Skip to main content

އިބްރާހިމް އަސްވާޤް

Admin
🌐 Network-Wide Bureau
2,121 Stories
1,480 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް އަސްވާޤް

International

ވޯލްޑް ކަޕް 2022: މިފަހަރުގެ ލޯގޯ ވަރަށް ތަފާތު

2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގައި ބޭނުންކުރާނެ ލޯގޯ އާންމު ކޮށްފިއެވެ. ލޯގޯ ލޯންޗު ކޮށްފައި ވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އެއް ވަގުތެއްގަ އެވެ.މިލޯގޯ އާންމުކުރުމަށް ބޭއްވި އިވެންޓުތަކުގައި ދުނިޔޭގެ އެކި ގައުމު ތަކުގައި ހުންނަ ފާހަގަ ކޮށްލެވޭ ބިނާތަކުގައި މިލޯގޯ ވަނީ ޕްރޮޖެކްޓްކޮށްފައެވެ. އެގޮތުން ގަތަރުގެ ދޯހާ ޓަވަރާއި އިޓަލީގެ އާރކް އޮފް ޕީސް އާއި ކުވައިތް ޓަވަރާއި ނިއުޔޯކް ޓައިމްސް ސްކުއަރގެ އިތުން ފާހަގަކޮށްލެވޭ އެކިއެކި ތަންތާގައި ވަނީ އަޅުވާފައެވެ....

ހާޓް އެޓޭކެއްޖެހި މުރުސީގެ ހަގު ދަރިކަލުން އަވަހާރަ ވެއްޖެ
International

ހާޓް އެޓޭކެއްޖެހި މުރުސީގެ ހަގު ދަރިކަލުން އަވަހާރަ ވެއްޖެ

މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ އެންމެ ހަގު ދަރިކަލުން އަބްދުﷲ މުރްސީ ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެ އެވެ. މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އަބްދުﷲ މުރުސީ އަވަހާރަ ވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެންކަމަށް އާއިލާއިން ބުނެއެވެ. އަބްދުﷲ މުރުސީ އަވަހާރަވެފައި މިވަނީ ބައްޕާފުޅު އަވަހާރަވިތާ 78 ދުވަސް ފަހުންނެވެ. މިސްރުގެ ސަރުކާރުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އުމުރުފުޅުން 24 އަހަރުގައި އަވަހާރަވި އަބްދުﷲ މުރްސީ ފާހަގަ ކުރެވިގެން ގޮސްފައިވަނީ ބައްޕާފުޅު މުރުސީ އަވަހާރަވުމުން އާއިލާ...

Raajje

މާޅެންދޫ އާއި ކުޑަފަރީގެ ފެނާ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

ނ މާޅެންދޫ އާއި ނ ކުޑަފަރީގެ ފެނާ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި އެވެ. މިދެރަށުގެ ރަށެއްގެ ފެނާ ނަރުދަމާގެ އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މިއަދު ޕްލޭން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. 22 މަސް ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރާގޮތަށް ނ. މާޅެންދޫ ފެނާ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވަނީ 42,975,350.00 ރުފިޔާއަށް އަދި ނ. ކުޑަފަރި ހަވާލުކޮށްފައިވަނީ 38,245,917.74 ރުފިޔާ އަށެވެ. މިދެރަށުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައް...

ޑިއުޓީ ފްރީގައި ދިވެހި އުފެއްދުންތަކަށް ހުޅުވާލުމުން ބޮޑު ތަރުހީބެއް! ފުރުސަތު އިތުރުކޮށްފި
Raajje

ޑިއުޓީ ފްރީގައި ދިވެހި އުފެއްދުންތަކަށް ހުޅުވާލުމުން ބޮޑު ތަރުހީބެއް! ފުރުސަތު އިތުރުކޮށްފި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުޅުވަން ހަމަޖެހިފައިވާ ސުވެނިއަރ ޑިއުޓީ ފްރީ ފިހާރައިގައި ތަކެތި ވިއްކަން ބެހެއްޓުމަށް ހުޅުވާލި ފުރުސަތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާތީ، އަދި ވަރަށް ގިނަބަޔަކު މިކަމަށް އިތުރު ފުރުސަތަކަށް އެދެމުންދާތީ، އެޕްލިކޭޝަން ހުށަހަޅަންޖެހޭ މުއްދަތު 30 ސެޕްޓެންބަރ 2019 ވާ ހޯމަދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް އިން ބުނެފައިވަނީ ދިވެހި އަތްތެރިމަސައްކަތް ކުރައްވާ ދިވެހިންނަށް އަމާޒުކޮ...

ވެލިދޫ ގެއަކުން ބަނގުރާ ތައްޔާރުކުރަން ބޭނުންކުރާ ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި
News

ވެލިދޫ ގެއަކުން ބަނގުރާ ތައްޔާރުކުރަން ބޭނުންކުރާ ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ. ވެލިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ވެލިދޫ ގެއެއް ބަލައިފާސްކޮށް ބަނގުރާ ތައްޔާރުކުރަން ބޭނުން ކުރާ ކަމަށް ބެލެވޭ ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. ވެލިދޫ ގެއެއްގައި މީހަކު ބަނގުރާ ތައްޔާރުކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މި...

މިދިޔަ އަހަރު މާލީ ރިޕޯޓް ހުށައަޅާފައިނުވަނީ 12 ކުންފުންޏަކުން: ޕީސީބީ
Business

މިދިޔަ އަހަރު މާލީ ރިޕޯޓް ހުށައަޅާފައިނުވަނީ 12 ކުންފުންޏަކުން: ޕީސީބީ

މިދިޔަ އަހަރު މާލީ ރިޕޯޓް ހުށައަޅާފައިނުވަނީ 12 ކުންފުންޏަކުން ކަމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ދެނަގަތުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ތައްޔާރުކުރި މިދިޔަ އަހަރުގެ ރިވިއު ރިޕޯޓުގައި ބުނެފި އެވެ. ޕްރައިވެޓައިޒޭޝަން ބޯޑުން އިއްޔެ ނެރެފައިވާ މިދިޔަ އަހަރުގެ ފައިނޭންޝަލް ރިވިއު ރިޕޯޓުގައި ހިމަނާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ ބޯޑަށް ލިބިފައިވާ ރިޕޯޓުތަކެވެ. އެ ބޯޑަށް ރިޕޯޓް ހުށަހަޅަން ދިން މުއްދަތުގައި […]

ޕެންޝަން ފަންޑަށް ފުރަތަމަ ފަހަރަށް 100 މިލިއަން ރުފިޔާ ޖަމާކޮށްފި
Raajje

ޕެންޝަން ފަންޑަށް ފުރަތަމަ ފަހަރަށް 100 މިލިއަން ރުފިޔާ ޖަމާކޮށްފި

ޕެންޝަން ފަންޑަށް ފުރަތަމަ ފަހަރަށް 100 މިލިއަން ރުފިޔާ ޖަމާކޮށްފިއެވެ. މިދިޔަ ޖުލައި މަހު ރިޓަޔާމަންޓް ޕެންޝަން ސްކީމަށް 100،022،119.13 ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. މި އަދަދު ހިއްސާ ކުރަނީ އަމިއްލަ އޮފީސްތަކުން ޖަމާކުރި 58،886،018.50 މިލިއަން ރުފިޔާ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޖަމާކޮށްފައިވާ 41،136،100.63 ރުފިޔާ އެވެ. މި އަހަރުގެ ޖޫން މަހު ވެސް ޕެންޝަން ސްކީމަށް 98 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ޕެންޝަން އޮފީހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. ޕެންޝަން ފަންޑުގައ...

އެޗްޑީއެފްސީގެ ބޮންޑު ވިއްކަން ފަށަނީ
News

އެޗްޑީއެފްސީގެ ބޮންޑު ވިއްކަން ފަށަނީ

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ބޮންޑު މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ވިއްކަން ފަށާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ. އެޗްޑީއެފްސީން ބުނީ އެ ކުންފުނީގެ 80 މިލިއަން ރުފިޔާގެ ބޮންޑު ވިއްކަން ނިންމާފައިވާ ކަމަށާއި ވިއްކުން ހުއްޓާލާނީ ނޮވެމްބަރު 12 ވަނަ ދުވަހު ކަމަށެވެ. އެ ކުންފުނިން ޕްރޮސްޕެކްޓާސް ހުޅުވާލާފައިވާ އިރު، ބޮންޑެއް ވިއްކާނީ 1000 ރުފިޔާއަށް ކަމަށާއި މި ފަހަރުގެ ބޮންޑު ދޫކުރާނީ 10 އަހަރު ދުވަހަށް ކަމަށްވެސް އެޗްޑީއެފްސީން […]

ކުޅުދުއްފުށީ އެއަރޕޯޓްގައި ރެސްޓޯރެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށީ އެއަރޕޯޓްގައި ރެސްޓޯރެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށީ އެއަރޕޯޓްގައި ރެސްޓޯރެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށް ރީޖަނަލް އެއަރޕޯޓްސްއިން އިޢުލާންކޮށްފިއެވެ. ރީޖަނަލް އެއަރޕޯޓްސްއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެކުންފުނިން ދޭ ކުރެހުމާއި އެއްގޮތަށް ރެސްޓޯރެންޓެއް ހެދުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސް ( ވެލާނާގެ 11 ވަނަ ފަންގިފިލާ ) އަށްވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުށްވުން އެދޭކަމަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް (ރަސްމީ މ...

Business

ރ އަތޮޅު މާމުނަގަައު "ދަ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް" ރިސޯޓް ހުޅުވައިފި

ރ. މާމުނަގައުގައި ހެދި އިންޓަކޮންޓިނެންޓަލް މޯލްޑިވްސް ރިސޯޓު ހުޅުވައިފި އެވެ. ރ. އަތޮޅު މާމުނާގައުގައި ތަރައްޤީކޮށްފައިވާ އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓުގައި 81 ކޮޓަރި ހުރެއެވެ. އޭގެ ތެރޭގައި ބީޗު ވިލާ އާއި، ލެގޫން ވިލާތަކުގެ އިތުރުން އޮވަރ ވޯޓަރ ވިލާ ހިމެނެއެވެ. ހުރިހާ ކޮޓަރިއެއްގައިވެސް ޕްރައިޓް ޓެރެސްއެއް އަދި ޕޫލެއް ހުންނާނެ ކަމަށް އިންޓަރ ކޮންޓިނެންޓަލުން ހާމަކުރެެއެވެ. އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓުގައި އެކި ކަހަލަ ކެއުންތައް ލިބޭ 6 ރެސްޓޯރެންޓު ހުރެ...

Thiladhunmathi News

ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް ސަމީރު ކުރިމަތިލައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އަނެއްކާވެސް ކުރިމަތިލައްވައިފި އެވެ. މިހާރު ސުޕްރީމް ކޯޓުގައި ހުސްވެފައި އޮތީ ފަނޑިޔާރު އަބްދުﷲ ދީދީގެ މަގާމެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ފަނޑިޔާރު އަލީ ސަމީރަކީ ހދ.ނައިވާދޫ އަށް ނިސްބަތްވާ ބޭފުޅެކެވެ. ފަނޑިޔާރު ސަމީރު 2011 ވަނަ އަހަރު މާރޗް 26 ވަނަ ދުވަހު ހައި ކޯޓަށް އައްޔަން […]

ގޮނޑުދޮށްތަކުގެ ފައިދާ ހދ. އަތޮޅު ރައްޔިތުންވެސް ބޭނުންވޭ: ލަތީފް
Thiladhunmathi News

