''އާ ޓާމިނަލް މަސައްކަތް ތިން ރައީސެއްގެ ވެރިކަމުގައި ކުރެވުނު، އެއިން ކޮންމެ ރައީސަކަށް ވެސް ކްރެޑިޓް ދޭންޖެހޭނެ''
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތްތައް ތިން ރައީސެއްގެ ވެރިކަމުގައި ކުރެވިފައިވާތީ، އެއިން ކޮންމެ ރައީސަކަށް ވެސް އެކަމުގެ ޑިއު ކްރެޑިޓް ދޭންޖެހޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. އާ ޓާމިނަލްގެ ކްރެޑިޓް ދޭންވީ ކޮން ރައީސަކަށްތޯ ދެކެވޭ ވާހަކަތަކާއި ގުޅިގެން ޕްރެޒެންޓަރ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅ...