Skip to main content

އިބްރާހިމް އަސްވާޤް

Admin
🌐 Network-Wide Bureau
2,121 Stories
1,478 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް އަސްވާޤް

ކަންގަތި އެވޯރޑް: ތިލަދުންމަތީގެ 3 ކައުންސިލަކަށް
Thiladhunmathi News

ކަންގަތި އެވޯރޑް: ތިލަދުންމަތީގެ 3 ކައުންސިލަކަށް

ކަންގަތި އެވޯރޑް ހއ އަތޮޅު ކައުންސިލަށާއި ހއ ދެރަށެއްގެ ރަށު ކައުންސިލަށް ލިބިއްޖެ ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދެއްވަމުން އަންނަ ކަންގަތި އެވޯރޑް ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލަށާއި، މާރަންދޫ ކައުންސިލަށާއި ކެލާ ކައުންސިލަށް ލިބިއްޖެއެވެ. ކަންގަތީ އެވޯރޑަކީ ލޯކަލް ކައުންސިލްތަކުގެ މެދުގައި ވާދަ ވެރިކަމާއެކު، ލާމަރުކަޒީ ޤާނޫނާއި އަދި އެހެނިހެން ޤާނޫނުތަކާ އެއްގޮތަށް ކައުންސިލްތައް ހިންގުމުގެ ބޭނުމުގައި ދެވޭ އެވޯރޑެކެވެ. މި އެވޯޑް ދިނުމުގައި ކައުންސިލްތައް ރޭންކިންގ އަށް ބަލައި އެވޯޑް...

‏ށ.ފީވަކުގައި ވާލާއި މީދާ ފައްސަން ބޭނުންކުރާ ޑިވައިސް ހަރުކޮށްފި
Thiladhunmathi News

‏ށ.ފީވަކުގައި ވާލާއި މީދާ ފައްސަން ބޭނުންކުރާ ޑިވައިސް ހަރުކޮށްފި

‏ށ.ފީވަކުގައި ވާލާއި މީދާ ފައްސަން ބޭނުންކުރާ ޑިވައިސް ހަރުކޮށްފި އެވެ. ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އަލްޓްރާ ސައުންޑް ޑިވައިސް ތަޢާރަފުކޮށް އެއެއްޗެހި ބޭނުންކުރާނެގޮތުގެ މަޢުލޫމާތު ދީފައިވެއެވެ. ‏އަލްޓްރާ ސައުންޑް ޑިވައިސް (ވާލާއި މީދާ ފައްސަން ބޭނުންކުރާ) ހަރުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިޔެގައެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށްގެންދާ މިހަރަކާތުގައި ވަނީ ފީވަކު ދަނޑުވެރިންނާއި ސުކޫލް ދަރިވަރުންނަށް މަޢުލޫމާތު ދިނުމު...

ގިނަ ބައެއްގެ ބައިވެރިވުމާއެކު ނިޔާވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފި
Thiladhunmathi News

ގިނަ ބައެއްގެ ބައިވެރިވުމާއެކު ނިޔާވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފި

ގިނަ ބައެއްގެ ބައިވެރިވުމާއެކު ނިޔާވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފި އެވެ.   ނިޔާވި ފަސް މީހުން ވަޅުލާފައިވަނީ އެކުއެކީގައި އެއް ވަޅެއްގައެވެ. ހަނިމާދޫ މިސްކިތުގައި އޮތް މިކަށު ނަމާދުގައި ވަރަށް ގިނަ އަދަދެއްގެ މީހުން  ބައިވެރިވެފައި ވެއެވެ. މި ޖަނާޒާ އަށް އެ ރަށާއި އަދި ނޮޅިވަރަމްފަރުގެ ވަރަށް ގިނަ ބަޔަކު ވަނީ ހާޒިރުވެފައެވެ. ހަނިމާދޫގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް މިޖަނާޒާގައި ބައިވެރިވެފައިވެއެވެ ޖަނާޒާގައި ބައިވެރިވުމަށް ޓަކައި ވަރަށް ގިނަ ބަޔަކު ނޮޅިވަރަންފަރުން ހަނިމާދޫއަށް ވަނީ ގޮސް...

