ކުޅުދުއްފުށީ އެއަރޕޯޓްގައި ރެސްޓޯރެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށް ރީޖަނަލް އެއަރޕޯޓްސްއިން އިޢުލާންކޮށްފިއެވެ.
ރީޖަނަލް އެއަރޕޯޓްސްއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެކުންފުނިން ދޭ ކުރެހުމާއި އެއްގޮތަށް ރެސްޓޯރެންޓެއް ހެދުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސް ( ވެލާނާގެ 11 ވަނަ ފަންގިފިލާ ) އަށްވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުށްވުން އެދޭކަމަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް (ރަސްމީ މަސައްކަތު ގަޑީގައި) 7993776 ނަންބަރު ފޯނާ ގުޅުއްވުމަށް އެފަރާތުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!