ނައްޓާލަން ތައްޔާރުވި ތަނާ ތުރުކީގައި އީރާނުގެ ބޯޓެއް ހިފަހައްޓައިފި
ތުރުކީގެ އިސްތަންބޫލް އެއާޕޯޓުން އީރާނުގެ ތެހެރާނަށް ފުރަން ތައްޔާރުވެފައި އޮތް ކެސްޕިއަން އެއާލައިންސްގެ މަތިންދާބޯޓެއް، ނުދައްކައި އޮތް ދަރަންޏަކާ ގުޅިގެން ތުރުކީގެ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފިއެވެ. ތުރުކީގެ އޮފިޝަލުން މި ބޯޓު ހިފެހެއްޓީ ތިން މިލިއަން ޔޫރޯގެ ދަރަންޏަކާ ގުޅިގެންނެވެ. ރަޖިސްޓްރީ ނަންބަރު އީޕީ-ކޭޕީބީގެ ބޯއިންގް 737 މަރުކާގެ މި މަތިންދާބޯޓު ފުރަން ތައްޔާރުވެފައި ވަނިކޮށް، ތުރުކީގެ ކޯޓު އަމުރު ތަންފީޒުކުރާ އޮފިޝަލުންނާއި ވަކީލުން އަދި ތަންފީޒީ އިދާރާތަކުގެ އޮފިޝަލުން ވަނީ...