Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,447 Stories
2,621 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ދިއްދޫ، ކުޅުދުއްފުށި، ކޮމަންޑޫ ހިމެނޭހެން 11 ރަށެއްގައި އައިސްޕްލާންޓު އަޅަން ހަވާލުކޮށްފި
Raajje

ދިއްދޫ، ކުޅުދުއްފުށި، ކޮމަންޑޫ ހިމެނޭހެން 11 ރަށެއްގައި އައިސްޕްލާންޓު އަޅަން ހަވާލުކޮށްފި

ރާއްޖޭގެ 11 ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓުތަކެއް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސް.ޑީ.އެން ބީ.އެޗް.ޑީ ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށެއްގައިވެސް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓްތަކެކެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު މާގިރި ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މަސްވެރިކަމާއި ދަނޑުވެރިކަމ...

ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބާރަށު މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބާރަށު މީހަކު ހައްޔަރުކޮށްފި

މާލެއިން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މަހުގެ 18 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހއ. ބާރަށް، ކާރނޭޝަންވިއު، އުމުރުން 35 އަހަރުގެ އިބްރާހީމް ކަލީމެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ ބޯޓަކުން މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް...

ފަރެސްމާތޮޑާ ގެއެއްގެ އޭސީގައި ރޯވެ އަލިފާނުގެ ހާދިސާއެއް، މީހަކަށް އަނިޔާވި
Raajje

ފަރެސްމާތޮޑާ ގެއެއްގެ އޭސީގައި ރޯވެ އަލިފާނުގެ ހާދިސާއެއް، މީހަކަށް އަނިޔާވި

ގދ. ފަރެސްމާތޮޑާގެ ގެއެއްގެ ކޮޓަރިއެއްގައި ހުރި އޭސީއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، ފަރެސްމާތޮޑާގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 އޮކްޓޫބަރު 19 ވަނަ ދުވަހުގެ ފަތިހު 04:15 އެހައިކަންހާއިރުއެވެ. މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަގުތުން އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފެށިއެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވަނީ ފަޔަރ އެންޑް ރެސްކިއު ސަރވިސް އަދި އެ ރަށު ކައުންސިލާ...

ކަނޑިތީމުން ގޯތި ދޫކުރާ އުސޫލު އާންމުކޮށް ރައްޔިތުންގެ ޚިޔާލަށް ހުޅުވާލައިފި
Thiladhunmathi News

ކަނޑިތީމުން ގޯތި ދޫކުރާ އުސޫލު އާންމުކޮށް ރައްޔިތުންގެ ޚިޔާލަށް ހުޅުވާލައިފި

ށ. ކަނޑިތީމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އެ ރަށު ކައުންސިލުން އެކުލަވާލި އުސޫލުގެ ޑްރާފްޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. ކަނޑިތީމު ކައުންސިލުން ބުނި ގޮތުގައި، މި އުސޫލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރަސްމީ ގަޑީގެ ނިޔަލަށް ވަނީ ހަމަޖައްސާފައެވެ. އަދި ރައްޔިތުންގެ ހިޔާލާއި އިސްލާހުތައް ހުށަހެޅޭނީ އެކަމަށް ހާއްސަކޮށްފައިވާ ގޫގްލް ފޯމު މެދުވެރިކޮށެވެ. ކައުންސިލުން އާންމުކުރި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިރިއުޅ...

ލޯނުގެ އިކުއިޓީ ސަރުކާރުން ހިލޭ ދޭ ސްކީމް: މިއަހަރު 1،500 މީހުންނަށް ފުރުސަތު، އަންނަ އަހަރު އިތުރުވާނެ
Business

ލޯނުގެ އިކުއިޓީ ސަރުކާރުން ހިލޭ ދޭ ސްކީމް: މިއަހަރު 1،500 މީހުންނަށް ފުރުސަތު، އަންނަ އަހަރު އިތުރުވާނެ

އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި “ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް”ގެ ދަށުން ކުރިއަށްގެންދާ އިކުއިޓީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސްކީމަށް އެދުމުގެ ފުރުސަތު މިއަހަރު ހުޅުވާލައި، 1،500 އެއްހާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ “ހެލްޕް ޓު ބިލްޑް” އަދި “ހެލްޕް ޓު ބައި” ސްކީމް...

