ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (17)
ކުރީގެ އަދަދާއި ގުޅޭ: “އިތުބާރުކޮށްގެން ހުއްޓާ، ބޭބެގެ ހާޖަރާ ވެސް ވަރިވެގެން ގޮސް އެހެން މީހަކާ އިނދެގެން އެ އުޅެނީ. މިއަދު ބޭބެ މި ހުރީ އެކަނިވެފަ. ” އަހަންމަދާ ބުނެލިއެވެ. އިތުރަށް އެ ވާހަކަ ދައްކާކަށް ހަސަން ބޭނުމެއް ނުވިއެވެ. ނަމަވެސް ހިތަށް ލިބުނު އުނދަގޫ އިންތިހާއަށް ދިޔައީ އިތުރު ވަމުންނެވެ. އެ އުމުރުގެ މީހަކާ ޒުވާބު ކުރާކަށް ވެސް ހަސަން ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ، އިތުރަށް އެއްޗެއް ނުބުނެ ދޯނިން ފައިބައިގެން ދިޔައީއެވެ. […]