މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,667 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

އިޒްރޭލުން ގާޒާގެ ސްކޫލަކަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
Raajje

އިޒްރޭލުން ގާޒާގެ ސްކޫލަކަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އަނިޔާވެރި އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ދާރުލް އަރްޤަމް ސްކޫލަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހަމަލާގައި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން މަރުވެ އެތަކެއް ބަޔަކު ޒަޚަމްވެފައިވެއެވެ. މީގެ އިތުރުން، ސަޢޫދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖުން ގާޒާގައި ހިންގާ ބޭސްފަރުފަރުވާއަށް ބޭނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް އިޒްރޭލުން ދިން ހަމަލާވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށް...

އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އަލުން ގުޅުން: ނަޝީދު
Raajje

އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އަލުން ގުޅުން: ނަޝީދު

އެންމެ ރަނގަޅު ގޮތަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާ ދަ ޑިމޮކްރެޓްސް އަލުން ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މީސްމީޑިއާގަައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ނަޝީދު ވިދާޅުވީ ރާއްޖެއާ އެމްޑީޕީއަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ގުޅުން ކަމަށެވެ. އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް ނަޝީދު މިފަދައިން ޕޯސްޓެއް މި ކުރެއްވިއިރު ކުރިއަށް އޮތް ރިޔާސީ […]

ރާއްޖެއިން ފުރަން އުޅުނު ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ
Raajje

ރާއްޖެއިން ފުރަން އުޅުނު ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ރޭ ފުރަން ދިޔަ ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ އެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ، ޓޫރިސްޓު ވިސާގައި ރާއްޖެ އައުމަށްފަހު ފުރަން އުޅުނު ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިގެން އެ ހިދުމަތުން ތަހުގީގުކުރަމުންދާ ކަމަށާއި އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެ މީހާ އަކީ ކޮން ގައުމެއްގެ މީހެއްކަމެއް ފުލުހުން ހާމަކޮށ...

އދ.ގެ އަންހެނުންގެ ކޮމިޝަނަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ
International

އދ.ގެ އަންހެނުންގެ ކޮމިޝަނަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ

އެކުވެރި ދައުލަތްތައް (އ.ދ) ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ދަށުން އުފައްދާފައި އޮންނަ، ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިޔޫ) އަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ. އދ. ގައި ހުންނަ ރާއްޖޭގެ މިޝަން އިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެ އިންތިހާބުވެފައިވަނީ ކޮމިޝަންގެ 2026 އިން ފެށިގެން 2030 އަށް ކުރިއަށް ދާނެ ދައުރަށެވެ. އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، އަންހެނުންގެ ބާރުވެރިކޮށް ޖިންސުގެ ހަމަހަމަކަން ގާއިމްކުރުމަށް މި ސަރުކާރުން ގެންގުޅޭ ވަރުގަދަ ސިޔާސަތުގެ […]

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅެފި
Thiladhunmathi News

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅެފި

ކުޅުދުއްފުށި ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅެފި އެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން މިރޭ ވިދާޅުވީ ކުޅުދުއްފުށީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މިރޭ 21:12 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށާއި އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. ފުލުހުން ވިދާޅުވީ އެއީ އުމުރުން 34 އަހަރުގެ ފިރިހެނެއްކަމަށެވެ. އެ މީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭތެރޭގެ ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން...

"އުރީދޫއިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް ކުރިއަށް ގެންދާނެ: ޚާލިދު އަލް ހަމާދީ
News

"އުރީދޫއިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް ކުރިއަށް ގެންދާނެ: ޚާލިދު އަލް ހަމާދީ

ޑިޖިޓަލް ލޭންޑްސްކޭޕަށް އިންވެސްޓްކޮށް ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފި އެވެ. އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް އިންވެސްޓްކުރުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. “ކަނެކްޓިވިޓީ އިތުރަށް ހަރުދަނާކުރުމަށާއި އިނޮވޭޓިވް ޑިޖިޓަލް ސޮލިއުޝަންތައް ތައ...

