Skip to main content

ސަލާމާ ޢަބްދުލް ޢަލީމް

Contributor
🇲🇻 ތިލަދުން Desk
429 Stories
1,996 Reads

Published on ތިލަދުން (Thiladhun) by ސަލާމާ ޢަބްދުލް ޢަލީމް

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (6)
Column

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (6)

ކުރީގެ އަދަދާއި ގުޅޭ: ޒައިދް އެހެން ބުނެ، އަނޫޝާގެ އަތްތިލައިގައި ބޮސް ދިނެވެ. ލަދުން ގޮސް އަނޫޝާއަށް މޫނު އަނބުރައިލެވުނެވެ. ” އަނޫޝާ! ” ރުޅިވެރިކަމާއެކު އަނޫޝާގެ މަންމަ ގޮވާލި އަޑަށް، ދެ މީހުންނަށް ވެސް ތެޅި ގަނެވުނީ އެއް ފަހަރާއެވެ. ކޮޅަށް ތެދުވެ، އަނޫޝާ ފަތަށް ބަލައިލި އިރު، މަންމަ ހުރީ ގޭ ދޮރުމަތީގައެވެ. ކޮޅަށް ތެދުވުމަށްފަހު ޒައިދް ވެސް ބިރުން ހުރެ، ރާމިޒާއަށް ބަލައިލިއެވެ. ” ހަމަ މިހާރު އެތެރެއަށް އާދޭ.” ރާމިޒާ ބުނެލިއެވެ. […]

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (5)
Column

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (5)

ކުރީގެ އަދަދާއި ގުޅޭ: އަނޫޝާގެ ބައްޕަ ވަފީ މިހާރު ކަންނެއްޔާ ދަނީ ރަށުން ބޭރު ދޯންޏަކުންނެވެ. އޭނާ ރަށަށް ގެނެސް ބައްޕަ ފުރައިގެން ދިޔަ ފަހުން  ބައްޕައާ އަދި އެއް ފަހަރު ވެސް ބައްދަލެއް ނުވެއެވެ. އެހެންވެ، ބައްޕަ އަންނާތީ ހުދު އަނޫޝާގެ ހިތަށް އުފާވެރިކަން ލިބުނެވެ. ” މި 100 ރުފިޔާ ހިފައިގެން ގޮސް ހެދިކާ ގަނެގެން އާދޭ. މަންމަ މި ދަނީ ސައި ކައްކަން. އެ ދޯނި އެންމެންނަށް ސައި ދޭން ޖެހޭނެއެއްނު.” ރާމިޒާ ބުންޏެވެ. […]

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (4)
Column

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (4)

ކުރީގެ އަދަދާއި ގުޅޭ: ” އަހަރެން މި ބުނީ ވަރަށް ސީރިއަސްކޮށޭ. ޝިކާ އަހަންނާ މެރީ ކުރަން ހުރިއްޔާ އަހަރެން ބޭނުން ވީހާ ވެސް އަވަހަކަށް މެރީ ކުރަން.” އަކްރަމް ފަހަތް ބަލައިލަމުން ބުންޏެވެ. ހައިރާންވެފައި އިން ޝިކާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ” ތާކުން ފެންނަހާ މީހަކާ ކިހިނެއް ކައިވެނި ކުރާނީ؟ އެހެން ނޫނަސް ނުދަންނަ މީހުންނަކަށް އަހަރެން އިތުބާރެއް ނުކުރަން ” ޝިކާ ބުނެލީ ދުރަށް ބަލައިލަމުންނެވެ. އޭރު އޭނާގެ ހިތް އަކްރަމްގެ ރައްދަކަށް […]

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (3)
Column

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (3)

ކުރީގެ އަދަދާއި ގުޅޭ: ” ޝިކާ ވެއްޓުނީ އަހަރެންގެ ކާރުގައި ޖެހިފައެއް ނޫނޭ. އަހަންނަށް ޔަގީން ނުޖެހޭކަން. އޭގެ ކުރިން ބިރުން ކަންނޭނގެ ޝިކާ އަނބުރައިގަތީ. އެހެންވެ އަހަރެން ޝިކާ މި ގެއަށް ގެނައީ. ޝިކާގެ ހެދުމުގައި ކިސަޑު ކަހަލަ އެއްޗެއް ޖެހިފައި ހުރީމަ ހެދުން ބަދަލު ކޮށްލީ.” އޭނާ ބުންޏެވެ. އެއާއެކު ޝިކާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އަނެއްކާ ވެސް އޭނާއަށް ބަލައިލެވުނީ އަމިއްލަ ހަށިގަނޑަށެވެ. ” ޔީ… ހެ ހެދުން… ބަދަލުކޮށްލީއޭ؟” ޝިކާއަށް ބުނެވުނީ […]

