އެމެރިކާއިން މިސްރަށް 300 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދެނީ
އިންސާނީ ހައްގުތަކާ ގުޅޭ ޝަރުތުތަކުން އިސްތިސްނާކޮށް، މި އަހަރު މިސްރަށް ދިނުމަށް ހަމަޖެހިފައިވާ އަސްކަރީ އެހީގެ ތެރެއިން 300 މިލިއަން ޑޮލަރު ދޫކުރުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނިންމައިފިއެވެ. މި ނިންމުމާ ގުޅިގެން، މި ފައިސާ ބޭނުންކޮށްގެން އެމެރިކާ އާއި ހުޅަނގުން މާނަކުރާ ”އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމެއް ހިންގާތޯ” ބެލުމަށް އާންމުކޮށް ހަދާ އެސެސްމެންޓްތަކަކާ ނުލައި މިސްރަށް މި އެހީ ލިބިގެންދާނެއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ގައުމީ ސަލާމަތަށްޓަކައި އިސްތިސްނާ ދީފައިވަނީ...