ހިނގަމުންދާ 1،273 މަޝްރޫޢަށް ވަގުތުން ފައިސާ އަދާކުރެވޭނެ: ޒަރީރު
Raajje

ހިނގަމުންދާ 1،273 މަޝްރޫޢަށް ވަގުތުން ފައިސާ އަދާކުރެވޭނެ: ޒަރީރު

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ކުރިއަށްދާ 1،273 މަޝްރޫޢަށް ވަގުތުން ފައިސާ އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިރޭ ކުރިއަށްގެންދިޔަ ”އަހާ” ފޯރަމްގައި، ނ. ވެލިދޫގެ ރައްޔިތަކު ވަނީ އެ ރަށުގައި ފަށާފައި ހުރި މަޝްރޫޢުތައް ހުއްޓިފައިވާ ސަބަބާ ގުޅޭގޮތުން ވަޒީރާ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޒަރީރު ވިދާޅުވީ، ރަށްރަށުގައި މަޝްރޫޢުތައް ކުރިއަށްދާ ގޮތް އެ މަޝްރޫޢުތަކާ ގުޅުންހުރި...

"ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި": ގެދޮރުވެރިކަމުގެ އިކުއިޓީ ދައްކަން ސަރުކާރުން ބޮޑު ލުޔެއް
Business

"ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި": ގެދޮރުވެރިކަމުގެ އިކުއިޓީ ދައްކަން ސަރުކާރުން ބޮޑު ލުޔެއް

އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި “ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް”ގެ ދަށުން، އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ “ހެލްޕް ޓު ބިލްޑް” އަދި “ހެލްޕް ޓު ބައި” ސްކީމްތައް ތަންފީޒުކުރުމަށް މާލީ 4 އިދާރާއަކާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީޢާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި މަޝްރޫޢުގެ ދަށުން އެއްބަސްވުންތައް އެކުލަވާލާފައިވަނީ ބޭންކް އޮފް މޯލްޑި...

ރާއްޖެ-ޕާކިސްތާން ގުޅުމަށް 60 އަހަރު: ރައީސްގެ ޕާކިސްތާނު ދަތުރުފުޅު މިމަހުގެ 20 ގައި
Raajje

ރާއްޖެ-ޕާކިސްތާން ގުޅުމަށް 60 އަހަރު: ރައީސްގެ ޕާކިސްތާނު ދަތުރުފުޅު މިމަހުގެ 20 ގައި

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާކަމަށް ދިވެހި ސަރުކާރުން ރަސްމީކޮށް މިއަދު ޢިއުލާންކޮށްފިއެވެ. ތިން ދުވަހުގެ މި ރަސްމީ ދަތުރުފުޅު ރައީސް އޮފީހުން ކަށަވަރުކޮށްދީފައިވާއިރު، ޕާކިސްތާނުގެ ނޫސްތަކުން ވެސް ވަނީ މި ދަތުރުފުޅުގެ މަޢުލޫމާތު ރިޕޯޓްކޮށްފައެވެ. މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާ...

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުން ހުވާކޮށްފި
Raajje

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުން ހުވާކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން، އެ ޚިދުމަތުގެ ހުވާކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިއަދު 133 ފުލުހަކު ހުވާކޮށްފިއެވެ. އިސްކަންދަރު ބިލްޑިންގުގައި މިއަދު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒް މުޙައްމަދު ނިޝާތުއެވެ. ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، މި ރަސްމިއްޔާތުގައި ހުވާކުރި 133 ފުލުހުންގެ ތެރޭގައި ސްޕެޝަލް ކޮންސްޓެބުލަރީގެ 64 ފުލުހުން ވެސް ހިމެނެއެވެ. މި ރަސްމިއްޔާތުގެ ތ...

ފިނޭ ކައުންސިލް ޤުރްއާން މުބާރާތް 2026ގެ މަތީ ވަނަތައް އީލާފް، މިޝްކާ އަދި އައިރާ އަށް
Thiladhunmathi News

ފިނޭ ކައުންސިލް ޤުރްއާން މުބާރާތް 2026ގެ މަތީ ވަނަތައް އީލާފް، މިޝްކާ އަދި އައިރާ އަށް

ހދ. ފިނޭ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ”ފިނޭ ކައުންސިލް ޤުރްއާން މުބާރާތް 2026” ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ. މި މުބާރާތުގައި މުޅި މުބާރާތުން 1 ވަނަ ހޯދާފައި ވަނީ އީލާފް ޢަބުދުﷲ ޒިޢުނާދު އެވެ. 2 ވަނަ މަރިޔަމް މިޝްކާ މުހައްމަދު ހޯދިއިރު 3 ވަނަ ހޯދީ ޢާއިޝަތު އައިރާ ޙަސަން ރަޝީދެވެ. ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކިޔެވުން ހިމެނޭހެން ކުރިއަށް ގެންދިޔަ މި މުބާރާތުހެ ބަލައިގެން ކިޔެވުމުގެ ގޮފިން ކީސް ސްޓޭޖް 1 […]

