ޖޭއެސްސީގެ ވަކީލުންގެ މެންބަރަކަށް މާނިއު
ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާނެ މެމްބަރަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބު އަބްދުލް މާނިއު ހުސައިން ކާމިޔާބު ކުރައްވައިފި އެވެ. ވަކީލުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާނެ މެމްބަރު ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބޭއްވި އިންތިހާބުގައި 404 ވަކީލުން ވޯޓު ދެއްވި އެވެ. އޭގެ ތެރެއިން ހއ އިހަވަންދޫއަށް ނިސްބަތްވާ މާނިއުއަށް ލިބިވަޑައިގަތީ 199 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ވަކީލު އަލީ ރަޝީދަށް ލިބިވަޑައިގަތީ […]