ޣައްޒާއާއި ގުޅޭގޮތުން އދ.ގައި ނަތަންޔާހޫ ހެދި ދޮގުތަކުގެ ހަގީގަތް ހާމަކޮށް ފަޟީހަތްކޮށްލައިފި
އދ. ގެ އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރިއާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތަކެއްކަން ބައިނަލްއަގުވާމީ އިދާރާތަކުންނާއި ހިއުމަނިޓޭރިއަން ޖަމިއްޔާތަކުގެ އިތުރުން އިސްރާއީލުގެ އަސްކަރިއްޔާގެ އަމިއްލަ މައުލޫމާތުތަކުން ފަޟީހަތްވެއްޖެއެވެ. އަނަޑޯލޫ އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2024 އާއި 2026 އާ ދެމެދު އދ. ގެ މަޖިލީހުގައި ނަތަންޔާހޫ ދިން ތަގުރީރުތަކުގައި ހައްދަވާފައިވާ ބޮޑެތި ފަސް ދޮގެ...