ކުޑަކުދިންގެ ފިހާރަ "މޫމޫ" މަޖީދީމަގަށް ބަދަލުކޮށް ހުޅުވައިފި
Business

ކުޑަކުދިންގެ ފިހާރަ "މޫމޫ" މަޖީދީމަގަށް ބަދަލުކޮށް ހުޅުވައިފި

ކުޑަކުދިންގެ ކުޅޭ ސާމާނާއި އެހެނިހެން ބޭނުންތެރި ތަކެތި ވިއްކާ މަޝްހޫރު އޮންލައިން ފިހާރަ “މޫމޫ” ގެ އައުޓްލެޓް މަޖީދީމަގަށް ބަދަލުކޮށް ހުޅުވައިފިއެވެ. މޫމޫގެ މެނޭޖަރ ނޫޙް އިބްރާހިމް އަޝްވާޤު މި ނޫހަށް ވިދާޅުވި ގޮތުގައި، މި އައު ފިހާރަ ހުޅުވާފައިވަނީ މަޖީދީމަގުގައި ހުންނަ ސީކްރެޓް ރެސިޕީ ކުރިމަތީގައި، ވޭލާ ފޮތި ފިހާރައާއި ޖެހިގެން ކަމަށެވެ. “މޫމޫ” އިން ފޯރުކޮށްދޭ ތަކެތީގެ ތެރޭގައި އެކި އުމުރުފުރާގެ ކުޑަކުދިންނަށް އަމާޒުކޮށްފައިވާ މުނިފޫހިފިލުވުމުގެ ސާމާނާއި ކުޅޭ ތަކެތީގެ ގިނަ ވައްތަރުތަކެއް ހިމެނ...

މެޒޯ މޯޑު ނިޔާވެއްޖެ
Raajje

މެޒޯ މޯޑު ނިޔާވެއްޖެ

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑު) މިއަދު ނިޔާވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި މެޒޯ މޯޑު ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުން ދަނިކޮށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މެޒޯ މޯޑު ނިޔާވީ ޓް އެޓޭކެއް ޖެހިގެން ޞިއްޙީ ހާލަތު ގޯސްވެ، އައިޖީއެމްއެޗްގެ އިމަޖެންސީ ޑިޕާޓްމަންޓްގައި ފަރުވާ ދެމުން ދަނިކޮށެވެ. ނިޔާވި އިރު މެޒޯ މޯޑުގެ އުމުރަކީ 60 އަހަރެވެ. މެޒޯ މޯޑަކީ ރާއްޖޭގެ މިއުޒިކް ދާއިރާއަށް ޚިދުމަތްތަކެއް […]

ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމުން އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ: އަތޮޅު ކައުންސިލް
Thiladhunmathi News

ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމުން އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ: އަތޮޅު ކައުންސިލް

ހދ.ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަކީ އަތޮޅު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނޭ ނިންމުމެއް ކަމުގައި އެ އަތޮޅު ކައުންސިލުން ބުނެފިއެވެ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ އިއްޔެ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ. ސަރުކާރުގެ މި ނިންމުމާއި ގުޅިގެން މިއަދު ހދ.އަތޮޅު ކައުންސިލުން ނ...

ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލާން ދަސްކޮށްދޭ ސެޝަނެއް!
Raajje

ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލާން ދަސްކޮށްދޭ ސެޝަނެއް!

ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫތަކާ ކުރިމަތިލާއިރު ވަރުގަދަކޮށް ދެމިތިބުމުގެ ހުނަރު ދަސްކޮށްދިނުމަށް “ދަ ކޯޗިން ކޯ” އިން މި އަންނަ މަހު ބާއްވާ ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. “ކޮންސިސްޓެންސީ ތްރޫ ރެސިލިއެންސް: ސްޓޭއިންގް ސްޓްރޯންގް އިން ދަ ފޭސް އޮފް އެޑްވާސިޓީ” ގެ ނަމުގައި ކުރިއަށްގެންދާ މި ސެޝަން އަމާޒުކޮށްފައިވަނީ 10 ބައިވެރިންނަށެވެ. ސެޝަން ކުރިއަށްދާނީ މި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ރޭ 20:00 އިން 22:00 އަށެވެ. މި ސެޝަން ނަގައިދެއްވާނީ […]

ފައިސަލްގެ ބަސް: ރައީސް އަށް ޝުކުރު، ސަރުކާރަށް ތަޢުރީފު!
Raajje

ފައިސަލްގެ ބަސް: ރައީސް އަށް ޝުކުރު، ސަރުކާރަށް ތަޢުރީފު!

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ދާދިފަހުން ވަކިކުރެއްވި އިބްރާހިމް ފައިސަލް، ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ރައީސް އަށް ޝުކުރު އަދާކުރައްވާ، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފި އެވެ. ފޭސްބުކްގައި މިއަދު ކުރެއްވި ދިގު ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އުފެދި، ވަޒީރުންގެ މަޖިލީހުގައި ހިމަނުއްވައި މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ޚިދުމަތް ކުރަން ފުރުސަތު ދެއް...