ލާންޗު ހާދިސާގައި ނިޔާވި މީހުންގެ ކަށުނަމާދު މިރޭ 1:30 ގައި
Thiladhunmathi News

ލާންޗު ހާދިސާގައި ނިޔާވި މީހުންގެ ކަށުނަމާދު މިރޭ 1:30 ގައި

ލާންޗު ހާދިސާގައި ނިޔާވި މީހުންގެ ކަށުނަމާދު މިރޭ 1:30 ގައި އޮންނާނެއެވެ. ހަނިމާދޫ ކައުންސިލުން މަޢުލޫމާތު ދޭގޮތުގައި ކަށު ނަމާދު އޮންނާނީ މިރޭ 1.30 ގައި، ހަނިމާދޫ މަސްޖިދު މޫސާ އަލީ މިސްކިތުގައެވެ. މިޔަދު ދިމާވި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ: ޙުސައިން އަބްދުﷲ – އަހިމާގެ ހދ. ނޮޅިވަރަންފަރު (55 އަހަރު) މަރިޔަމް މަޢުސޫމާ – އަހިމާގެ ހދ. ނޮޅިވަރަންފަރު (48 އަހަރު) ފާތިމަތު ގުރައިޝާ – އަހިމާގެ – ހދ. ނޮޅިވަރަންފަރު (30 އަހަރު) އިރާ […]

ނިޔާވި ފަރާތްތަކުގެ ޖަނާޒާ ހަނިމާދޫގައި
Thiladhunmathi News

ނިޔާވި ފަރާތްތަކުގެ ޖަނާޒާ ހަނިމާދޫގައި

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ.ހަނިމާދޫ އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލުމާ ގުޅިގެން ނިޔާވި ފަސް މީހުންގެ ޖަނާޒާ ހަނިމާދޫގައި ބޭއްވުމަށް ނިންމައިފިއެވެ. މިޒަނާޒާގައި ބައިވެރިވުމަށް އާއިލާގެ މީހުން މިވަގުތު ދަނީ ހަނިމާދޫއަށް ދިއުމަށް ތައްޔާރުވަމުންނެވެ. ހަނިމާދޫއަށް ދަނީ ޕޮލިސް ލޯންޗުގައި ޕޮލިހުންގެ އެހީތެރިކަމާއިއެކު އެވެ. އެ ފަރާތްތަކުގެ ޖަނާޒާ އަށް މިހާރު އަންނަނީ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ. ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް އަޙްމަދު އިބްރާހިމް މި ނޫހަށް މައުލޫމާތު ދެއްވަ...

މެދުކެނޑުމަށް ފަހު މޯލްޑިވިއަންގެ ދަތުރުތައް ހަނިމާދޫ އަށް ފަށައިފި
Thiladhunmathi News

މެދުކެނޑުމަށް ފަހު މޯލްޑިވިއަންގެ ދަތުރުތައް ހަނިމާދޫ އަށް ފަށައިފި

މެދުކެނޑުމަށް ފަހު މޯލްޑިވިއަންގެ ދަތުރުތައް ހަނިމާދޫ އަށް ފަށައިފި އެވެ. މޯލްޑިވިއަނުން ހަނިމާދޫ އަށް ކުރަމުން އައި ދަތުރުތައް ކެންސަލްކޮށްފައިވަނީ މިއަދު ހެނދުނު މޫސުން ގޯސްވުމާ ގުޅިގެންނެވެ. ނަމަވެސް މިހާރު އަލުން ދަތުރުތައް ފަށާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. ހަނިމާދޫ ދަތުރުތައް މޫސުން ތަންނުދޭތީ މެދުކަނޑާލުމަށްފަހު އަލުން ދަތުރުތައް ފެށި ވާހަކަ ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދަންނަވާލިން. — Maldivian (@MaldivianAero) August 29, 2019 އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން ހަނިމާދޫ...

އިއްބެގެ އާއިލާއަށް ދިމާވި ހިތާމައިގައި ގައުމީ ޓީމުގެ ޕްރޮގްރާމްތައް ކެންސަލް!
News

އިއްބެގެ އާއިލާއަށް ދިމާވި ހިތާމައިގައި ގައުމީ ޓީމުގެ ޕްރޮގްރާމްތައް ކެންސަލް!

ހދ. ނޮޅިވަރަމްފަރުން ފުރައިގެން ހަނީމާދޫއަށް ދަތުރު ކުރި ލޯންޗު ބަންޑުން ޖާހާލައި މަރުވި މީހުންގެ ތެރޭގައި، ގައުމީ ޓީމުގެ ފޯވަޑް އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ އާއިލާގެ ހަތަރު މީހުން ނިޔާވެފައިވާތީ، ގައުމީ ޓީމުގެ ކޭމްޕް ކެންސަލް ކޮށްފި އެވެ. މިހާދިސާ ހިނގި އިރު އިއްބެ ހުރީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ މަހު ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅުމަށް އެކުލަވާލި ސްކޮޑާއި އެކު ސްރީލަންކާގައި ކޭމްޕް ކޮށްފަ އެވެ. ގައުމީ ޓީމުން މައުލޫމާތު ދޭގޮތުގައި […]

