ލާންޗު ހާދިސާގައި ނިޔާވި މީހުންގެ ކަށުނަމާދު މިރޭ 1:30 ގައި އޮންނާނެއެވެ.
ހަނިމާދޫ ކައުންސިލުން މަޢުލޫމާތު ދޭގޮތުގައި ކަށު ނަމާދު އޮންނާނީ މިރޭ 1.30 ގައި، ހަނިމާދޫ މަސްޖިދު މޫސާ އަލީ މިސްކިތުގައެވެ.
މިޔަދު ދިމާވި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ:
ޙުސައިން އަބްދުﷲ - އަހިމާގެ ހދ. ނޮޅިވަރަންފަރު (55 އަހަރު)
މަރިޔަމް މަޢުސޫމާ - އަހިމާގެ ހދ. ނޮޅިވަރަންފަރު (48 އަހަރު)
ފާތިމަތު ގުރައިޝާ - އަހިމާގެ - ހދ. ނޮޅިވަރަންފަރު (30 އަހަރު)
އިރާ ހަސަން ޝިފާޒް - ސީވީޑް ހދ. ނޮޅިވަރަންފަރު (3 އަހަރު)
އައިސަތު އަލީ - ވީނަސް ހދ. ނޮޅިވަރަންފަރު (51 އަހަރު)
ވީހާވެސް ގިނަ ފަރާތްތަކުން މިކަށުނަމާދުގައި ބައިވެރި ވުމަކީ އާއިލާގެ ފަރާތުންނާއި ނޮޅިވަރަންފަރު ކައުންސިލުން އަދި ހަނިމާދޫކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!