މެމްބަރު ކޮންމެ އެސޯސިއޭޝަނަކަށް 25 މިލިއަން ޑޮލަރު: ފީފާގެ 6.3 ބިލިއަން ޑޮލަރުގެ ބޮޑު ޕްލޭނެއް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ތަރައްގީ ކުރުމަށްޓަކައި 2027 އިން 2030 އަށް 6.35 ބިލިއަން ޑޮލަރުގެ ފަންޑެއް ހަމަޖެއްސުމަށާއި، މެންބަރު ކޮންމެ އެސޯސިއޭޝަނަކަށް 25 މިލިއަން ޑޮލަރު ދިނުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ހުށަހަޅަން ނިންމައިފިއެވެ. ފީފާގެ ރަސްމީ ލިޔުމަކާއި ހަވާލާދީ ބައިނަލްއަގްވާމީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، މި ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، 48 ޓީމު ވާދަކުރާ ވޯލްޑް ކަޕުން ލިބުނު މާލީ ކާމިޔާބީގެ ބޭނުން ހިފައި، ފީފާގެ މެންބަރު 211 […]