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (2)
Column

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (2)

” ތިބުނީ.؟ ނުވިސްނުނު..” ” މިބުނީ ކިތަންމެ ހިތް އެދުނަސް ، އެކަން ނުވެދާނެތީ ބިރުން، ސިއްރުކުރާ ކަންތައްތައްވެސް ހުންނާނެޔޭ.” ޒައިދް ބުނެލީ ޖެހިލުންވެ ހުރެއެވެ. ޒައިދް އެހެން ބުނުމާއެކު އަނޫޫޝާ ތުނބުކޮޅުން ހީލިއެވެ. ” ކީއްވެތަ އަނޫއަށް ތި ހެވެނީ؟” ހެވިފައި ހުރެ ޒައިދް އެހިއެވެ. ” ތި ބުނި އެއްޗަކުން މި ހެވެނީ. ޒައިދް ކަހަލަ މޮޅު މީހަކު، އެހާ ފަސްޖެހޭނެ ކަމަކަށް ހިއެއް ނުކުރަން. ކްލާހުގައި ވެސް ކޮންމެ ކަމެއްގައި ވެސް އެންމެ […]

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (ފުރަތަަމަ ބައި)
Column

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (ފުރަތަަމަ ބައި)

ސްކޫލްގެ ދޮރާށިން ކުދިންތައް ނިކުންނަމުން ދަނީ އެއްފަހަރާ، ތޮއްޖެހެމުންނެވެ. އެއް ކުއްޖަކަށްވުރެން އަވަހަށް އަނެއްކުއްޖަކު ނިކުތުމަށް މަސައްކަތްކުރަމުންދަނީ އެހާމެ އަވަސް ހަރަކާތްތަކާއެކުއެވެ. ދޮރުން ނިކުމެވުމާއެކު އެކި ކުދިން، އެކި ދިމާލަށް މިސްރާބުޖަހަންފަށައިފިއެވެ. ދުވަމުންނާއި ހިނގަމުންނެވެ. ބައިސްކަލްތަކުގައްޔާއި، ސައިކަލްތަކުގެ ފަހަތު ސީޓުގައެވެ. ހުރިހާ ކުދިންގެ މޫނުމަތިން ވެސް ފެންނަމުންދަނީ އުފާވެރިކަމުގެ ޖަޒްބާތުތަކެވެ. އަދި ހިނިތުންވުމާއި ހިތްހަމަ ޖެހުމުގެ ކުލަވަރެވެ. ކުދިންތަކުގެ ތެރ...

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (ފަހުބައި)
Column

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (ފަހުބައި)

ކުރީގެ އަދަދާއި ގުޅޭ: މިއަދު ޒައިނާގެ އެ ހާލަތަށް ބެލުން ނޫން ގޮތެއް އެ ދެމަފިރިންނަށް ނެތް ކަހަލައެވެ. މަހަކު އެއްފަހަރު ޒައިނާ ދެކިލަން އާދެއެވެ. ބައެއް ދުވަސް ދުވަހު، އެ މީހުން ފައްސާ ބޭރު ކުރެއެވެ. އަނެއްބައި ދުވަސް ދުވަހު، އެ މީހުންނަށް އަނިޔާ ކުރަން މަސައްކަތް ކުރެއެވެ. އަރޫޝާއަށް ލޯ ހުޅުވާލެވުމާއެކު އޭނާ ސިއްސައިގެން ދިޔައީ އެނދުގައި ދާއިން ނެތުމުންނެވެ. ފުންމައިގެން ތެދުވެ އޭނާ ފުރަތަމަ ވެސް ބަލައިލީ ފާހާނާ ބޮކި ދިއްލާފައި ހުރިތޯއެވެ. […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (54)
Column

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (54)

