ހދ. ކުޅުދުއްފުށި ސިޓީ ގައި ހުންނަ ޖަލާލުއްދީން ސުކޫލުގެ ކޮންމެ މުދައްރިސަކަށް އަމިއްލަ ކެބިނެއް ހަމަޖައްސައި ސްޓާފްރޫމް ތަރައްޤީކޮށްލައިފި އެވެ.

އެސުކޫލުން މީސްމީޑިޔާގައި އައު ސްޓާފއރޫމްގެ ފޮޓޯތައް ހިއްސާކުރަމުން ބުނެފައިވަނީ، ކުރީގެ ސްޓާފްރޫމްގައި ޖާގައިގެ ދަތިކަން ހުރި ދުވަސްތައް މިހާރު ވަނީ ނިމުމަކަށް އައިސްފައިކަމަށާއި މި ސްޓަފްރޫމަށް ލިބުނު ތަރައްޤީއަކީ ވަރަށް މުހިންމު ކުރިއެރުމެއްކަމަށެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ މުދައްރިސުންނަށް ދަރިވަރުންގެ ސިކުނޑިތައް ބިނާކުރުމަށާއި އިލްހާމު ދިނުމަށް އެންމެ ރަނގަޅު މާޙައުލެއް ލިބިގެންދާނެކަމަށެވެ.

Ad
rt

"އަޅުގަނޑުމެންގެ ހީވާގި މުދައްރިސުންނަށް އައު ސްޓާފްރޫމެއް ލިބިއްޖެ! މިހާރު ކޮންމެ މުދައްރިސަކަށްވެސް އަމިއްލަ ކެބިނެއް ލިބިފައިވޭ. މިއީ ފިލާވަޅުތައް ރޭވުމަށާއި ބޭނުންވާ ހުސްވަގުތު ހޭދަކުރުމަށް ތަނަވަސް އަދި ފަސޭހަ މާޙައުލެއް."
އެސުކޫލްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ.

މި ބަދަލު ގެނައުމަށް އެހީތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަަމަށާއި ތިޔަ ބޭފުޅުން ސްކޫލްގެ މުޖުތަމަޢުއަށް ދެއްވާ އެހީތެރިކަން ވަރަށް ބޮޑަށް އަގުވަޒަންކުރާކަމަށްވެސް ބުނެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ސުކޫލްގެ ސްޓާފްރޫމް ތަރައްޤީ ކޮށްފައިވަނީ، ބެސްޓް ބަޑީއިން މިފަހުން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ތަފާތު ކޮލިޓީ ރަނގަޅު އޮފީސް ފަރުނީޗަރުންނެވެ.

ބެސްޓް ބަޑީން ވަނީ ތަފާތު ހެޔޮ އަގެއްގައި ކޮލިޓީ އޮފީސް މޭޒާއި ކޮންފަރެންސް ޓޭބަލްގެ އިތުރުން ތަފާތު އެކި ޑިޒައިންތަކުގެ އޮފީސް ވޯކްސްޓޭޝަން ބޭނުންވާ ކުލައަކުން، ބޭނުންވާ ސައިޒަކަށް ކަސްޓަމައިޒްކޮށް ތައްޔާރުކޮށް ރާއްޖޭގެ ސުކޫލް ތަކާއި އޮފީސްތަކަށް ގެނެސްދެމުން ނެވެ.

މިހާރު ރާއްޖޭގެ އެކި ކައުންސިލްތަކާއި ސްކޫލްތަކުގެ އިތުރުން އޮފީސްތަކަށްވެސް މި ފަރުނީޗަރު ސަޕްލައި ކުރެވިފައިވާ ކަމަށް ބެސްޓް ބަޑީއިން މަޢުލޫމާތު ދީފައިވެއެވެ. އަދި ޕްރީ އޯޑަރ ކުރެއްވުމުން މޮޑަން ކޮމާޝަލް އޮފީސް ފަރުނީޗަރު ގެނެސްދެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އޯޑަރ ކުރެއްވުމަށް 9417856 ނަންބަރު ފޯނަށް ގުޅުއްވުމަށް އެދިފައިވެއެވެ.