ސުވީޑަންގައި ޤުރުއާން އަންދަމުންދިޔަ އިރާގު މީހާ ގަޔަށް ބަޑިޖަހައި މަރާލައިފި
International

ސުވީޑަންގައި ޤުރުއާން އަންދަމުންދިޔަ އިރާގު މީހާ ގަޔަށް ބަޑިޖަހައި މަރާލައިފި

ސުވީޑަންގެ އާންމު ތަންތަނުގައި ޤުރުއާން އަންދަމުން އައި އިރާގުގެ ރެފިއުޖީއެއް ކަމަށްވާ ސަލްވާން މޮމިކާ (38 އަހަރު) ގަޔަށް ބަޑިޖަހައި މަރާލައިފިކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. އޭނާ މަރާލާފައިވަނީ، ސުވީޑަންގެ ސޯދަރްތާލްޖޭ ސަރަހައްދުގައި އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓެއްގައި ކަމަށް މަޢުލޫމާތު ދީފައިވެއެވެ. ބައެއް ފަރާތްތަކުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުން އޭނާ މަރާލާފައިވަނީ ޓިކްޓޮކް ލައިވްއެއްގައެވެ. މޮމިކާ މަރާލާފައިވަނީ، އޭނާ ޤުރުއާން އަންދާލުމާ ގުޅިގެން ކުރިއަށްދިޔަ ޝަރީއަތު...

ލޯންޗު އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލައިގައި ދަޢުވާކުރަނީ
Raajje

ލޯންޗު އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލައިގައި ދަޢުވާކުރަނީ

ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލަ ތަޙުޤީޤުކޮށް ނިންމައި، ދެ މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދީފިއެވެ. މި މައްސަލައިގައި ދަޢުވާ ކުރުމަށް ފޮނުވާފައިވާ ދެ މީހުންނަކީ ކ. ކާށިދޫ / ހީނާވިލާ، ޔާނިސް ޙަމީދު (35އ) އާއި ހދ. ނޮޅިވަރަމް / ގްރީންހައުސް، މުޙައްމަދު ޖަމީލް (43އ) އެވެ. މި ދެ މީހުންނަކީ އެކްސިޑެންޓް ހިނގި ވަގުތު […]

ސްޓެލްކޯ މުވައްޒަފުންގެ ހުނަރު ފެންނަމުންދާ ތުލުސްދޫގެ މެކޭނިކަލް ޓްރެއިނިންގ ސެންޓަރު
Business

ސްޓެލްކޯ މުވައްޒަފުންގެ ހުނަރު ފެންނަމުންދާ ތުލުސްދޫގެ މެކޭނިކަލް ޓްރެއިނިންގ ސެންޓަރު

ކ. ތުލުސްދޫގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިމާރާތްކުރަމުންދާ މެކޭނިކަލް ޓްރެއިނިންގ ސެންޓަރަކީ އެ ކުންފުނީގެ މުވައްޒަފުންގެ ހުނަރު ފެނިގެންދާ އިމާރާތެއްކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ. މިދިޔަ އަހަރުގެ ޖޫން މަހު އަޅަން ފެށި މި އިމާރާތަކީ ސްޓެލްކޯގެ މުވައްޒަފުން އަމިއްލައަށް ފަރުމާކޮށް އިމާރާތްކުރަމުންދާ މަޝްރޫޢެއްކަން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވިއެވެ. މި މަޝްރޫޢު ހަގީގަތަކަށް ހެދުމަށް ކުންފުނީގެ މުވައްޒަފު...

މުސްލިމުން، ފަލަސްޠީނުގެ ރައްޔިތުންނާ މެދު އަދާކުރާން ޖެހޭ އަޚްލާޤީ ވާޖިބުތަކެއް ވޭ: ޚުޠުބާ
Religion

މުސްލިމުން، ފަލަސްޠީނުގެ ރައްޔިތުންނާ މެދު އަދާކުރާން ޖެހޭ އަޚްލާޤީ ވާޖިބުތަކެއް ވޭ: ޚުޠުބާ

މުސްލިމުންގެ ހައިސިއްޔަތުން ފަލަސްޠީނުގެ ރައްޔިތުންނާ މެދު އަދާކުރަންޖެހޭ އަޚްލާޤީ ވާޖިބުތަކެއް ވާކަމަށް މިއަދުގެ ޚުޠުބާގައި ފާހަގަކޮށްފި އެވެ. ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމާއި، އެ ޤައުމުގެ ރައްޔިތުންނަށް ޓަކައި ހެޔޮ ދުޢާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް މުސްލިމުން އެންމެން އަތުގުޅައިލަންޖެހެއެވެ. ޚުޠުބާގައި އިތުރަށް ފާހަގަކުރި ގޮތުގައި، މާތް ﷲ އަށް ޓަކައި ހޭދަކުރެވޭ އެއްޗަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ. އަދި ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނަށް...