ސިލްސިލާ ވާހަކަ: ލޯބިވިޔަސް (2)
ކުރީގެ އަދަދާއި ގުޅޭ، ތަޅުދަނޑި ދިނުމަށްފަހު ބާރުބާރަށް ދާއިން ގެއިން ނިކުތެވެ. އޭރު ވެސް އަރޫޝާ ހުރީ ޖޯލި ކައިރީގައި ކޮޅަށެވެ. އަރޫޝާ ފެނުމުން ދާއިންއަށް ހިނގުން މަޑުޖައްސައިލެވުނެވެ. ގޯތި ތެރޭގައި ދިއްލާފައި ހުރި ހޮޅިބުރި އަލިން ދާއިންގެ މޫނުމަތީގެ ކުލަވަރު އަރޫޝާއަށް ރީތިކޮށް ފެނިއްޖެއެވެ. ނުތަނަވަސް ވެފައި ހުރެ އަރޫޝާ ދާއިންއަށް ބަލަހައްޓައިގެން ހުއްޓާ، އޭނާ ނިކުމެގެން ގޮއްސިއެވެ. އެ ވަގުތު ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް އަރޫޝާގެ ހިތަށް ވެސް ވެރިވެއްޖެއެވެ. މަޑުމަޑުން ލެއްޕެމުން […]