އުމުރުފުޅުން 100 އަހަރުގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ އަނބިކަނބަލުން ޑރ. ސިތީ ހަސްމާ މުހައްމަދު އަލީ އަވަހާރަވެއްޖެއެވެ.
އެކަމަނާ އަވަހާރަވީ 2026 ސެޕްޓެމްބަރު 28 ވީ ހޯމަ ދުވަހުއެވެ.
ޑރ. ސިތީ ހަސްމާ އަވަހާރަވީ ކުއާލަލަމްޕޫރުގައި ހުންނަ ނެޝަނަލް ހާޓް އިންސްޓިޓިއުޓްގައި އެނދުމަތިކޮށްގެން ފަރުވާދެމުން ދަނިކޮށް ކަމަށް އެކަމަނާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އަވަހާރަވި ސަބަބުގެ ތަފްސީލެއް އާއިލާއިން ހާމަކޮށްފައެއް ނުވެއެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ޑރ. ސިތީ ހަސްމާއަށް ދައުލަތުގެ ފެންވަރުގައި ޖަނާޒާ ބޭއްވުމަށް ނިންމަވާފައިވާކަން އިއުލާނު ކުރައްވައި، ތައުޒިޔާ ފޮނުއްވާފައެވެ. މަހާތީރާއި އަންވަރުގެ މެދުގައި ސިޔާސީ ގޮތުން އެތައް އަހަރެއްގެ ނުތަވަސްކަމެއް އޮތްނަމަވެސް، އަންވަރު ކުރެއްވި ސޯޝަލް މީޑިއާ މެސެޖެއްގައި ވިދާޅުވީ، އެކަމަނާގެ މައިވަންތަކަމުގެ އިހުސާސާއި ގައުމަށް ކޮށްދެއްވި ހިދުމަތްތައް މެލޭޝިޔާގެ ރައްޔިތުން އަބަދުވެސް ހަނދާން ބަހައްޓާނެ ކަމަށެވެ. އަދި އަންވަރުގެ ހެޔޮދުއާއާއި ހަމްދަރުދީ ކުރީގެ ބޮޑުވަޒީރު މަހާތީރަށާއި އާއިލާއަށް އަރިސްކުރެއްވިއެވެ.
މަހާތީރާއި އަނބިކަނބަލުން ޒުވާން ދުވަސްވަރު
އާންމުންގެ މެދުގައި "އިބޫ ނެގާރާ" ނުވަތަ "ގައުމުގެ މަންމަ"ގެ ނަމުން ލޯތްބާއެކު ނަންދެވިފައިވާ ޑރ. ސިތީ ހަސްމާއަކީ އަންހެނުން ބާރުވެރިކުރުމަށާއި، ރަށްފުށުގެ ސިއްހީ ހިދުމަތް ތަރައްގީކުރުމަށާއި، ކުޑަކުދިންގެ ރައްކާތެރިކަމަށް އަދި ނިކަމެތިންނަށް އެހީތެރިވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ޑރ. ސިތީ ހަސްމާއަކީ މެލޭޝިޔާގެ ފުރަތަމަ މެލޭ އަންހެން މެޑިކަލް ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެކަމަނާ ސިންގަޕޫރުގެ ކިންގް އެޑްވާޑް ސެވެން ކޮލެޖް އޮފް މެޑިސިންއިން ތައުލީމު ހާސިލުކުރައްވައި ދަސްވެނިވެވަޑައިގަތީ 1955 ވަނަ އަހަރުއެވެ. މަހާތީރު މުހައްމަދާ އެކަމަނާ ބައްދަލުވެވަޑައިގަތީވެސް އެ ކޮލެޖުން ތައުލީމު ހާސިލުކުރެއްވި ދުވަސްވަރުއެވެ. އެއަށްފަހު ދެބޭފުޅުން ކާވެނިބައްލަވައިގެންނެވީ 1956 ވަނަ އަހަރުއެވެ.
Saya, Azizah dan keluarga berdukacita menerima khabar pemergian Almarhumah Tun Dr Siti Hasmah Mohamad Ali pagi ini.
Kami mengenali Almarhumah sebagai Kak Hasmah, seorang yang lembut tutur katanya, namun tabah dan kuat jiwanya, malah sentiasa mengambil berat tentang orang di… pic.twitter.com/iGktqwbACj
— Anwar Ibrahim (@anwaribrahim) September 28, 2026
އޭގެ ފަހުން 1974 ވަނަ އަހަރު، ކެޑާ މާބަނޑު މައިންނާއި ކުޑަކުދިންގެ ސިއްހަތާ ބެހޭ އެންމެ އިސް ފުރަތަމަ އަންހެން ސްޓޭޓް މެޑިކަލް އޮފިސަރުގެ މަގާމު އެކަމަނާ ފުރައްވިއެވެ. ސިއްހީ ދާއިރާގެ އިތުރުން، މެލޭޝިޔާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ އިސް އެހީތެރިޔާ ނުވަތަ ޕެޓްރަންގެ ގޮތުގައިވެސް އެކަމަނާ ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވިއެވެ. މީގެ ތެރޭގައި 1992 ވަނަ އަހަރު މެލޭޝިޔާއިން ތޯމަސް ކަޕް ކާމިޔާބުކުރި ތާރީހީ ދަނޑިވަޅުވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!