މޯލްޑިވްސް އިމިގްރޭޝަންގެ ވިސާ ޑިވިޝަން ކުރީގެ ސްޓާ ސިނަމާ އިމާރާތަށް ބަދަލުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ މާދަމާއިން ފެށިގެން ވިސާ އާއި ގުޅޭ ހުރިހާ ހިދުމަތެއް ދެމުންދާނީ ކުރީގެ ސްޓާ ސިނަމާ ހިންގި މ. ސްޓާ ކުލައުޑުގެ އަށްވަނަފަންގިފިލާގައިކަމަށެވެ. އަދި މި ބަދަލާއެކު އިމިގްރޭޝަނުން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުރިހަމަވާނެ ކަމަށްވެސް އެ އިދަަރާއިން ބުންޏެވެ.

Ad
rt

ވިސާ އާއި ގުޅޭ ހިދުމަތްތައް އިމިގްރޭޝަނުން މިހާރު ދެނީ އޮންލައިންކޮށެވެ. އެގޮތުން ބިޒްނަސް ވިސާ، ސްޕެޝަލް ވިސާ، މެރިއޭޖް ވިސާ، ސްޓޫޑެންޓު ވިސާ،ޑިޕެންޑެންޓު ވިސާ، އާއި ސްޕޮންސަރޝިޕް ޑެކްލެރޭޝަންއަށް މޯލްޑިވްސް އިމިގްރޭޝަންގެ އިމުގާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި އެޕްލިކޭޝަންޕްރޮސެސްވުމުން ޕާސްޕޯޓު ހުށަހެޅުމަށް އެޕޮއިންޓުމަންޓެއް ހަމަޖެހިގެންދާނެއެވެ.

މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ އަދި ކުޅުދުއްފުށީ ސިޓީގައިވެސް އިމިގްރޭޝަނުން އަންނަނީ ވިސާގެ ހިދުމަތްދެމުންނެވެ.