ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ރޭ ފުރަން ދިޔަ ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ އެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ، ޓޫރިސްޓު ވިސާގައި ރާއްޖެ އައުމަށްފަހު ފުރަން އުޅުނު ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިގެން އެ ހިދުމަތުން ތަހުގީގުކުރަމުންދާ ކަމަށާއި އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

Ad
rt

އެ މީހާ އަކީ ކޮން ގައުމެއްގެ މީހެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، އެއީ، ސައުތު އެފްރިކާ މީހެެކެވެ.

އެމިރޭޓްސް EK653 ފްލައިޓުގައި ދުބާއީއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ އެމީހާގެ ގެ އަތުން 14 ވަޒަން ފެނިފައިވެއެވެ.

2021 ވަނަ އަހަރު ވެސް ރާއްޖެއިން ފުރަން ދިޔަ ނެމީބިއާ ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނުނެވެ. އެއިރު އޭނާ ހައްޔަރު ކުރުމަށްފަހު ފަހުން ޑީޕޯޓްކޮށްލީ އެވެ.