ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (2)
” އެ ލާރިކޮޅު ނުލިބެންޏާ ކިހިނެއް އަހަރެމެން އެންމެން މިހެން އުޅޭނީ؟” ސާމިހްގެ އަތުގައި ހިފައި އޭނާއާ ދިމާލަށް ގެންނަމުން މަރިޔަމް ބުންޏެވެ. ދެ ދަރިން ނިންދެވުމަށްފަހު މަރިޔަމް ބޭރު ބަލައިލިއެވެ. އޭރު ވެސް ބޯކޮށް ވާރޭ ވެހެމުން ދެއެވެ. ގޭ ފާރުގައި ލައްކޮށްފައި ހުރި މުޅޯއްޓެއް ނަގައި ބޯ މަތީ އަޅައިގެން އޭނާ ހިނގައިގަތީ ދަރު ބަދިގެއާ ދިމާލަށް ދާށެވެ. ބާރު ހިނގުމުގައި ގޮސް، އެތެރެއަށް ވަތް އިރު އުނދުން އެންދުމުގައި ހަސަން އަވަދި ނެތި […]