ބެލިންހަމްގެ މޮޅު ކުޅުމާއިއެކު ރެއާލުން ނަޕޯލީ ބަލިކޮށްފި
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރ ޖޫޑް ބެލިންހަމްގެ މޮޅު ކުޅުމާއިއެކު ރެއާލް މެޑްރިޑުން ނަޕޯލީ ބަލިކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 4-2 ގެ ނަތީޖާއިންނެވެ. މި މެޗަށް ނުކުތްއިރު ރެއާލް އޮތީ ދެވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. ނަމަވެސް ކޯޗް އަންޗެލޮޓީ ވަނީ މި މެޗުގެ ފުރަތަމަ އެގާރާގައި ވެސް ވަރުގަދަ ޓީމެއް ނެރެފައެވެ. ބަލާހިތްވާ ކަހަލަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި […]