މިނިސްޓަރުކަމުން ރަމީޒް ވަކިކޮށްފި
ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް، މިއަދު މަޤާމުން ވަކިކުރައްވައިފިކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާތަކަށް ކަށަވަރުކޮށްދެއްވައިފިއެވެ. ރަމީޒް މަޤާމުން ވަކިކުރެއްވީ، އޭނާއާ ގުޅުންހުރި މައްސަލައެއް ތަޙުޤީޤުކުރެވެމުންދާތީ، މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ސަސްޕެންޑް ކުރެއްވުމަށްފަހުގައެވެ. ރަމީޒާއެކު، އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ކުރިން ތިމާވެށްޓާބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް ވެސް ސަސްޕެންޑް ކުރެވުނެވެ. ޝަމްނާޒް ސަސްޕެ...