މިނިވަންދުވަހާއި ގުޅުވައިގެން ހަނިމާދޫ ކައުންސިލުން އެރަށުގައި އަވެލި މޮޑުމުގެ ހަރަކާތެއް
މިއަހަރުގެ މިނިވަންދުވަހާއި ގުޅުވައިގެން ހދ. ހަނިމާދޫ ކައުންސިލުން އެރަށުގައި އަވެލި މޮޑުމުގެ ހަރަކާތެއް ބާއްވަން ނިންމައި، އެހަރަކާތް އިންތިޒާމްކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފިއެވެ. މި ހަރަކާތް ހިންގުމަށް ހަނިމާދޫ ކައުންސިލުން ބީލަމަށް ހުޅުވާލައިކޮށްފައިވާ ޢިއުލާންގައި ބުނީ، މިނިވަންދުވަހާއި ގުޅިގެން އެ ކައުންސިލުން ހަނިމާދޫ ރައްޔިތުންނަށް ބޭއްވުމަށް ނިންމާފައިވާ އަވެލި މޮޑުމުގެ ޙަރަކާތް އިންތިޒާމްކޮށް، މިހަރަކާތަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެ...