މަހުގެ އުފެއްދުންތަކުން ކުދި ވިޔަފާރި ފަށަން ކެލާގައި ޚާއްސަ ތަމްރީނެއް
ހއ. ކެލާގައި އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމާ ގުޅޭ ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލައިފިއެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 17 އިން 21 އޮކްޓޯބަރަށެވެ. ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން ބުނީ، އެ ވުޒާރާއިން ކެލާގައި ހިންގި މި ތަމްރީނުގައި ޖުމްލަ 13 މީހަކު ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ. މިއީ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ރާއްޖޭގެ އެކި ރަށްރަށ...