މަކުނުދޫ އަންހެނުންގެ ކޮމެޓީން އެރަށު ޕްރީސްކޫލްގައި ރީޑިންގް ކޯނާރއެއް ތަރައްގީކޮށްދީފި
ހދ. މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން އެރަށު ނާރެސް ޕްރީސްކޫލްގައި ރީޑިންގް ކޯނާރއެއް ތަރައްގީކޮށްދީފިއެވެ. މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނިގޮތުގައި އެ ކޮމިޓީއިން ނާރެސް ޕްރީ ސްކޫލްގައި ތަރައްޤީ ކޮށްދިން ރީޑިންގް ކޯނާރގެ މަސައްކަތް ނިންމައި، އެތަން ވަނީ ރަސްމީކޮށް ސްކޫލާއި ހަވާލުކޮށްފައެވެ. މިތަނަކީ ތުއްތު ކުދިންގެ ތަޢުލީމު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ތުއްތު ކުދިންގެ ޝައުޤުވެރިކަން ފޮތަށް އިތުރުކުރުމުގެ މަޤުސަދުގަ...