ދިހަ އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް، 12 އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރުވެއްޖެ
Raajje

ދިހަ އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް، 12 އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރުވެއްޖެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. ”ދަ ނޭޝަންސް ޕާކިސްތާން” އާއި ”ދަ ނިއު ޕާކިސްތާން” ފަދަ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މިއީ ވޭތުވެދިޔަ 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ރާއްޖޭގެ ދައުލަތުގެ އެންމެ އިސްވެރިޔަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން […]

ބަލިމަޑުކަމަށް ތައްޔާރުވުމާ ގުޅޭ ޑަބްލިއުއެޗްއޯގެ މަތީ ފަންތީގެ ބައްދަލުވުން ރާއްޖޭގައި ފަށައިފި
Raajje

ބަލިމަޑުކަމަށް ތައްޔާރުވުމާ ގުޅޭ ޑަބްލިއުއެޗްއޯގެ މަތީ ފަންތީގެ ބައްދަލުވުން ރާއްޖޭގައި ފަށައިފި

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ “ރީޖަނަލް ރިވިއު ކޮމިޓީ މީޓިންގް އޮން ޕެންޑަމިކް ޕްރިޕެއާރޑްނަސް ހެލްތު ސެކިއުރިޓީ” ބައްދަލުވުން ދިވެހިރާއްޖޭގައި ފަށައިފިއެވެ. ވެރިރަށް މާލޭގައި ފެށި މި މަތީ ފަންތީގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޮކްޓޫބަރު 18 އިން 22 ގެ ނިޔަލަށް ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމަކީ ބައިނަލްއަގުވާމީ 42 މަންދޫބުންނާއި، ސަރަހައްދީ ސިއްހީ ދާއިރާގެ އިސް...

ޕެންޝަން ފަންޑު 60 ބިލިއަނަށް އިތުރުކޮށް، ނުދައްކާ ހުރި 100 މިލިއަން ހޯދަން އެއް އަހަރުގެ އަމާޒެއް!
Business

ޕެންޝަން ފަންޑު 60 ބިލިއަނަށް އިތުރުކޮށް، ނުދައްކާ ހުރި 100 މިލިއަން ހޯދަން އެއް އަހަރުގެ އަމާޒެއް!

ޕެންޝަން ފައިސާގެ ގޮތުގައި ދައްކަން ޖެހި ނުދައްކާ ހުރި 100 މިލިއަން ރުފިޔާ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޕެންޝަން ފަންޑު 60 ބިލިއަން ރުފިޔާއަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުހައްމަދު ވިދާޅުވެއްޖެއެވެ. ޔަޒްމީދު މިހެން ވިދާޅުވީ ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ހދ. ހަނިމާދޫގައި ކުރިއަށްގެންދިޔަ “ތްރީ ޖެނެރޭޝަން ވޯކް” (3ޖެން ވޯކް) […]

ރަސްދޫގައި ހިންގި ބޮޑު ޑްރަގް އޮޕަރޭޝަނެއްގައި 10 ގެއެއް ފާސްކޮށް 9 މީހުން ހައްޔަރުކޮށްފި
Raajje

ރަސްދޫގައި ހިންގި ބޮޑު ޑްރަގް އޮޕަރޭޝަނެއްގައި 10 ގެއެއް ފާސްކޮށް 9 މީހުން ހައްޔަރުކޮށްފި

އއ. ރަސްދޫގައި މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 10 ގެއެއް ބަލައިފާސްކޮށް، ނުވަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން މި މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ރަސްދޫގެ 10 ގެއެއް ބަލައިފާސްކޮށްފައިވާއިރު، އެ […]

ދުއްތުރާތަކާ ދެކޮޅަށް ސައީދު ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރުގެ ފަހުން ނިންމާލައިފި
Raajje

ދުއްތުރާތަކާ ދެކޮޅަށް ސައީދު ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރުގެ ފަހުން ނިންމާލައިފި

ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް މީހުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރުގެ ފަހުން ނިންމާލައިފިއެވެ. ސައީދު މި ހަޅުތާލު ނިންމާލީ ކަމާބެހޭ އިދާރާތަކުން އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިނުމާ ގުޅިގެންނެވެ. ހަޅުތާލު ނިންމާލުމަށްފަހު ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ހަޅުތާލު...