ދިވެހިރާއްޖޭގެ ބާ ކައުންސިލުން ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދަން އަލުން އިޢުލާނު ކޮށްފި އެވެ.
މިއީ މި މަހުގެ 5 ވަނަ ދުވަހު ކުރި އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ނުލިބުމާ ގުޅިގެން ކުރެވުނު އިޢުލާނެކެވެ.
މި މަޤާމަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ހަމަޖެހިފައިވާ މަޤާމެކެވެ. މުސާރައިގެ ގޮތުގައި މަހަކު 40,500 ރުފިޔާ ކަނޑައަޅާފައިވާއިރު، މީގެ އިތުރުން މަސައްކަތާ ގުޅޭ އެލަވަންސްތަކާއި، ރޯދަ މަހުގެ އެލަވަންސް، އަދި ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެ ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބާ ކައުންސިލުގެ އެންމެހައި އިދާރީ މަސްއޫލިއްޔަތުތައް އަދާކުރުމާއި، ދުވަހުން ދުވަހަށް ހިންގަންޖެހޭ ކަންތައްތައް ބެލެހެއްޓުން ހިމެނެއެވެ.
މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި:
• ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން
• ޤާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން 7 އަހަރުގެ ތަޖުރިބާ ލިބިފައިވުން
• ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދا މައްސަލައެއް ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިނުވުން
• ބަނގުރޫޓުވެފައިވާ މީހަކު ކަމުގައި ނުވުން
• ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
ކުރިން މި މަޤާމަށް ކުރެވުނު އިޢުލާނާ ގުޅިގެން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެ ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މި އިޢުލާނުގެ މުއްދަތު ހަމަވާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!