މެދުކެނޑުމަށް ފަހު މޯލްޑިވިއަންގެ ދަތުރުތައް ހަނިމާދޫ އަށް ފަށައިފި އެވެ.
މޯލްޑިވިއަނުން ހަނިމާދޫ އަށް ކުރަމުން އައި ދަތުރުތައް ކެންސަލްކޮށްފައިވަނީ މިއަދު ހެނދުނު މޫސުން ގޯސްވުމާ ގުޅިގެންނެވެ. ނަމަވެސް މިހާރު އަލުން ދަތުރުތައް ފަށާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
ހަނިމާދޫ ދަތުރުތައް މޫސުން ތަންނުދޭތީ މެދުކަނޑާލުމަށްފަހު އަލުން ދަތުރުތައް ފެށި ވާހަކަ ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދަންނަވާލިން.
— Maldivian (@MaldivianAero) August 29, 2019
އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ރޭ ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއް މޫސުމް ގޯސްވެ، ބޯޓް ނުޖެއްސި ވައިގެ ތެރޭގައި ހަތަރު ގަޑިއިރު ހޭދަކުރުމަށްފަހު ވަނީ ވެލާނާ އިންޓަނޭޝަން އެއާޕޯޓްގައި ޖައްސާފައެވެ.
މޫސުން ގޯސްވުމާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިހާރު ވަނީ ރާއްޖޭގެ ބައެއް ހިސާބުތަކަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!