ގިނަ ބައެއްގެ ބައިވެރިވުމާއެކު ނިޔާވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފި އެވެ.
ނިޔާވި ފަސް މީހުން ވަޅުލާފައިވަނީ އެކުއެކީގައި އެއް ވަޅެއްގައެވެ. ހަނިމާދޫ މިސްކިތުގައި އޮތް މިކަށު ނަމާދުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައި ވެއެވެ. މި ޖަނާޒާ އަށް އެ ރަށާއި އަދި ނޮޅިވަރަމްފަރުގެ ވަރަށް ގިނަ ބަޔަކު ވަނީ ހާޒިރުވެފައެވެ. ހަނިމާދޫގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް މިޖަނާޒާގައި ބައިވެރިވެފައިވެއެވެ

ޖަނާޒާގައި ބައިވެރިވުމަށް ޓަކައި ވަރަށް ގިނަ ބަޔަކު ނޮޅިވަރަންފަރުން ހަނިމާދޫއަށް ވަނީ ގޮސްފައެވެ. އަދި ނިޔާވި މީހުންގެ އާއިލާގެ ވަރަށް ގިނަ ބަޔަކު މާލެ އިން ހަނިމާދޫ އަށް މިރޭ ގޮސްފައި ވެއެވެ.
Hanimaadhoo ah dhathuru kuranikoh bandun jahaali loanch in maruvi 5 meehunge janaaza. pic.twitter.com/Fb6nxktUVS
— Ismail Naseer (@ismailnaseer) August 29, 2019
ނިޔާވި ފަސް މީހުންގެ މޫނު ދެއްކުން ހަނިމާދޫ ސަހަރާގައި ކުރިއަށް ގެންގޮސްފައިވާއި މި 5 މީހުން ވަޅުލާފައި ވަނީ މިރޭ 2:30 ހާއިރުއެވެ.
ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވެފައި ވަނީ ހުސައިން އަބްދުﷲ އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކާއި، ދެމަފިރިންގެ ދަރިފުޅު ގުރައިޝާ އަބްދުﷲ އާއި އޭނާގެ ދަރިފުޅު އީރާ ޝިފާޒްގެ އިތުރުން، އައިޝަތު އަލީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!