ގޮނޑުދޮށްތަކުގެ ފައިދާ ހދ. އަތޮޅު ރައްޔިތުންވެސް ބޭނުންވޭ: ލަތީފް

ދޮންވެލި ގޮނޑުދޮށްތަކުގެ ފައިދާވެސް ހދ. އަތޮޅުގެ ރައްޔިތުން ބޭނުންވާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ އިއްޔެ އެއިނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. ލަތީފްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ ހދ ގެ ކޮންމެ ރަށަކަށްވެސް ޓޫރިޒަމްގެ ފައިދާ ބޭނުންވާ ކަމަށާއި ގޮނޑުދޮށްތަކުގެ ފައިދާ ހދ. އަތޮޅުގެ ރައްޔިތުން ބޭނުންވާ ކަމަށާއި އަދި ކަޅުބިލަމަހުގެ މަސްވެރިކަންވެސް ތަރައްޤީ ކޮށްދެއްވުން އެދޭކަމަށާއި މިކަންކަމަށް ދެކޮޅު ހަދާނެ ރައްޔިތަކު ނެތްކަން ލަތީފ...

Thiladhunmathi News

ހޮނޑާފުށި ރިސޯޓު، 21 ޑޮލަރާއި އެކު ސާވިސް ޗާޖް ލިސްޓްގެ ފުލުގައި

ހދ. އަތޮޅުގައި ތަރައްގީކުރި ފުރަތަމަ ރިސޯޓް، ހޮނޑާފުށި އައިލެންޑް ރިސޯޓްގައި ސާވިސްޗާޖުގެ ގޮތުގައި މިދިޔަ މަހު ބަހާފައިވަނީ 21 ޑޮލަރު (323.82 ރުފިޔާ) ކަމަށް ރިސޯޓުތަކުގެ މުވައްޒަފުންގެ ސާވިސް ޗާޖުގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓް www.maldivessc.com ގައި ބުނެފައިވެ އެވެ. މިވެބްސައިޓުގައި ބުނެފައިވާގޮތުން މިއީ އޮގަސްޓްމަހު އެންމެ މަދުން ސާވިސްޗާޖު ދީފައިވާ ރިސޯޓެވެ. އެ ވެބްސައިޓުގައި 55 ރިސޯޓުގެ ސާވިސްޗާޖް ހިމަނާފައިވާއިރު ދެވަނައަށް އެންމެ މަދުން ދިން ރިސޯޓުގެ ގޮތުގައި ހިމަނާފައިވަނީ އީކުއޭޓަރ ވި...

Business

އޮގަސްޓު މަހު ސާވިސް ޗާޖް ލިސްޓުގެ ކުރީގައި ޝެވަލް ބްލޮންކް ރަންދެލި!

ިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް 1,286.93 ޑޮލަރު (19,844.46ރ) ބަހައިފި އެވެ. މިއީ މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ބެހި ރިސޯޓް ކަމަށް ރިސޯޓުތަކުގެ މުވައްޒަފުންގެ ސާވިސް ޗާޖުގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓް www.Maldivessc.com ގައި ބުނެފައިވެ އެވެ. އެ ވެބްސައިޓްގައިވާ ގޮތުން މިދިޔަ މަހު ދެވަނައަށް އެންމެ ގިނަ އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ބަހާފައި ވަނީ މާލެ އަތޮޅުގައި […]

Raajje

ބިމާއި ފަޅު އަދި ފަރުތަކުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 % ކައުންސިލްތަކަށް ދެނީ

ބިމާއި ފަޅު އަދި ފަރުތަކުން ކުލީގެ ގޮތުގައި ދައުލަތަށް މިހާރު ލިބޭ އާމްދަނީގެ 40 ޕަސެންޓް އަންނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ދޭން ފަށާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ކައުންސިލުތަކަށްދޭ “ކަންގަތި” އެވޯޑް ދިނުމަށް ކ ހުރާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އިދާރީގޮތުންނާއި ސިޔާސީގޮތުން ރާއްޖެ ލާމަރުކަޒުކުރެވިފައިވާއިރު، މާލީގޮތުން ރާއްޖެ ލާމަރުކަޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް. ކައުންސިލްތަކަ...