Thiladhunmathi News

ފަރުވާ ދެމުންދާ މީހުންގެ ހާލު އަންނަނީ ރަނގަޅު ވަމުން: ހަނިމާދޫ ސިއްހީ މަރުކަޒު

ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނީ ހަތަރު މީހުނަށެވެ. އެ މީހުންގެ ހާލު ރަނގަޅު ކަމަށް ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުރިފަރާތުން މައުލޫމާތު ދެ އެވެ. ސަލާމަތްވި ފަސް މީހުން ހޮސްޕިޓަލަށް ގެނައިއިރު ލޮނުބޮވި ހާލު ސީރިއަސް. އެކަމަކު އޮކްސިޖަން ދީގެން އެ މީހުންގެ ހާލު ކުރިއަށް ވުރެ ރަނގަޅުކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ތިލަދުންއަށް މަޢުލޫމާތުދީފައިވެއެވެ. ހދ. ނޮޅިވަރަންފަރުން ހަނިމާދުއަށް ދަތުރުކުރަމުން ދިޔަ ކުޑަ ލޯންޗެއް ބަންޑުންޖަހާލައި، ސަލާމަތްކުރި 10 މީހުންގެ ތެރެއިން […]

ބޮޑު ތިލަދުންމަތިން ފެށިގެން އދ އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި
Raajje

ބޮޑު ތިލަދުންމަތިން ފެށިގެން އދ އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭތީ މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 8:00 އިން ހެނދުނު 11:00 އަށް ހއ އިން ފެށިގެން އދ އަތޮޅާ ދެމެދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން […]

ހަނިމާދޫ ކޯޓުގެ އިސްމެޖިސްޓްރޭޓަށް ޖޭއެސްސީއިން ނަސޭހަތް ދެނީ
Thiladhunmathi News

ހަނިމާދޫ ކޯޓުގެ އިސްމެޖިސްޓްރޭޓަށް ޖޭއެސްސީއިން ނަސޭހަތް ދެނީ

ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހަނީފް އަބްދުލްކަރީމަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާގޮތުން މެޖިސްޓްރޭޓް ހަނީފް އާ ގުޅިގެން ޖޭއެސްސީއިން ތަހުޤީގު ކުރަމުން ދިޔަ ޝަކުވާ، ތަހުގީގު ކޮމިޓީން ތަހުގީގުކުރަމަށް ފަހު ރިޕޯޓެއް އެކުލަވާލާފައިވާކަމަށެވެ. އެގޮތުން ހުށަހެޅިފައިވާ ޝަކުވާގައި ހިމެނޭ ފަނޑިޔާރު ހަނީފުއަށް ތައުބީދީ ފިޔަވަޅުގެ ގޮތުން ނަސޭހަތްތެރިވުމަށް ނިންމާފައިވާ ކަމ...

ހއ. ފިއްލަދޫ އާއި ށ. މިލަންދޫގައި އައުޓްޑޯ ޖިމް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Thiladhunmathi News

ހއ. ފިއްލަދޫ އާއި ށ. މިލަންދޫގައި އައުޓްޑޯ ޖިމް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ފިއްލަދޫ އާއި ށ. މިލަންދޫގައި އައުޓްޑޯ ޖިމްގެ ސާމާނު ހަވާލުކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިދެރަށުގެ އިތުރުން މިއަހަރު ޖިމް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ތ. ތިމަރަފުށި، އއ.ރަސްދޫ ގެ އިތުރުން ބ.ތުޅާދޫގައެވެ. މިފަސްރަށުގައި ޖިމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު މިހާރު ވަނީ ދެއްވާފައި ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއީ ދިވެހިރާއްޖެއަކީ ސިއްހީ ގޮތުން ދުޅަހެޔޮ އާބާދީއެއް އޮތް ތަނަކަށް ހެދުމަށްޓަކައި މިނިސްޓްރީ އޮފް...

ހދ. ގެ ޕޮލިސް ކޮމާންޑަރަށް ފުރަތަމަ ފަހަރަށް އަންހެނަކު!
Thiladhunmathi News

ހދ. ގެ ޕޮލިސް ކޮމާންޑަރަށް ފުރަތަމަ ފަހަރަށް އަންހެނަކު!

ހދ. ގެ ޕޮލިސް ކޮމާންޑަރަށް ފުރަތަމަ ފަހަރަށް އަންހެނަކު ހަމަޖައްސަވައިފިއެވެ. މި މަގާމަށް ހަމަޖައްސަވާފައިވަނީ ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އައިޝަތު ނިޝާ އަބުދުﷲ މުފީދެވެ. އާއިޝަތު ނިޝާ ކުރިން މަސައްކަތް ކުރެއްވީ ސްޕެސިއަލް އޮޕަރޭޝަން ޑިޕާޓްމަންޓް (އެސްއޯ) އާއި ސްޓްރެޓީޖިކް ޕްލޭނިންގ ޑިޕާޓްމަންޓްގެ އިތުރުން ފުލުހުންނަށް ބޭނުންވާ ތަމްރީނު ދިނުމުގެ މަސައްކަތްކުރަމުންގެންދާ ޕޮލިސް އެކަޑަމީގައެވެ. މި މަގާމަށް ނިޝާ ހަމަޖެއްސެވުމާ ގުޅިގެން ފުލުހުން ވަނީ މަރުޚަބާ ދަންނަވާފައެވެ. އެގޮތުން ފުލުހުން ކޮ...

ބިންބިމުގެ ރަޖިސްޓްރީގެ ދަފްތަރެއް ޕޯޓަލްކޮށް މުޅި ރާއްޖެ ގުޅުވާލަންޖެހޭ: އާތިފް
Thiladhunmathi News

ބިންބިމުގެ ރަޖިސްޓްރީގެ ދަފްތަރެއް ޕޯޓަލްކޮށް މުޅި ރާއްޖެ ގުޅުވާލަންޖެހޭ: އާތިފް

ދިވެހިރާއްޖޭގެ ގޯތިގެދޮރާއި، ބިންބިމުގެ ރަޖިސްޓްރީގެ ދަފްތަރެއް ޕޯޓަލްކޮށް މުޅި ރާއްޖެ ގުޅުވާލަންޖެހޭކަމަށް ހދ އަތޮޅު ކައުންސިލްގެ މެންބަރ އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްތެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގޯތިގެދޮރާއި، ބިންބިމުގެ ރަޖިސްޓްރީގެ ދަފްތަރެއް ޕޯޓަލްކޮށް މުޅި ރާއްޖެ ގުޅުވާލައިގެން، ރަށްރަށުން ގޯތި ދޫކުރުމުގެ ކުރިން ރާއްޖޭގެ އެހެން ތަނަކުން އެމީހަކަށް ގޯޗެއް ނުވަތަ ބިމެއް ލިބިފައިވޭތޯ ބެލުމަށްޓަކައި ކައުންސިލްތަކުން މިހާރު ހޭދަކުރާ ވަގު...

ގައުމީ ގުރުއާން މުބާރާތް އަންނަ އާދީއްތަ ދުވަހު ފަށަނީ
Raajje

ގައުމީ ގުރުއާން މުބާރާތް އަންނަ އާދީއްތަ ދުވަހު ފަށަނީ

އަންނަ އާދިއްތަ ދުވަހު ފަށާ ގައުމީ ގުރުއާން މުބާރާތުގައި 1200 އަށް ވުރެ ގިނަ ބައިވެރިން ކިޔަވާނެ ކަމަށް ގުރްއާނާ ބެހޭ މަރުކަޒުން މިއަދު ބުނެފި އެވެ. މުބާރާތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުގެ ސްޕަވައިޒަރު އިބްރާހީމް އަޒުލިފް ވިދާޅުވީ، މިއަހަރުގެ މުބާރާތުގައި 1273 މީހުން ބައިވެރިވެފައިވާ ކަމަށެވެ. 33 ވަނަ ގައުމީ ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ އެކަކުން ހަތްވަނަ ދުވަހ...

ޖަޕާނު ސަރުކާރުން އަތޮޅުތަކަށް 24 އެމްބިއުލާންސް ހަދިޔާކޮށްފި
Raajje

ޖަޕާނު ސަރުކާރުން އަތޮޅުތަކަށް 24 އެމްބިއުލާންސް ހަދިޔާކޮށްފި

އަތޮޅުތަކަށް ހާއްސަ ކޮށްގެން ޖަޕާނު ސަރުކާރުން 24 އެމްބިއުލާންސް ހަދިޔާކޮށްފި އެވެ. އިއްޔެ ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއަށް ބޭނުންވާ 41 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފައި ވެއެވެ. މީގެ ތެރޭގައި އޮޕަރޭޝަން ކުރުމަށް ބޭނުންވާ މެޝިނަރީވެސް ވަނީ ހަދިޔާކޮށްފަ އެވެ. މިތަކެތި ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއީ އެވެ. އަދި ރާއްޖޭގެ ފަރާތުން ޖަޕާނުން ހަދިޔާކުރި ތަކެއްޗާ ހަވާލުވީ ހެލްތް މިނިސްޓަރު އަބްދު...