ކުޅުދުއްފުށީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯހެއް ފަށައިފި
ކުޅުދުއްފުށީ ސިޓީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯހެއް ހޮނިހިރު ދުވަހު ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ކޯހަކީ އެ ކައުންސިލާއި، އަބުޑީ މޯލްޑިވްސް ގުޅިގެން އެޓްމޯސްފިއަރ ފައުންޑޭޝަންގެ އެހީތެރިކަމާއިއެކު ކުރިއަށްގެންދާ ކޯހެކެވެ. މި ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެމްބަރު އާމިނަތު މަޖީދާއެވެ. މި ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ޕަންޗް ނީޑްލިން ކިޓްތައް ހަވާލުކޮށްފައިވެއެވެ. އަންހެން ބޭފުޅުންނަށް ޚާ...