ގދ. ފަރެސްމާތޮޑާގެ ގެއެއްގެ ކޮޓަރިއެއްގައި ހުރި އޭސީއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ފަރެސްމާތޮޑާގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 އޮކްޓޫބަރު 19 ވަނަ ދުވަހުގެ ފަތިހު 04:15 އެހައިކަންހާއިރުއެވެ.

Ad
rt

މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަގުތުން އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފެށިއެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވަނީ ފަޔަރ އެންޑް ރެސްކިއު ސަރވިސް އަދި އެ ރަށު ކައުންސިލާ ވެސް ގުޅިގެންނެވެ.

މި ހާދިސާގައި އެކަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ކަށަވަރުކޮށްދެއެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި އަލިފާންގަނޑު ރޯވާން މެދުވެރިވެފައިވަނީ އެ ގޭގެ ކޮޓަރިއެއްގައި ހުރި އޭސީއެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.