޗަކަށްފަހު މެޗެއް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އޮތެވެ. ނަމަވެސް މިހާރު އެ ޓީމްގެ […]

ބާރަށު އޮފީސްތަކުގެ ދެވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ބާރަށު އޮފީސްތަކުގެ ދެވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ އޮފީސްތަކުގެ ދެވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދަން ރާވާފައި ވަނީ އަންހެން ބަޔާއި ފިރިހެންބައި ހިމެނޭހެންނެވެ. ކޮންމެ އޮފީހަކުން އަންހެން އަދި ފިރިހެން ޓީމް ބައިވެރި ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ އޮފީސްތަކުން އެކަމަށް ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ […]