އެންޑީއެމްއޭ އިން އެމްއެންޑީއެފަށް ޞިއްޙީ ސާމާނު ހަދިޔާކޮށްފި
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ޞިއްޙީ ސާމާނު ހަދިޔާކޮށްފިއެވެ. މިކަމަށް ޓަކައި މިއަދު ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި އެންޑީއެމްއޭގެ ފަރާތުން އެމްއެންޑީއެފަށް ޞިއްޙީ ސާމާނު ހަދިޔާކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް، އާއިޝަތު ޞަފޫރާއެވެ. އަދި އެމްއެންޑީއެފުގެ ފަރާތުން މި ސާމާނާ ހަވާލުވެލެއްވީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ސަރޖަން ޖެނެރަލް، ބްރިގޭޑިއަރ ޖ...