ކުރީގެ އަދަދާއި ގުޅޭ: ” އަދިވެސް މަށަށް އެއްޗެހި ކިޔާ. އެނގޭތަ އެ ޕްރޮޖެކްޓް ނުނިމުނިއްޔާ މިލިއަނުން އަހަރެން ދަރަނިވެރިވާނެކަން. މި ހުރިހާ އެއްޗެއް ވިއްކައިގެން ވެސް އަހަންނަށް އެކަމުން ސަލާމަތެއް ނުވެވޭނެ.” މަހުދީ ބުނެލީ ބާރު ބާރަށެވެ. އެ ވާހަކަތަކަށް ސަމާލުކަން ދިނުމެއް ނެތި ޒުހުދާ ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. އޭރު ވެސް މަހުދީ ހުރީ ހުރި ފިޔަވަޅު މަތީގައެވެ. ” ދަރިފުޅު އާދޭ ރަށަށް. ބައްޕަ ބޭނުމެއް ނުވޭ ދަރިފުޅު ރާއްޖެ އައި […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (53)
Column

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (53)

ކުރީގެ އަދަދާއިގުޅޭ: ” ކޮންކަމަކާ ތިހާ ރުޅިއެއް ތި އައީ؟ އަހަރެން މި ބުނީ އެތާ މީހުން ތިބިއްޔާ ނަދީމް ކޮންމެހެން މިހާރުން މިހާރަށް ދާން ޖެހޭ ހޭ؟ އަހަރެންގެ ބައްޕަގެ ޕްރޮޖެކްޓް ނުނިންމާ ނަދީމްއަކަށް ނުދެވޭނެ. ބައްޕައަށް ލިބޭނެ ގެއްލުން ނަދީމްއަށް ހަމަ ރަނގަޅަށް ވެސް އެނގޭނެ.” އެންމެ ފަހުން ޒައިނާ، އޭނާގެ ކަންބޮޑުވުން ހާމަ ކޮށްފިއެވެ. ” ޒައިނާއަށް ޒައިނާގެ ބައްޕަގެ ޕްރޮޖެކްޓް މުހިއްމު ވިޔަސް އަހަންނަށް، އެއަށް ވުރެ އަހަރެންގެ ކޮއްކޮ މާ […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (52)
Column

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (52)

ކުރީގެ އަދަދާއި ގުޅޭ: “އަލިފާނާ، މޫދާވެސް އޭނަ ކައިރި ކޮށްގެން ނުވާނެ. އެއްވެސް ދުއްވާ އެއްޗަކަށް ވެސް އެކަނި އަރައިގެން ނުވާނެ. އަދި މި ނޫނަސް، އޭނައަށް ނުރައްކަލެއް ދިމާވެދާނެ ފަދަ އެއްވެސް ކަމަކާ ކައިރިކޮށްގެން ނުވާނެ. ފިޓް ޖެހިދާނެ ކޮންމެ ފަދަ ތަނަކު، ހުއްޓަސް. މި ކަންކަމަށް ވިސްނައިގެން، ނޯމަލް ލައިފެއް އޭނައަށް އުޅެވޭނެ. ދާއިމީ ގޮތެއްގައި ބޭސްކާން ޖެހޭނީ.” ޑޮކްޓަރގެ ވާހަކަތައް އަރޫޝާގެ ކަންފަތުގައި އޭރު ވެސް ގުގުމަމުން ދެއެވެ. ދާއިން ރޫމަށް ގެނައި […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (51)
Column

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (51)

ކުރީގެ އަދަދާއި ގުޅޭ: އާބިދަކީ ދުވަހަކުވެސް އޭނާއާ ސަމާސާ ކުރި މީހެއް ނޫނެވެ. އަދި، އޭނާ އެކަނި ކޮޓަރީގައި ބަހައްޓާފައި ގޮސް ދާއިން ފޯނު ނުނަގާ ނުހުންނާނެކަން ވެސް އަރޫޝާއަށް ރަނގަޅަށް އެނގެއެވެ. ” އަރޫ… އާދެބަ އައިޖީއެމްއެޗްއަށް. ” އާބިދުއަށް އެހެން ބުނެވުނީ ލައްކަ ހިތްވަރުލައިގެންނެވެ. ” އައި..ޖީ…؟ ދާއިންއަށް ކިހިނެއްވީ އާބިދު؟ ” އަރޫޝާ ވާހަކަ ދެއްކީ ބާރަށެވެ. އޭރު އޭނާގެ ހިތް ވެސް އިންތިހާއަށް އަވަހަށް ތެޅެމުން ދެއެވެ. ފޯނު ކަންފަތުގައި ޖަހައިގެން […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (50)
Column

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (50)

ކުރީގެ އަދަދާއި ގުޅޭ: ” ދެން ބުނެބަލަ! އަރޫއަށް ކަމެއް ވީތަ؟” ދާއިން އެހިއެވެ. ކަންބޮޑުވެފައި ހުރެ ދާއިން ސުވާލު ކުރި އިރު އަރޫޝާ ހުރީ ފެންކަޅިވެފައެވެ. ” އަރޫ. ދެން އަވަހަށް ބުނެބަލަ.” ދާއިން އެހިއެވެ. އެއާއެކު އަރޫޝާ ދާއިންގެ އަތުގައި ހިފަހައްޓާލިއެވެ. އޭރު ދާއިން ހުރީ ސީދާ އަރޫޝާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެހެންވެ، އަރޫޝާ ހުރީ ވާހަކަ ދައްކަން ވަރަށް ބޮޑަށް ޖެހިލުންވެފައެވެ. ” ދާއިން. ސްކޭން ރިޕޯޓް ބެއްލެވުމަށްފަހު ޑޮކްޓަރ ދެއްކެވި ވާހަކަތައް […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (49)
Column

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (49)

ކުރީގެ އަދަދާއިގުޅޭ: ” ދާއިން! ވިސްނާކަށް އަހަރެން ދާއިންއަކަށް ވަގުތެއް ނުދޭނަން. މިރޭ، ހަމަ މި ވަގުތު ދާއިން ގޮތެއް ނިންމާ! ދާާއިންއަށް ވިސްނައިދޭން އަހަރެން އިތުރަށް ދައްކާނެ އެއްވެސް ވާހަކައެއް ނެތް. އަހަންނާ ދުރަށް ދާން ބޭނުން ވަންޏާ، އަހަރެންގެ ކުރިމައްޗަށް ނައިސް ތި ހުރިގޮތަށް ނިކުމެގެން ދޭ. އެ ހިސާބުން އަހަރެން ވެސް، އަހަންނަކީ ކުށްވެރިއެއްކަން އަހަރެންގެ ނަފްސަށް ވިސްނައިދޭނަން. ” އަރޫޝާ ބުންޏެވެ. ފުރަގަސްދީގެން ހުރި އަރޫޝާއަށް ބަލަހައްޓައިގެން ހުރި ދާއިންއަށް އެ […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (48)
Column

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (48)

ކުރީގެ އަދަދާއި ގުޅޭ: ހައިރާންކަމާއިއެކު އަރޫޝާއަށް ދާއިންގެ މޫނަށް ބަލަން ހުރެވުނީއެވެ. އަރޫޝާއާ މެދު އެއްވެސް ފަރުވާލެއް ނުބަހައްޓާ، މޭޒުމަތީގައި ހުރި  ދަބަސް ނަގައިގެން ދާއިން ހިނގައިގަތީ ނިކުންނާށެވެ. ” ދާއިން…” އެއާއެކު އަރޫޝާ ބަލި އަޑަކުން ގޮވާލިއެވެ. ” އަހަންނަކަށް ނެތް ވަގުތެއް. ފެރީ ގަޑި ވަރަށް ކައިރި ވެއްޖެ.” ދާއިން ބުނެލިއެވެ. އޭރު އޭނާ ހުރީ ދޮރާ ހިސާބަށް ގޮހެވެ. ” އަހަރެން ބޭނުން ދާއިންއާ ވާހަކަ ދައްކަން.” އަރޫޝާ ބުންޏެވެ. ” ކިތަންމެ […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (47)
Column

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (47)

ކުރީގެ އަދަދާއި ގުޅޭ: މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު، ދާއިންއަށް ފުރަތަމަ ވެސް ބަލައިލެވުނީ އެނދުގައި އޮތް އަރޫޝާއަށެވެ. އޭރު ވެސް އަރޫޝާގެ ދެ ލޯ ހުޅުވެނީ ހަމަ ކިރިޔާއެވެ. އަރޫޝާގެ މޫނަށް ދެ ވަނަ ފަހަރަށް ބަލައިލާނެ ހިތްވަރެއް ދާއިންއަކަށް ނުލިބުނެވެ. ވަރުދެރަވެފައި ހުރި މީހެއް ފަދައިން ދާއިން އެތެރެއަށް ވަދެގެން ގޮސް ހުއްޓުނީ އަރޫޝާގެ އެނދު ކައިރީ ހުރި ކަބަޑު ކައިރީގައެވެ. ކަބަޑުމަތީގައި ސައި ޕެކެޓް ބޭއްވުމަށްފަހު ދާއިން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި […]